ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށާއި އެއިލާހަށް ވަކީލު ކުރުމަށް ދަރިންނަށް ނަސޭހަތްދޭށެވެ.
ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ފުރިހަމައަށް ތަވައްކުލް ކޮށް، ސަބަބުތަކުގައި ހިފައި، އެއިލާހުގެ ކިބައިން އެހީތެރިކަމާއި ވާތްގަށް އެދުމަށް ދަރިންނަށް ކުޑައިރުއްސުރެވެސް ދަސްކޮށްދޭންވާނެއެވެ. ރަސޫލުﷲ ވަނީ އެކަމަށް ނަމޫނާ ދައްކަވާފައެވެ. އަބްދުﷲ އިބްނު ޢައްބާސް ކުޑަކުއްޖެއްކަމުގައި ވަނިކޮށް އެކަލޭގެފާނަށް ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ: ((يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْت...