މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1680 ވަނަ ޞަފްޙާ

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ޙުސައިން ޝަހުދީ
ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެވަގުތެއްގައި ދީފައިވާ ހަމަލާގައި މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ އެއްވެސް އަތެއްވާ ކަމަށް ގަބޫލެއް ނުކުރައްވާކަމަށާއި އަދި ތަހުގީގުގައި ވެސް އެމްއެންޑީއެފުން ދަނީ އެހީތެރިވެދެމުންކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅެއްޖެއެވެ. ސަމާލް މިހެންވިދާޅުވީ މިރޭ ގައުމީ ދިފާއީބާރުން ބޭއްްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނޫސް ވެރިންގެ ބައްދަލުވުމު...

އަލީ އާދިލް
ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ. ދިއްދޫއިން […]

ޙުސައިން ޝަހުދީ
ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހދ. ހަނިމާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ތިންމީހެއް ބަލިން ރަނގަޅުވެ، އެކޭސްތަކާއި ގުޅުގެން ކަރަންޓީނުކުރި 8 ގެއެއް ކަރަންޓީނުން ވީއްލައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ […]

ޔުމްނާ ޢަލީ
ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި “މަހުރޯދި” ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، […]

ޙުސައިން ޝަހުދީ
ފާލަމުގެ ވަގުތީ ހިނދުކޮޅު

ފާލަމުގެ ވަގުތީ ހިނދުކޮޅު

ޙަޔާތުގެ ދަތުރުގައި މަޑުކޮށްލުމަށް ލިބިފައިމިވާ ވަގުތީ ދުނިޔޭގެ ދުވަސްތައް، އެ ދުނިޔޭގެ ތަޢުމީރީ މަސައްކަތަށް އެކަނި ހުސްކޮށްނުލާށެވެ. މި ވަގުތީ ފާލަމަކީ އޭގެ އަނެއްކޮޅުން ތިމާ ފައިބަން ޖެހޭ އެއްޗެކެވެ. އެ ފާލަމަށް އެރީ ހުސްއަތާއެވެ. ފައިބައިގެންދާއިރު ގެންދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ދާންޖެހޭނީ ވެސް ހުސްއަތާއެވެ. އެހެންކަމުން މި ދުނިޔޭގެ މަދު ދުވަސްތަކުގައި ދަތުރުގެ ކޮށްތު ލިބިގަންނާށެވެ. އެނޫން ތަކެތި ޖަމާ ނުކުރާށެވެ. ކިތަންމެ ގިނަ ކޮށްތެއް ޖަމާކުރި ކަމަކު، އޭގެ ބޭނުން ހިފޭނީ ހަމައެކަނ...

އައްޝައިޚް މުޙައްމަދު އަފްޟަލް
48 ގަޑިއިރުތެރޭ ކޯވިޑްގެ 8 ވަނަ މަރު!

48 ގަޑިއިރުތެރޭ ކޯވިޑްގެ 8 ވަނަ މަރު!

ރާއްޖެއިން އަނެއްކާ ވެސް އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެ އެވެ. ހެލްތް ޕޮރެޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މެންދުރު 2:46 ގައި ނިޔާވެފަ ވާކަމަށެވެ. މިއީ މިދިޔަ 48 ގަޑިއިރުތެރޭގައި ނިޔާވި 8 ވަނަ މީހާއެވެ. މިއާއިއެކު ރާއްޖެއިން މިބަލީގަ ނިޔާވި މީހުންގެ ޢަދަދު 82 އަށް އެރީއެވެ. މިއަދު ފުރަތަމަ ނިޔާވީ ކ. މާފުށީގައި […]

ޝިއުނާ އާދަމް
މާލެ ސަރަހައްދުގެ ބައެއް ފިޔަވަޅުތައް ވަކިމުއްދަތެއް ނެތްގޮތަށް ދައްމާލައިފި

މާލެ ސަރަހައްދުގެ ބައެއް ފިޔަވަޅުތައް ވަކިމުއްދަތެއް ނެތްގޮތަށް ދައްމާލައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ބައެއް ފިޔަވަޅުތައްއަޅައި، އެ ފިޔަވަޅުތައް ވަކިމުއްދަތެއްނެތް ގޮތަށް ދަންމާލައިފިއެވެ. އެ ނިންމުން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ. މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޑޭ ކެއާ ސެންޓަރުތަކާއި، ޓިއުޝަން ކްލާސްތަކާއި އަދި ޤުރުއާން ކްލާސް ބަންދުކުރަން ވަނީ އަންގާފަ އެވެ. މީގެއިތުރުން...

ޖަލްވާން ޖާދުﷲ
ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މުއްދަތު އިތުރުކޮށްފި

ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުވާން ޖެހޭ މުއްދަތު އިތުރުކޮށްފި

ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަދަލު ގެނެސް، ކަރަންޓީންވާން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ. އެކަން ބަޔާންކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި ބުނީ ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަންގާ ކަމަށެވެ. މިބަދަލު ގެނައުމުގެ ކުރީން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ. މިފިޔަވަޅަކީ...

ޔުމްނާ ޢަލީ
ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ

ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ

ހދ. ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، އެމީހާ ޓެސްޓް ކުރީ ބަލީގެ އަލާމަތް ހުރިކަމުގެ މައުލޫމާތު ލިބިގެންނެވެ. “އެއީ ހަނިމާދޫ މަގުން މިކޮޅަށް އައިސް ކަރަންޓީނުގައި ހުރި އިންޑިއާ ޓީޗަރެއް، ކަރަންޓީނުވިތާ ދެތިން ދުވަސްފަހުން ބަލީގެ އަލާމަތް ހުރިކަމަށް މައުލޫމާތު ލިބިގެން ޓެސްޓް ކުރީ، އޭނާ...

ޔުމްނާ ޢަލީ
ރާއްޖޭގައި ކޯވިޑް ބަލީގައި މަރަކަށްފަހު މަރެއް، ޢަދަދު 81 އަށް އަރައިފި

ރާއްޖޭގައި ކޯވިޑް ބަލީގައި މަރަކަށްފަހު މަރެއް، ޢަދަދު 81 އަށް އަރައިފި

ރާއްޖެއިން ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 81 އަށް އަރައިފި އެވެ. އިއްޔެ ވެސް ވަނީ މިބަލީގައި 6 މީހަކު ނިޔާވެފަ އެވެ. މިއަދު ނިޔާވީ ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އިއްޔެ ނިޔާވީ މާލޭ ސިޓީން ނިޔާވި 3 މީހަކާއި ޅ. ނައިފަރުން ނިޔާވި 2 ދެ މީހަކު އަދި އއ. ރަސްދޫގައި ނިޔާވި މީހަކެވެ. ރާއްޖެއިން މިހާތަނަށް 33،368 […]

ޝިއުނާ އާދަމް
ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭ: ފުލުހުން

ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭ: ފުލުހުން

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި ގުޅިގެން އެ ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެ ހަމަލާ ދިން ސަރަހައްދުން ބައެއް މީހުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އޭގެ ތެރެއިން ހަތަރު މީހަކު ދެނެގަނެވިފަވާ ކަަމަށެވެ. ސީޕީ ވިދާޅުވީ، އެ […]

ޔުމްނާ ޢަލީ
ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ

ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާތަނަށް ކުރެވުނު ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ، ސާޖަރީތައް ކާމިޔާބު ނަމަވެސް އަދި އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށެވެ. ނަމަވެސް އެ ސާޖަރީތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރަށްވަ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް […]

އަލީ އާދިލް
ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. މިފަހަރު ޕޮޒިޓިވްވީ އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވިކަން މިހިނގާ މޭމަހުގެ 5 ވަނަ ދުވަހުއެވެ. އެ ބޯޓު އެ އަތޮޅު ފީވަކުގައި އޮއްވައި އެ ބޯޓުގައި ބައްޔަށް ޝައްކުވާ މީހަކު ހުރިކަން ފޯކައިދޫ ސިއްހީ މަރުކަޒަށް ރިޕޯޓްކުރީ އާންމުންގެ މީހެކެވެ. އެ ބޯޓު ފޯކައިދޫއަށް ބަނދަރުކުރިއިރު ފޯކައިދޫ ސިއްހީ […]

ޝިއުނާ އާދަމް
ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން

ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން މިހެން ވިދާޅުވީ، ރޭ މާލޭ ސިޓިގެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތ...

އަލީ އާދިލް
އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ރާއްޖެ ގެންނަނީ

އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ރާއްޖެ ގެންނަނީ

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް...

ޝިއުނާ އާދަމް
މިރޭގެ ހަމަލާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް: ރައީސް

މިރޭގެ ހަމަލާއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް: ރައީސް

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޙަމަލާއާއި ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައި، ޤައުމާ މުޚާޠަބު ކުރައްވަމުން އެމަނި...

ޔުމްނާ ޢަލީ
އަތޮޅުތެރޭގެ 5 ރަށެއްގައި ހަވީރު 4 ކުން ފަތިހު 4 ކަށް ކާފިއު ހިންގަނީ

އަތޮޅުތެރޭގެ 5 ރަށެއްގައި ހަވީރު 4 ކުން ފަތިހު 4 ކަށް ކާފިއު ހިންގަނީ

އަތޮޅު ތެރޭގެ 5 ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭއިންދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައިވަނީ ކާފިއު ހިންގުމަށް ނިންމާފައިވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައިކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން އެރަށްރަށުގައި ހަވީރު 4:00 އިން ފެށިގެން ފަތި...

އިބްރާހިމް އަސްވާޤް