މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1792 ވަނަ ޞަފްޙާ

އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް

އިހަވަންދޫ "އެއްހަމަ ހަވީރު" ގެ ތައްޔާރީތައް ބާރަށް ކުރިއަށް

މިމަހުގެ 12 ވާ ހޮނިހިރު ދުވަހު ހަވީރު 1600 ގައި ހއ. އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އެއްހަމަ ހަވީރު” ގެ ހަރަކާތްތައް ކުރިއަށް ދާނެކަމަށާއި މިހަވީރުގައި ވީހާވެސް ގިނަބަޔަކު ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިހަރަކާތް އިންތިޒާމްކުރާ އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ވިދާޅުވެއްޖެ އެވެ. އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ތިލަދުންނަށް މައުލޫމާތު ދެއްވަމިން ވިދާޅުވީ، މިހަވީރަށް ތައްޔާރުވުމުގެ ގޮތުން ސުޓޯލްތައް ހެދުމާއި އެ ހަވީރާ ގުޅޭ އެހެން ކަންތައްތައް މި ހ...

އަޙްމަދު ޢާޞިމް އަބްދުﷲ
"ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ" ކުޑަކުދިންނަށް ޚާއްސަ މަސްވެރިކަމާ ގުޅޭ ފޮތްތަކެއް

"ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ" ކުޑަކުދިންނަށް ޚާއްސަ މަސްވެރިކަމާ ގުޅޭ ފޮތްތަކެއް

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން “ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ – Lets fish the Maldivian way” ގެ ނަމުގައި ފޮތްތަކެއް އިފްތިތާހު ކޮށްފިއެވެ. މިއީ ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެލި އަދި ފާނަ މަސްވެރިކަން ކުރާ ގޮތާއި، އެ މަސްވެރިކަމުގައި އެކުލެވޭ މައިގަނޑު ކަންކަން ތުއްތު ކުއްޖާއަށް އެނގޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. މީގެތެރޭގައި ކުލަ ޖައްސާ ފޮތްތަކެއްވެސް ހިމެނެއެ...

Thiladhun
މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ.) އިން ފަށައިފި އެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމު ކުރުމަށާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 250 ޓަނުގެ 3 ތާނގީ ބެހެއްޓުމުގެ އިތުރުން، މާޅެންދޫގެ ގޭބީސީތަކުގައި ފެންމީޓަރ ބެހެއްޓުމަށާއި ފެނުގެ ކަނެކްޝަން […]

ޔުމްނާ ޢަލީ
ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސެއް މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 9:34 ގައި މި ބަލީގައި ނިޔާވެފައިވަނީ 69 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 48 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. އެންމެ ފަހުން ކޯވިޑް-19ގައި މިބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 13308 މީހުން ކޯވިޑ...

އިބްރާހިމް ޚަލީލް
މާލެ ސިޓީގެ މަސް މާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

މާލެ ސިޓީގެ މަސް މާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ އެވެ. ފުލުހުނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މާލޭ މާރުކޭޓު ސަރަހައްދު ކައިރިން ފަޅުތެރެއަށް ޕިކަޕެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު މިރޭ 18:42 އެހާކަންހާއިރު، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެރިޕޯޓު ލިބުނު ވަގުތުން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވި ކަމަށް އެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެ ޕިކަޕ...

ޔުމްނާ ޢަލީ
ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ކަންނެލީގެ މަސްވެރިކަމެވެ. ފާނަ މަސްވެރިކަމާއި، ހުއިފިލަނޑާގެ ވިޔަފާރީގެ އިތުރުން އިހިވެރިކަމެވެ. ދިވެހިންގެ އިޤްތިޞާދުގެ ލޭނާރު މަސްވެރިކަމުން ޓުއަރިޒަމަށް ބަދަލުވެ، ދިވެހިން ކަނޑުފަޅުތަކުން ކުރަމުންއައި ބައެއް ކަހަލަ މަސްވެރިކަމުގެ ވިޔަފާރި މިއަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހާއްސަކޮސް ހުއިފިލަނޑާގެ ވިޔަފާރިއާއި ފާނައިގެ ވިޔަފާރިއާއި އިހީގެ ވިޔަފާރިއެވެ. ވިޔަފާރި ދައްވެ ކުރ...

އިބްރާހިމް ޚަލީލް
ރާއްޖެ-ޗައިނާ: ދެ ޤައުމު ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފި

ރާއްޖެ-ޗައިނާ: ދެ ޤައުމު ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފި

ރާއްޖެއާއި، ޗައިނާއާ ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ބުނެފިއެވެ. ވަރޗުއަލްކޮށް، މިއަދު މެންދުރު ބޭއްވި މި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ، އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި ގުޅޭ ގޮތުން ކަމަށެވެ. މީގެ އިތުރުން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތު...

ޝިއުނާ އާދަމް
މަސްވެރިކަމުގެ މުހިއްމުކަން ވަޒަންކުރެވެނީ، ބޭރު ފައިސާ ހޯދަން ދަތިވާ ވަގުތުތަކުގައި: ރައީސް

މަސްވެރިކަމުގެ މުހިއްމުކަން ވަޒަންކުރެވެނީ، ބޭރު ފައިސާ ހޯދަން ދަތިވާ ވަގުތުތަކުގައި: ރައީސް

ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިޠާބުގައެވެ. އެ ޚިޠާބުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް...

ޔުމްނާ ޢަލީ
ވިޔަފާރިވެރިން ތިބެނީ ސަރުކާރާއެކީ، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން: މާއްޓޭ

ވިޔަފާރިވެރިން ތިބެނީ ސަރުކާރާއެކީ، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން: މާއްޓޭ

ވިޔަފާރިވެރިން ތިބެނީ އަބަދުވެސް ސަރުކާރާއެކުގައި ކަމަށާއި، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން ބައެއްގެ ގޮތުގައި ހަދާފައި ކަމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރި އަދި ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް)ގެ ރައީސް މައުރޫފް ޒާހިރު (މާއްޓޭ) ބުނެފިއެވެ. އޭނާ މިގޮތަށް ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާޙީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޙާބު ކުރުމަށް ތިލަފުށީ ފަޅުތެރޭގައި މިއަދު...

ޙުސައިން ޝަހުދީ
ބޭނި މަސްކޮޅު، ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް ދާދިއަވަހަށް ފެނިގެންދާނެ: ޝިފާޢު

ބޭނި މަސްކޮޅު، ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް ދާދިއަވަހަށް ފެނިގެންދާނެ: ޝިފާޢު

ބޭނި މަސްކޮޅު ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް، ދާދިއަވަހަށް ފެނިގެންދާނެކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޙުރުވެރި މަސްވެރިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ލިއުއްވި ތަޙްނިޔާގެ މެސެޖުގަ އެވެ. ޝިފާޢުގެ މެސެޖުގައިވަނީ ދިވެހިރާއްޖޭގެ ހިތަވަރުގަދަ މަސްވެރިންނަށާއި މަސްވެރިއާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތަށް އަރިސްކުރައްވާފަ އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް އަޅުގަނޑުމެންފާހަގަކުރާއިރު މަސްވެރިން...

އަލީ އާދިލް
މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން: ގުޅުންހުރި 10 މީހެއްގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން: ގުޅުންހުރި 10 މީހެއްގެ ވަނަވަރު އާންމުކޮށްފި

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ބުނެފި އެވެ. ފުލުހުން ބުނެފައި ވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ވ...

އަލީ އާދިލް
ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ގޮވާލައްވައިފި އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމަޢުތައް ގުޅުވާލަދީ ބަދަހި ކުރ...

ޝިއުނާ އާދަމް
އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ...

އުތީމު އާދަމް ޢަބްދުއްރަޙްމާން
ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކުޅިވަރު ޕްރޮގްރާމްގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަ ކުޅިވަރު ޕްރޮގްރާމްގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް “މަވެސް މިހުރީ” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، ކުރިއަށް ގެންދާ ކުޅިވަރު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ޕްރޮގްރާމްގައި ބަ...

ޔުމްނާ ޢަލީ
ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އެސްޓީއޯއިން ސާރވޭއެއް ކުރަނީ

ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް އެސްޓީއޯއިން ސާރވޭއެއް ކުރަނީ

ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސާރވޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފި އެވެ. ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ސީޑީއީ ކޮންސަލްޓިންގް އާއި ގުޅިގެން ރާއްޖޭގެ ބޭންކިންގް ނިޒާމްއާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބޭނުމުގައި މާރކެޓް ސާރވޭއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމަށެވެ. މިސާރވޭ ކުރިއަށް ގެންދިއުމަށ...

އިބްރާހިމް އަސްވާޤް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން ގެ އިފްތިތާޙީ ޖަލްސާ ތަފާތުގޮތަކަށް ބާއްވައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން ގެ އިފްތިތާޙީ ޖަލްސާ ތަފާތުގޮތަކަށް ބާއްވައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާޙީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޙާބު ކުރުން ތަފާތުގޮތަކަށް ބާއްވައިފި އެވެ. ބީ.ކޭ.އެމް.ޔޫ އިން ބުނެފައިވަނީ، އެޖަމުއްޔާގެ، އިފްތިތާޙީ ޖަލްސާ އަދި ހިންގާކޮމިޓީ އިންތިހާބު ކުރުމާއި، ހިންގާ ގަވާއިދު ފާސްކުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާފައިވާ ކަމަށެވެ. މިޖަލްސާ ބާއްވާފައިވަނީ ތިލަފުށީ ފަޅުތެރޭގައެވެ. އެޖަމިއްޔާގެ ސުޕޯކްސް ޕާސަން މުޙައްމަދު ނާޒިމް ވިދާޅުވީ މިޖަލްސާގައި 80 އަށްވުރެއްގިނަ ކަންނެލި ދޯނި ބައިވެރިވެފައިވާކަމ...

ޝިއުނާ އާދަމް
ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ނޭކުރެންދޫ އާއި ނޮޅިވަރަންފަރުގައި ކުށްމަދު ކުރުމަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ރަށްރަށުގައި ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ނޭކުރެންދުއާއި ހދ.ނޮޅިވަރަންފަރުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވަނީ ހދ.ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ...

ޖަލްވާން ޖާދުﷲ
އިންޑިޔާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ!

އިންޑިޔާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ!

އިންޑިޔާގެ އަންދްރާ ޕްރަދޭޝް ހިސާބުގައި ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރެން ފަށައިފިއެވެ. އަލް ޖަޒީރާ ނޫހަށް އިންޑިޔާގެ ނިޔު ދިއްލީގައި ހުރި އެ ޤައުމުގެ އޮފިޝަލަކު ޚަބަރު ދިން ގޮތުގައި، ގޮތް ނޭނގޭ ބަލިމަޑުކަމުގައި ބަލިވަމުން ދިޔަ ބަލިމީހުންގެ ލޭގެ ރިޕޯޓުތަކަށް ބަލާއިރު، ބިމުގައި އުފެދޭ ދެ މަޢުދަން ކަމަށްވާ ލެޑް އަދި ނިކެލް ގިނަ ޢަދަދަކަށް ފެނިފައިވެއެވެ. އަންދްރާ ޕްރަދޭޝްގެ އަވަށެއް ކަމަށްވާ އެލުރު އިން ހޮނިހިރު ދުވަހު އެކަނިވެސް، މި ބަލިޖެހިގެން500 މީހުން ވަނީ […]

މުޙައްމަދު މާއިލް ހަސަން