މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1699 ވަނަ ޞަފްޙާ

ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކޮށްފި

ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކޮށްފި

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ހިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓްމޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓްމޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ. އެމްޓީސީސީން ގަލްފް ކްރާފްޓާ ހަވާލުކުރީ 17 ސްޕީޑް ފެރީއެއް ބަނުމ...

އަޙްމަދު ވަހީދު
ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ވާދަވެރި ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ބާސާގެ މައްޗަށް ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މި ލަނޑު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 13 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
މާލޭ ސިޓީގެ ރައްޔިތުން ނުކުމެ މޭޔަރުކަމަށް "ޑރ މުޢިއްޒު" ހޮވައިފި

މާލޭ ސިޓީގެ ރައްޔިތުން ނުކުމެ މޭޔަރުކަމަށް "ޑރ މުޢިއްޒު" ހޮވައިފި

ގުރޭޓަރ މާލޭގެ ރައްޔިތުން ނިކުމެ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވައިފި އެވެ. މިހާރު ލިބިފައިވާ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރީ ޑރ.މުޢިއްޒުގެ އިތުރުން އެމްޑީޕީގެ ފަރާތުން އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއެވެ.  

އިބްރާހިމް އަސްވާޤް
މަރުޙަބާ! ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރު "މޭޔަރު މުޙައްމަދު ޢާޠިފް"

މަރުޙަބާ! ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރު "މޭޔަރު މުޙައްމަދު ޢާޠިފް"

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރަކަށް މުޙަައްމަދު ޢާޠިފް ހޮވިއްޖެއެވެ. މިހާރު ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި 494 ވޯޓުގެ ތަފާތުން ކުރީގައި އުޅެނީ އާތިފް އެވެ. އެގޮތުން އާތިފް އަށް 1535 ވޯޓް ލިބިފައިވާއިރު ޕީޕީއެމްއިން ވާދަކުރި އަބުދުﷲ އިގްބާލު އަށް ލިބިފައިވަނީ 1041 ވޯޓެވެ. އާދަމް ޝަރީފް މުހައްމަދު އަށް114 ވޯޓް ލިބިފައިވާއިރު އަޙްމަދު ސައީދުއަށް ލިބިފައިވަނީ 101 ވޮޓެވެ. މިއީ މިހާތަނަށް ނަތީޖާ ލިބިފައިވާ 10 ފޮށީގެ ނަތީޖާ އެވެ. ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ […]

އިބްރާހިމް އަސްވާޤް
ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާނުް ކުރުން ކުރިއަށް!

ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާނުް ކުރުން ކުރިއަށް!

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިއުލާނުް ކުރަން ފަށައިފި އެވެ. މިނަތީޖާތައް ތިލަދުންގެ ފަރާތުން ގެނެސްދެމުން ދާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ޕޭޖެއް މެދުވެރިކޮންނެވެ. މިކަވަރޭޖުގައި ތިލަދުން އިން ގެނެސްދޭނީ އުތުރުގެ ތިން އަތޮޅުކަމުގައިވާ ހއ. ހދ. އަދި ށ އަތޮޅުގެ ނަތީޖާ އެވެ. ކުދުއްފުށި ސިޓީ މޭޔަރުން

އިބްރާހިމް އަސްވާޤް
60،000 ލީޓަރުގެ ޑީސަލް ބަރުކޮށްގެން ދަތުރުކުރި ތެޔޮ ބޯޓެއްގައި ރޯވެއްޖެ

60،000 ލީޓަރުގެ ޑީސަލް ބަރުކޮށްގެން ދަތުރުކުރި ތެޔޮ ބޯޓެއްގައި ރޯވެއްޖެ

އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 17:50 ހާއިރު ކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގައި ތިބީ ހަތަރު މީހުން ކަމަށެވެ. އެއީ ތިން ދިވެހީންނާއި ބިދޭސީ އެކެވެ. ރޯވި އިރު، ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ. […]

ޖަލްވާން ޖާދުﷲ
ޕޮލިސް ބޯޑު އެކުލަވާލައިފި

ޕޮލިސް ބޯޑު އެކުލަވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، “ޕޮލިސް ބޯޑު” އެކުލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އިއްޔެ އެކުލަވާލައްވާފައި ވާކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި ބޯޑުގައި އެކުލެވިގެންވަނީ 7 މެމްބަރުންނެވެ. އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރ...

އާއިޝަތު ރަފާހް ޢަލީ
މި އިންތިޚާބުން، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ރައީސް

މި އިންތިޚާބުން، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ރައީސް

މި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިހާބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ ޖަމާލުއްދީން ސްކޫލްގައި ހުރި ޅ. އަތޮޅު ދާއިރާގެ ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް...

އާއިޝަތު ރަފާހް ޢަލީ
ކޮވިޑާ ހެދި މާފަރާއި މުމްބާއީއާ ދެމެދުގެ ދަތުރު ފަސްކޮށްފި

ކޮވިޑާ ހެދި މާފަރާއި މުމްބާއީއާ ދެމެދުގެ ދަތުރު ފަސްކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރުން އިންޑިއާގެ މުމްބާއީ އާ ދެމެދު ސީދާ ދަތުރުތައް ފެށުން ފަސްކޮށްފިއެވެ. މޯލްޑިވިއަންއިން ކުރިން ނިންމީ މި މަހުގެ13 ވަނަ ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު އެ ދަތުރުތައް ފަށާނީއަންނަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް މޯލްޑިބިއަނުން ބުންޏެވެ. މޯލްޑިވިއަން އިން މާފަރާއި މުމްބާއީއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވްނީ ހަމަޖައްސާފައެވެ. އެއީ ހުކުރު، އާދިއްތަ އަދި އަންގާރަ […]

އަޙްމަދު ވަހީދު
ބޮޑެތި ބާރުތަކެއް ލިބޭ ކައުންސިލްތައް އިންތިހާބުކުރަން ވޯޓުލުން ކުރިއަށް. ތަރުހީބު ކުޑަ!

ބޮޑެތި ބާރުތަކެއް ލިބޭ ކައުންސިލްތައް އިންތިހާބުކުރަން ވޯޓުލުން ކުރިއަށް. ތަރުހީބު ކުޑަ!

ގާނޫނީ ބޮޑެތި ބާރުތަކާއެެކު އިންތިހާބު ވާނެ، ލޯކަލް ކައިންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ. ވޯޓުލުން ފެށީ މިއަދު ހެނދުނު 7:00އިން ނެވެ. ބައެއް ވޯޓު މަރުކަޒުތަކުގައި ދިމާވި ކުދިކުދި މައްސަލަތަކާހެދި ވޯޓުލުން ފެށުން ކޮންމެވެސްވަރަކަށް ލަސްވިނަމަވެސް އަމާންކަމާއެކު ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ދިވެހިން...

އިބްރާހިމް އަސްވާޤް
ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި

ވެމްކޯ ސައިޓުގައި ހުރި މިސްކިތް ބޮޑުކޮށް އަލުން ހުޅުވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މާލޭގެ ވޭސްޓް ޓްރާންސްފާ ސެންޓަރުގައި ހުރި މިސްކިތުގެ ޖާގަ ބޮޑުކޮށް އަލުން ހުޅުވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ގެ ނައިބު ޝާފިއު އަލީއެވެ. އަދި އިމާމްވެ ނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚްއިބްރާހީމް ރަޝީދު ހަސަނެވެ. އެ ކުންފުނިން ބުނިގޮތުގައި ޖާގަ ބޮޑުކޮށް މި މިސްކިތް އަލުން ހުޅުވީ ރޯދަ މަހާ ގުޅިގެންނެވެ. އެގޮތުންމިހާރު ވުޞޫ ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާނެ ކަމަށް އެކުންފުނިން […]

އަޙްމަދު ވަހީދު
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 99 އަހަރުގައެވެ. އޭނާ އަވަހާރަވިކަން މިއަދު ބަކިންހަމް ޕެލަސް އިން ވަނީ އިއުލާންކޮށްފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕްރިންސް ފިލިޕްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ދާދި ފަހުން ވަނީ ކޮށްފައެވެ. ފިލިޕަށް ވަނީ މަހެއްހާ ދުވަހު ހޮސްޕިޓަލްގައިފަރުވާ ދީފައެވެ. “ލޮބުވެތި ފިރިކަލުން ހިޒް ރޯޔަލް ހައިނެސް ދަ ޕްރިންސް ފިލިޕް، ޑޫކް އޮފް އެޑިންބަރާ އަވަހާރަވިކަން ވަރަށް ފު...

އަޙްމަދު ވަހީދު
ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދު...

އަޙްމަދު ވަހީދު
މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިބީއެމާ ހަވާލުކޮށްފި

މިފްކޯ މަސްދަޅު ކޭސް ޑެލިވަރީގެ ހިދުމަތް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި އިބްރާހިމް އަންވަރެވެ. އަދި މިފްކޯގެފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. އައިބީއެމުން ބުނިގޮތުގައި މިއީ މިފްކޯގެ އުފެއްދުންތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެކެވެ. އެހެންކަމުން މިހާރު އައިބީއެމްމެދު...

އަޙްމަދު ވަހީދު
އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި

އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި

ހއ. އިހަވަންދޫ އާމިނާ ދިޔޯ ސިއްހީ މަރުކަޒުން މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި އެވެ، އެމަރުކަޒުން މިއަދު ބުނެފައިވަނީ، އެމަރުކަޒަށް މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ އިއިކްރޯމާ މެޝިން އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއިއެކު، މިމަރުކަޒުގެ ލެބޯޓަރީއިން ކުރިން ނުހެދޭ މުހިންމު ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފެށިފައިވާކަމަށެވެ. އެގޮތުން ތައިރޮއިޑް ޓެސްޓާއި، ޓެލެސީމިއާ ކުދިންނަށް އެންމެ މުހިއްމު އެއް ޓެސްޓް ކަމަށްވާ ފެރަޓިން ޓެސްޓާއި، ހަކުރުބަލީގެ ބަލިމީހުންނަށް މުހިއްމު ޓ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟

ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟

މާދަމާ ބޭއްވޭ ލޯކަލް ކައުންސިލުގެ އިންތިހާބަކީ އެހެން އިންތިހާބުތަކާއި ޚިލާފަށް ހދ. ކުޅުދޫފުއްޓަށް ހާއްސަ އިންތިހާބެކެވެ. ސަބަބުތައް ބައިވަރެވެ. މިއީ ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލިގެ އިންތިހާބެވެ. ފުރަތަމަ އެސިޓީގެ މޭޔަރަކު އިންތިހާބުކުރަން ރައްޔިތުން ނިކުމެ ވޯޓު އަޅާނެ ފަހަރެވެ. ސިޓީ ކައުންސިލަރުން އިންތިޙާބު ކުރާނެ ފަހަރެވެ. ކުރު މުއްދަތަކަށް ނޫނެވެ. 5 އަހަރު ދުވަހަށެވެ. މި އިންތިހާބުގެ ފޯރި އެ ސިޓީގައި ގަދަވެފައިވާއިރު ތަފާތު އެހެންކަމެއް ކެނޑ...

އިބްރާހިމް ޚަލީލް
މާލޭ ސިޓީއަށް ފުރިހަމަ ތަސައްވުރަކާއެކު ޑރ. މުޢިއްޒު!

މާލޭ ސިޓީއަށް ފުރިހަމަ ތަސައްވުރަކާއެކު ޑރ. މުޢިއްޒު!

މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވާދަކުރަށް ވަނީ، މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް މައްސަލައަކާއި، ދަތިކަމެއް ހައްލުކޮށް ދިނުމުގެ މަތިވެރި އަޒުމާއެކު، އެކަންކަމަށް ބޭނުންވާނޭ ފުރިހަމަ ތަސައްވުރަކާއެކު އެވެ. ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު އަކީ ވޭތުވި ސަރުކާރުގައި މާލޭގެ މަލަމަތި ބަދަލުކޮށްލުމުގެ ވެސް އެއްމެ އިސް މޭސްތިރިއެވެ. ކަސްރަތުކޮށްލަން ހ...

އަލީ އާދިލް
ހއ. އަތޮޅުގެ 2 ރަށާއި ހދ އަތޮޅުން 1 ފަޅު ރިސޯޓް ތަރައްޤީކުރަން ބީލަމަށް ލައިފި

ހއ. އަތޮޅުގެ 2 ރަށާއި ހދ އަތޮޅުން 1 ފަޅު ރިސޯޓް ތަރައްޤީކުރަން ބީލަމަށް ލައިފި

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 16 ރަށެއް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިރޭ ކުރި އިޢުލާންގައި ތިލަދުންމަތިން ހުޅުވާލާފައިވަނީ 2 ރަށާއި 1 ފަޅެވެ. އެއީ ހއ އަތޮޅުން ވެލިފިނޮޅާއި ހއ. އަލިދުއްފަރުފިނޮޅެވެ. ހދ. އަތޮޅުން ހުޅުވާލާފައިވަނީ ކުޑަފަރުފަސްގަނޑެވެ. މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވާލި 4 ރަށުގެ ތެރޭގަ...

އިބްރާހިމް އަސްވާޤް