ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ. މޮޅަދޫގެ އިތުރުން ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ […]
ޖަލްވާން ޖާދުﷲ
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ އަދި ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. އެކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި ޢިއުލާންގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، އެ ދެރަށުގައި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ […]
ޝިއުނާ އާދަމް
މ. މުލީގައި ސަރުކާރުން ތަރައްޤީކުރާ އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފި އެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓްގެ މަސަ...
ޔުމްނާ ޢަލީ
ިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓްހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތޭރަ ޕޮއިންޓްގެ ލީޑެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. މިއީ ޕްރިމިއާ ލީގުގައި އެ ޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި 14 ވަނަ މެޗެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ވެސްޓްހަމް މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު ސިޓީން ވަނީ އެ ޓީމް ހުރިހައި މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 20 […]
އިބްރާހިމް ޚަލީލް
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ޝިކާރައަށް އެ ގައުމުގެ މަސްވެރިންނާއި ދަނޑުވެރިން ހަދައިފިއެވެ. އިއްޔެ އިސްރާއީލުގެ ނޭވީ ބޯޓުތަކުން ވަނީ ޣައްޒާގެ މަސް ދޯނިތަކަށް ބަޑިޖަހައި އެއް ބޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ޣައްޒާ ބޯޑަރުގެ ދެކުނުގައިދަނޑުހައްދަން ތިބި ބަޔަކަށްވެސް އެ ގައުމުގެ މިލިޓަރީން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. ޣައްޒާގެ މަސްވެރިން ބުނާ ގޮތުގައި އެ މީހުން މަސް ބާނަން ތިބީ އިސްރާއީލުން ކަނޑައަޅައިފައި...
އަޙްމަދު ވަހީދު
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި، ރައްޔިތުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެމްޑީޕީގެ 14 މެން...
ޝިއުނާ އާދަމް
ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި މިއަދު ކެލާ ކައުންސިލުން ކުރި ޢިއުލާންގައި ވަނީ އެ ބިންތަކުގައި ގެސްޓް ހައުސް، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، ކެލާ ކައުންސިލުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާން ދައުވަތު ދީފައެވެ. އެ ސެޝަން އޮންނާނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ. […]
ޔުމްނާ ޢަލީ
އިޓާލިއަން ސީރިއާ އޭގައި ވެރޯނާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތައް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އެ ޓީމުންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު […]
އިބްރާހިމް ޚަލީލް
އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން “ތިލަދުން” ގެ ފަރާތުން ކެންޑިޑޭޓުނާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން “ތިލަދުންމަތީ ހޮވުން” މިނަމުގައި “ތިލަދުން” އިން މިވަނީ ހާއްސަ ސަފްހާއެއް ކައުންސިލް އިންތިޙާބް އަށް ތައްޔާރުކޮށްފަ އެވެ. މިސަފްހާގައި އުތުރުގެ ތިން އަތޮޅަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ހިމެނިފައިވާނެއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލ...
ތިލަދުން
ރާއްޖެއިން ކޯވިޑް19 ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ރޭ އަންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ ހަވީރު 18:00ގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 105،492 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތަކުން ވެކްސިން ޖަހާފައިވަނީ 32،620 މީހުންނެވެ. އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 6،073 މީހުންނަށް ވެކްސިން ދީފައެވެ. އެއީ […]
ޖަލްވާން ޖާދުﷲ
ހދ. ހަނިމާދޫ ޑީޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މީހާގެ ހަށިގަނޑު، ތަހުލީލުތައް ހެދުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، ނިޔާވެފައިވަނީ ފަރުވާއަށް އެސެންޓަރަށް ގޮސް ކަރަންޓީނު ގައި ހުރި މީހެއް ކަމަށެވެ. “އިތުރަށް ހަދަން ޖެހޭ ތަހުލީލުތައް، ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން” ފުލުހުން ބުނެފައިވެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި...
އަލީ އާދިލް
ހދ. މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ، ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ”އެމްވައިއެމް ހޭންޑްބޯލް ޓްރައިނިން ކޭމްޕް 2021” ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. މި ކޭމްޕް މަކުނުދޫގައި ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 15 އިން 25 އަށެވެ. މިކޭމްޕްގައި ޒުވާނުންގެ ބައިގެ ތަމްރީންތައް ކުރިއަށް ގެންގޮސްދެއްވީ ޕޮލިސް ސްޓާފް ސާޖަންޓް ޙުސައިން ޢަލީ އަދި ޙުސައިން ޖިނާހް އެވެ. ސްކޫލް ކުދިންގެ ބައިގެ […]
ޙުސައިން ޝަހުދީ
ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސް ހުއްޓާ މިއަދު ނިޔާވި ޒުވާނާގެ ސާމްޕަލް ކޯވިޑަށް ނެގެޓިވް ކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނާ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ […]
ޔުމްނާ ޢަލީ
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ފަޅުވެރިއެއްގެ އަތް ފިހިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގދ. މަޑަވެލި ބޭރުން ބޮއި ކައިރީ މަސްވެރިކަން ކުރަމުން ދިޔަ “ކުރިމަގު” ދޯނީގަ އަލިފާނުގެ ހާދިސާއެއް ހިނގާފަ ވާކަމަށެވެ. އެ ހާދިސާގައި އެ ދޯނީގެ ފަޅުވެރިންގެ ތެރެއިން އުމުރުން 53 އަހަރުގެ މީހެއްގެ އަތް ފިހި، އޭނާގެ ހާލު ދެރަވުމުން އެމްއެންޑީއެފް ކޯސްޓު ގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު ފަހު 13:16 ހާއިރު އޭނާ ވަނީ ގދ. ތިނަދޫއަށް ގެންގޮސް […]
ޝިއުނާ އާދަމް
އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ފާއިތުވި ސީޒަންގައި އުފުލާލި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. އުމުރުން 30 އަހަރުގެ ހެންޑަސަންއަށް އަނިޔާވެފައިވަނީ 20 ފެބްރުއަރީ 2021 ގައި އެވަޓަން އަތުލް 2-0 ގެ ނަތީޖާއިން ލިވަޕޫލް ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ. ލިވަޕޫލްގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ ކުޅުމާއި ދުރުގައި ތިބި މިވަގުތުގައި ހެންޑަސަންއަށް އަނިޔާވުމަކީ ލިވަޕޫލަށް އިތުރު ހާސްކަމާއި ކުރިމަތިވާނެ ކަމެކެވެ. މިވަގުތު...
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސްހުރި ޒުވާނަކު ނިޔާވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނަ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ 11:45 ހާއިރު ކަމަށެވެ. މިވަގުތު ހަނިމާދޫގައި ތިއްބަވާ ފުލުހުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ. ”ކުއްލި ގޮތަކަށް އެކުއްޖާ މި ނިޔާވީ،...
ޔުމްނާ ޢަލީ
ރާއްޖޭގެ ރިސޯޓެއްކަމަށްވާ، ވައްކަރު މޯލްޑިވްސްގެ ސްވިމިން ޕޫލަށްވެއްޓި، ގެނބެމުންދިޔަ ކުޑަކުއްޖަކު ސަލާމަތްކުރި ސެކިއުރިޓީ އޮފިސަރަކަށް އެކަމުގެ އަގުވަޒަންކޮށް އެ ރިސޯޓްގެ މެނޭޖްމަންޓުން އެވޯޑަކާއި، ފައިސާގެ އިނާމެއް ދީފިއެވެ. ގެނބެމުންދިޔަ ކުޑަކުއްޖާއަކީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއެއްގެ ދަރިފުޅެވެ. އެކުއްޖާގެ އުމުރަކީ ދެ އަހަރާއި ހަމަހެވެ. އެމަންޒަރުފެނި އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވީ، ރާއްޖޭގެ ގިނަ ރިސޯޓުތަކ...
ޖަލްވާން ޖާދުﷲ
ތ. އަތޮޅުގެ ރަށެއްގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު ފަތާ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ. މިއީ ޗައިނާ ސަރުކާރުން އެރަށަށް ހަދިޔާކުރި ފަތާ ޓްރެކެކެވެ. ތ. ތިމަރަފުށީގައި އެއަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ގާއިމުކޮށް ބޭނުން ކުރަން ފެށިކަން ރައްޔިތުންގެ މަޖިލިސްގައި ތިމަރަފުށި ތަމްސީލް ކުރަށްވާ މެންބަރު އަދި ކުރީ ކޮމިސަނަރ އޮފް ޕޮލިސް، ޢަބުދުﷲ ރިޔާޟް ވަނީ ޓްވީޓާގައި ހިއްސާ ކުރަށްވާފަ އެވެ. މިގޮތުން އެކަން ހާމަކުރަށްވާ އޭނާ ކުރެއްވި ޓްވީޓްގައި […]
ޔުމްނާ ޢަލީ