ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން ވެސް މަދުވާނެ: ޝުޖާޢު
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އިންސާނުންގެ ދައުރު މިހާރަށްވުރެ މަދުކުރުމުން، ކޮރަޕްޝަނާއި ވައްކަމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން” ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވ...