ޖުޕިޓަރ އަދި ސެޓާރން 400 އަހަރުތެރޭގައި ގާތް ނުވާހާ ގާތަށް
ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގައި އެކުލެވިގެންވާ ދެ ޕްލެނެޓްކަމަށްވާ ޖުޕިޓަރ އަދި ސެޓާރން، ވޭތުވެދިޔަ 400 އަހަރު ދުވަހުގެ ތެރޭގައި ގާތް ނުވާހާ ގާތަށް 21 ޑިސެންބަރުގައި ޖެހޭނެކަމަށް ފަލަކީ ޢިލްމުވެރިން ހާމަ ކުރަން ފަށައިފިއެވެ. މި މަންޒަރު ހަނދުވަރު ރީތި ރެޔެއްކަމުގައިވާ ނަމަ، އުޑުން ވަރަށް ރީތިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ގިނަ ޢިލްމުވެރިންވަނީ އިއްތިފާގުވެފައެވެ. ކޮންމެ 20 އަހަރަކުން އެއްފަހަރު މި ދެ ޕްލެނެޓް އެކީ ހުރަސްކުރާއިރު، މި އަހަރު ތަފާތުވަނީ ކީއްވެތޯ ސުވާލުކޮށްލުން […]