ރާއްޖެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 90,865 އަށް އަރައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނީ މިއަދު 5,755 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާކަމަށާއި ވެކްސިން ޖެހި މީހުންގެ ތެރެއިން 3,123 މީހުންނަށް ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިން ކަމަށެވެ. މީގެ އިތުރުން 2,632 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންކަމަށެވެ. ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 178 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 9 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ...
ޔުމްނާ ޢަލީ
ދިވެހި ކަނޑުތަކަކީ ފުޅައް ޖަހައި ފޮރުވައިގެން ގެންގުޅޭ ބާވަތުގެ ބޮޑު ގިފިއްޔެއް ނޫންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. ވައްޑެ މިހެން ވިދާޅުވީ، ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށް، ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު […...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީބޯޅަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެއީ ފިރިހެން 6 ޓީމް އަދި އަންހެން 7 ޓީމެވެ. މި […]
އިބްރާހިމް ޚަލީލް
ސަރުކާރުގެ ކުންފުނިތަކަށް ރަށްތައް ދީގެން ބަތްކައްކާ ކުޅޭކަށް ނުތިބެވޭނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑުބައެއް ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަމުންނުދާކަން ފާހަގަކުރެވޭތީ އެކަމަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި...
އަލީ އާދިލް
ދެ މީހަކު ސައިކަލެއްގައި އުފުލި ފޮށިގަނޑެއްގައި ހުރި ރާ ފުޅިތަކަކުން ބައެއް ރާފުޅިތައް މާލޭ ސިޓީގެ ޗާންދަނީ މަގަށް ތަޅައިގެން ގޮސް، އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ. މަންޒަރުދުއް މީހަކު ”ތިލަދުން”އަށް ބުނީ އެ ހާދިސާ ހިނގައިގެން އުޅެނީ ޗާންދަނީ މަގުން އަސްރަފީ ބުކްޝޮޕާދިމާ މަގުމަތީގައި ކަމަށެވެ. އެ ރާފުޅިތައް އުފުލި ދެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއީ ދިވެހިންކަމަށް ބެލެވޭ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ”ސައިކަލެއްގައި ފޮށިގަނޑެއްގައި...
ޔުމްނާ ޢަލީ
2021 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެދުނުއެވެ. އޮންލައިންކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއާ އާއެކު ބޭއްވުނު ބައްދަލުވުމުގައި އައްޑު ސިޓީގެ މޭޔަރާއި ފުވައްމުލަކު ސިޓީގެ ޑެޕިޔުޓީ މޭޔަ...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި އޮޕަރޭޓު ކުރާ ޝިޕިން ކުންފުނިތަކުން ނަގަމުން އަންނަ ފީތައް ނެގުން ހުއްޓާލުމަށް އަންގައި ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ފްރެޓް ފޯވާޑަރުންނަށް ގެއްލުންވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ފްރެއިޓް ފޯވާޑާސް (އެމްއޭއެފް) އިން ބުނެފިއެވެ. އެމްއޭއެފްގެ ރައީސް މުހައްމަދު ވަހީދު ”ތިލަދުން”އަށް ވިދާޅުވީ ޑެލިވަރީ އޯޑާ (ޑީއޯ)އަށް ވިޔަފާރިވެރިން އަތުން ނަގަމުން އައި 50 ޑޮލަރަކީ އަބަދުވެސް ނަގަމުން އައި އަދަދެއް ކަމަށެވެ. އަދި މި ފީއަކީ ފްރެއިޓް ފޯވާޑަރުން ނަގަ...
އަޙްމަދު ވަހީދު
ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް ވެސް އަނދައިފިއެވެ. ފެނަކައިން ކުރި ޓްވީޓެއްގައި ބުނީ ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައި ކަމަށެވެ. ”މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މަޢާފަށްއެދެމެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކު...
ޔުމްނާ ޢަލީ
ނ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ނ. އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ. މި ބޯޓުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ “އަސަރީ” ދޯނިން މިއަދު ހެނދުނު 8:40 […]
ޝިއުނާ އާދަމް
ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ. އިދިކޮޅުން މިހެން ބުނީ މިމަހުގެ 4 ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އިއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިސްގައި، މަޖިލީހުގެ މައިނޯރިޓީންގެ ހައިސިއްޔަތުން ޖަވާބު ދެމުންނެވެ. ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމ...
އަލީ އާދިލް
ފަލަސްތީނުގެ ރަމައްލާ ސަރަހައްދުގެ ގަރަވަތު ބާނީ ޒައިދު ވިލެޖުގެ ފެންގަނޑެއް ރަތް ކުލައަށް ބަދަލުވެއްޖެއެވެ. އެ ގައުމުގެ އެވަޔަރަމަންޓް ކުއަލިޓީ އޮތޯރިޓީގެ ހެޑް ކަމަށްވާ ޖާމިލް މުތުވާރު ވިދާޅުވީ މި ފެންގަނޑު ރަތް ކުލައަށް ބަދަލުވެފައިވަނީ ބަޔަކު އެ ފެންގަނޑަށް ކެމިކަލްތަކެއް އެޅުމުން ކަމަށެވެ. މިކަން ކުރި ކަމަށް ޝައްކު ކުރެވޭ ބަޔަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ދައްކާގޮތުގައި ފެންގަނޑުގެ ބޮޑު ސަރަހައްދެއް ވަނީ […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އިޓަލީގެ ލާޒިއޯ ބައްދަލުކުރު މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުޞަތު ބަޔާނުން ބޮޑު ކޮށްފިއެވެ. އިޓަލީގެ ރޯމްގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފުގައި އެ ޓީމުންވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ […]
އިބްރާހިމް ޚަލީލް
ކޯވިޑްގެ ހާލަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި ޖޭއެސްސީން އާއްމުކުރި ސަރކިއުލާތަކާއި ހިލާފަށް އަމަލުކުރި 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި 18 މާރިޗު 2020 ވަނަ ދުވަހު ރައ...
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި، ޗެލްސީގެ ފޯވާޑް އޮލިވަރ ޖިރޫޑް ކާމިޔާބުކުރި އޯވަހެޑެ ގޯލުން މޮޅުވެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުޞަތު އެ ޓީމުން ބޮޑުކޮށްފިއެވެ. ކޯވިޑް ބަލީގެ ސަބަބުން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުން ސްޕެއިނަށް ވަނުން މަނާކޮށްފައި އޮތުމުން އެތުލެޓިކޯގެ ހޯމް މެޗެ ކުޅެފައިވަނީ ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައެވެ. މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. އެތުލެޓިކޯގެ ފަރާތުން...
އިބްރާހިމް ޚަލީލް
ގަވާއިދާ ހިލާފުވެގެން ކޯވިޑް-19އަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްޓެލްކޯއަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދޭން ޖެހޭ ކުންފުންޏަކަށްވެފައި މުވައްޒަފުން ޕޮޒިޓިވްވެ ހިދުމަތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އެގޮތުން، މިހާތަނަށް ބެލި ބެލުމުން ބައެެއް މުވައްޒަފުން ގައިޑްލައިނާ ހިލާފުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ މި ސަބަބުތަކާހުރެ އެއްވެ...
އަޙްމަދު ވަހީދު
މުސްލިމުންނާ ދެކޮޅަށް އަޑު އުފުލުމަސް އިންޑިއާއިން ޓްވިޓާ ދޫކޮށް އިތުރު އެޕްލިކޭޝަނެއް ހަދައިފިއެވެ. “ކޫ” ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން މިހާތަނަށް ދެ މިލިއަނެއްހާ މީހުން ވަނީ ޑައުންލޯޑުކޮށްފައެވެ. މި އެޕް ހަދާފައިވާކަން އެންމެ ފުރަތަމަ އިއުލާން ކުރީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޓްވިޓާގައެވެ. އޭގެ ފަހުން ގިނަ ބަޔަކު ވަނީ ޓްވިޓާ ދޫކޮށް އެ އެޕްލިކޭޝަނަށް ބަދަލުވެފައެވެ. މި އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ އެ ގައުމުގެ ވެރިކަން […]
އަޙްމަދު ވަހީދު
ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […]
ޔުމްނާ ޢަލީ
ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވަނިކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތަކުން އެ އެއާޕޯޓު ޖީއެމްއާރުއަތުން އަތުލެވުމަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން ކަހަލަ ކަމެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަ...
އަލީ އާދިލް