އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ފިޔޯރީ އާއި ފީއަލީގައި ހަމަނުޖެހުން ހިނގައިފި
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވޯޓުލުމަށް ބުރޫއަރައިފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިދެ ރަށުގައި ވޯޓުލުން މެދުކަނޑާލަން ޖެހުނުއިރު، ވޯޓުފޮށިތަކަށް ވެސް ވަނީ ގެއްލުންދީފައެވެ. ގދ. ފިޔޯރީގައި ހަމަނުޖެހުން އުފެދުނީ މާލޭގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު އެ ރަށުގައި ހުރި ފޮއްޓަށް ވޯޓުލާން އުޅުމުންނާއި، ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސް...