ސިވިލްކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް އަލްއުސްތާޛް ޢަބްދުއްސަލާމް
ސިވިލްކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ށ. މާއުނގޫދޫ ރޯޒްލީން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢައްޔަންކުރައްވައިފިއެވެ. އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމާއި ހަވާލުކުރުމުގެ ލިޔުން ހަވާލު ކޮށްފައިވަނީ މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ. މި ޙަފްލާގައި ރަޖިސްޓްރާރ އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ. ސިވިލް ކޯޓަށް އައު ރަޖިސްޓްރާރއެއް ޢައްޔަންކޮށްފައި މި...