ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިއީ ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފަހަރު ކަމަށެވެ. ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއ...
ޝިއުނާ އާދަމް
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 58 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހާއަކީ ރޭ މެންދަމު 3:17 ހާއިރު، ހަރަކާތް ހުއްޓިގެން އައިޖީއެމްއެޗުގެ އެމެޖެންސީއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ ރޭ 3:46 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ. މީގެ އިތުރުން ކޯވިޑް ބަލީގައި އިތުރު މީހެއް […]
ޔުމްނާ ޢަލީ
އިއްޔެ ރާއްޖެއަށް 4،700 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ރެކޯޑެއް އަނެއްކާވެސް ހަދާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4،700 އަށް އަރާފައިވާކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. މިއީ މިއީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ދާކަމުގެ ފެހި ސިގުނަލެއްކަން ފާހަގަކުރަށްވާ މިނިސްޓަރު ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގ...
ޔުމްނާ ޢަލީ
ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ކޮށްފައިވާ ޢިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ. ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުއްޓެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، އެ ހަތަރު ރަށުގައި އެއާ ޕޯޓް އެޅުމަށް ކުރިމަތިލުމުގެ މުއ...
ޙުސައިން ޝަހުދީ
ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިންގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގައި އިއްޔެކުރި އިހުތިޖާޖުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، އިއްޔެއަކީ ފެށުމެއް ކަމަށް މޮސްޓާ ވިދާޅުވިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މޮސްޓާއަކީ މިނިވަން މެންބަރެއް ގޮތުގައި މަޖިލިސްއަށް އިންޚާބުވެ ވަޑައިގަތް، އަދި މިހާރުވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މެން...
އަލީ އާދިލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމަށް ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާލޭ ސިޓީގައިވެސް މިއަދު ފަންޑްރައިޒިން ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ގެއެއްގައި ނިޔާވެފައި އޮތް ދޮށީ އުމުރުގެ މީހަކު ފެނިއްޖެ އެވެ. ފުލުހުން ވިދާޅުވީ މާލޭ ސިޓީގެ ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިރޭ 10:45 އެހާކަން ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާކަމަށް ވެސް ފުލުުހުން ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ފުލުހުން […]
ޝިއުނާ އާދަމް
މާލޭ ސިޓީގެ ސްކޫލްތަކުގެ ގްރޭޑް 1 އިން 6 އަށް ކިޔަވައިދިނުން ކުރިއަށް އޮތް ދެ ހަފުތާ އޮންލައިންކޮށް ކުރިއަށް ގެންދަން އެ ޑިޔުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ. އެ މިނިސްޓްރީއިން މިރޭ އާންމުކުރި ޢިއުލާނެއްގައި ބުނީ އެ ގޮތަށް ނިންނީ މާލޭ ސަރަޙައްދުގެ ކޯވިޑްގެ ހާލަތު ގޯސްވެ، ކޭސްތައް އިތުރުވަމުން ދާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތީން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިގޮތުން 14 ފެބްރުއަރީ 2021 […]
ޔުމްނާ ޢަލީ
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށާއި، އުސޫލުތަކަށް އިދިކޮޅު ކޯލިޝަނުން ބޯނުލަނބައި އުޅެމުން ދަނީ ބޭނުން ގޮތަކަށް ކަމަށާއި، އިދިކޮޅަށް ފިޔަވަޅުނާޅާ މަނާ ގަޑީގައި ސައިކަލް ދުއްވާ އާންމު މީހާ ޖޫރިމަނާ ކުރަނީ އާންމުންނަށް ޖެއްސުންކޮށް، ރުޅި އަރުވަންތޯ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކުހެން ޕޮޒިޓިވްވާ މީހުންގެ އަދަދުސަތޭކައިން މަތީގައި ގުނެމުންދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެރިރަށް މާލޭ...
އަލީ އާދިލް
ާމާލެ ސަރަޙައްދުގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެއުޅުން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކޮށް މިރޭ ނެރުނު އެނގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަމީހުން މަގުމަ...
އިބްރާހިމް އަސްވާޤް
ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާލަތު ރަނގަޅުވަންދެން ގޭގައި މަޑުކޮށް ދިނުމަށް އިދިކޮޅު ސިޔާސީ ހަރަކާތް، ޕްރޮގްރެސިވް ކޯލިސަންގެ ކިބައިން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް އެދިވަޑައިގެންފިއެވެ. ޔާސިރު މިހެން ވިދާޅުވީ، ރާއްޖެއަށް ކޯވިޑްގެ ތިންވަނަ ރާޅު ބިންދާލައި، ބަލީގެ ހާލަތު ގޯސްވެފައި ވަނިކޮށް، މިއަދު ވެސް އިދިކޮޅު ކޯލިޝަނުން ގިނަ ޢަދަދެއްގެ ބަޔަކާއެކު ވެރިރަށް މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައި ވަނިކޮ...
އަލީ އާދިލް
އުތުރުގެ 6 ރަށެއްގެ ސިއްޙީ މަރުކަޒު ހިންގުމަށް އައު އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތްގެ އެދިވަޑައިގަތުމަށް ސިއްޙީ މަރުކަޒުގެ އާ އިމާރާތް ހެދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާނުކުރައްވާފައިވާ އުތުރުގެ 4 ރަށަކީ ހދ.މަކުނުދޫ، ނ.މާފަރު، ށ.ކަނޑިތީމު، އަދި ހއ.ކެލާ އެވެ. މީގެ އިތރުން ފ.ފީއަލި އަދި އއ.ތޮއްޑޫވެސް ވަނީ އިޢުލާން ކޮށްފަ އެވެ. މި މަޝްރޫޢުތަކަކީ ސިއްޙީ މަރުކަޒު ހިންގަމުންއަންނަ ކުދި އަދި ބާ އިމާތްތައްތަކުގެ ބަދަލުގައި ޖާ...
އަލީ އާދިލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމަށް އިމްރާންގެ އުފަންރަށް ނޮޅިވަރަމްގައި މާދަމާ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލް...
ޔުމްނާ ޢަލީ
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަކަށް ކޯވިޑް19 ވެކްސިން ފޮނުވައިފިއެވެ. ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އިއްޔެގެ ނިޔަލަށް އެ އަތޮޅު މީހުން އުޅޭ ހުރިހާ ރަކަށް ކޯވިޑް ވެކްސިން ފޮނުވިފައިވާ ކަމަށެވެ. އެ އަތޮޅު ހޮސްޕިޓަލްގެ ފްރަންޓްލައިން މުވައްޒަފުންނަށް މިމަހު 6 ވަނަ ދުވަހުން ފެށިގެން އަންނަނީ ކޯވީޑް ވެކްސިން ދެމުންނެވެ. ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ކޯވިޑް ވެކްސިންޖެހީ އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތެވެ. މިވަގުތު އެއަތޮޅުގައި ކޯވިޑް […]
ޙުސައިން ޝަހުދީ
ވަރަށް ގިނަ މީހުން، ޚާއްސަކޮށް ދަތި ޙާލުގައި މިދުނިޔޭގައި އުޅޭ މީހުންނަށް ބައެއްފަހަރު ކުރެވޭ ސުވާލެކެވެ. ނުވަތަ ސުވާލު ނުކުރިކަމުގައިވީނަމަވެސް ހިތުގައި އެނބުރޭ ވަހުތާނެއްހެން އެނބުރި އެނބުރި ހުންނަ ސުވާލެކެވެ. ﷲ އަހަރެމެން އިމްތިޙާނު ކުރައްވަނީ ކީއްވެތޯއެވެ؟ ދަރިއަކު ނުލިބި އެތައް އަހަރެއް ވީފަހުން ބަނޑުބޮޑުވެ، ދަރިއަކު ލިބޭނޭކަމުގެ ފޮނި އުންމީދުގައި ހުއްޓާ ކުއްޖާ ބައިގެން ގޮސްދާނެއެވެ. އެތައް ފައިސާއެއް ޚަރަދުކޮށްގެން މަތީ ތަޢުލީމު ޙާސިލު ކުރުމުގައި އެތައް އަހަރެއް ވެއިތުކޮށް ދަސްވެނިމިގެން ޤ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިންގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ. “ކޮބާ މަގޭ ފްލެޓު” ގެ ނަމުގައި އިދިކޮޅުން މާލޭގައި މިއަދު ކުރަމުންދާ މުޒާހަރާގައި އެ ކޯލިޝަންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ވެސް ދަނީ ބައިވެރި ވަމުންނެވެ. މި އިހުތިޖާޖުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް ދަނީ ބައިވެރި ވަމުންނެވެ. މި އިހުތިޖާޖުގެ ބައިވެރިނ 16:45 ހާއިރު ވަނީ މަ...
އަލީ އާދިލް
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުރައް ވަރުގަދަކޮށް ގްރޭޓަރ މާލެ ސަރައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މިރެއިން ފެށިގެން މަނާ ކޮށްފި އެވެ. މިގޮތުން ގްރޭޓަރ މާލެ ސަރައްދު މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ)ގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތު އިތުރުކުރިކަން އެންގީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު މެންދުރުފަހު އާންމުކުރި އެންގުމެއްގަ އެވެ. ޑިރެކްޓާ ޖެނަރަލް […...
ޝިއުނާ އާދަމް
މެކްސިކޯގެ ޓިގްރެސް ބަލިކޮށް ކުލަބް ވޯލްޑް ކަޕްގެ ތަށި ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްމެޗު ބަޔާނުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ކުލަބް ވޯލްޑްކަޕް ފާއިތުވި އަށް އަހަރު ވެސް ކާމިޔާބު ކޮށްފައިވަނީ ޔޫރަޕްގެ ޓީމް ތަކުންނެވެ. މި މުބާރާތް ކާމިޔާބު ކުރުމާއި ގުޅިގެން ބަޔާންވެފައިވަނީ އެއް ސީޒަންގައި އެއް ކުލަބަށް ކާމިޔާބު ކުރެވެން އޮންނަ ހަ ތަށި ހޯދި ދެވަނަ ކުލަބަށެވެ. މިގޮތުން ބަޔާނުންވަނީ ޔޫއެފާ ޗެމްޕިއަންސް […]
އިބްރާހިމް ޚަލީލް