އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ. އެމްޑަބްލިޔުއެސްސީން ބުނީ ފެރިދޫގައި މިހާރު ކުރަމުން އަންނަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފެރިދޫއަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނ...
އަޙްމަދު ވަހީދު
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާތީ އެކަމާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްއެމްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާގައި ޝާއިޢުކުރާ ޝާއިޢުކުރުންތަކުގެ މައްސަލަ ބެލުމުގެ...
އަޙްމަދު އަރުޝަމް
ހދ.ހަނިމާދޫއިން އަނެއްކާ ވެސް 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 22 ދުވަހު ނެގުނު 121 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 56 އެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައި ވަނީ މިމަހުގެ […]
އިބްރާހިމް ޚަލީލް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން، އެޖެންޓުކަން 22 ފަރާތަކަށް މިއަދުދީފިއެވެ. އެސްޓީއޯއިން އެޖެންޓުން ހޯދަން އިއުލާން ކުރީ މިދިޔަ މާރޗް މަހުއެވެ. އެ ފުރުސަތުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް އެެޖެންޓުންގެ ގޮތުގައި މިހާރު ވަނީހަމަޖައްސައިފައެވެ. އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކ...
އަޙްމަދު ވަހީދު
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބްރެޒިލްއާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފިއެވެ. ބްރެޒިލުން މި މެޗު ކާމިޔާބު ކޮށްފައިވަނީ ކޮލަމްބިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުންއަރައި ދެ ލަނޑު ޖަހައިގެނެވެ. މުޅި މެޗުގައި ވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް ކޮލަމްބިއާގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. މި މެޗުގައި […]
އިބްރާހިމް ޚަލީލް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ބުދަ ދުވަހުގެ ރޭ ފްރާންސާއި ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވަރުވެ، އަދި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރި މެޗުވެސް އެއްވަރުވެ މުބާރާތުގެ ދެވަނަ ބުރުން ފްރާންސާއި ޖަރުމަނުގެ އިތުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ނިއުޔޯކުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލަން ނިންމާފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަނަރ އެންޑްރޫ ކުއޯމޯ ވިދާޅުވެއްޖެއެވެ. ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވައި ގަވަނަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށެވެ. މުއްދަތު ހަމަވުމުން އަލުން އާ ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތުން ނިއުޔޯކު ނަގާލި ނަމަވެސް އެމެރިކާގެ ސެންޓަ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން އަޅާފައިވާ ފިޔަވަޅުތަކަށް...
އަޙްމަދު ވަހީދު
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. މި މަޝްރޫއު ފެށުމަށް ސައިޓު މޮބިލައިޒް ކުރީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވ...
އަޙްމަދު ވަހީދު
ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއިން ޢާއްމުކޮށް ހުޅުވާލައިފި އެވެ. މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ. އެއިޢުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން 27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން އެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2...
އިބްރާހިމް އަސްވާޤް
ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް މޮނިޓަރިން ހާލަތުގައި 34 ދުވަހު އޮތެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހެއް އަނެއްކާވެސް ޕޮޒިޓިވްވިއިރު، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން” ވިދާޅުވީ މިއަދު ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތް ހުރެގެން […]
ޔުމްނާ ޢަލީ
މާދަމާއިން ފެށިގެން މާލެއާ ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހަވީރު 6:00 ޖަހާއިރު ބަންދުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިއީ ކޯވިށް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅަފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލާއެކު މިހާރު މާލެ އަދި ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30ންހަވީރު 6:00 ހުޅުވާފައި ހުންނާނެއެވެ. އަދި...
އަޙްމަދު ވަހީދު
ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއްޔެ ހާމަކުރި ގޮތުގައި މި ކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. މިކަމާގުޅޭ މަސައްކަތުގެ ތަފްސީލާއި ޝައުގުވެރި ވެލައްވާފަރާތްތަކުގެ ޝަރުތުތަކާއި އަދި އެ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ ތަފްސީލް އެއިޢުލާނާއި އެކު ލިބެން ހުންނާނެކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އަދި މިކަމަށް އަނ...
އަޙްމަދު އަރުޝަމް
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ސްޕެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ދެވަނަ ބުރުގެ ފުރުޞަތު ސްޕެއިނުން ހޯދިއިރު، ޕޮލެންޑް ބަލިކޮށް ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ސްވިޑަން ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ލަ ކަރުތޫޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މުބާރާތުގައި ސްޕެއިން […]
އިބްރާހިމް ޚަލީލް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ، “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ހުށަހެޅުންތަކާއި އެ ހުށަހަޅާ ސަބަބުތައް ބަޔާންކޮށްފި އެވެ. މި ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. މިގޮތުން 124 ވަނަ މާއްދާގެ ގޮތުގައި “ނަފްރަތުގެ އަމަލު ހިންގުން” ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހަޅާފައިވާއިރު،...
އަޙްމަދު އަރުޝަމް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ނޭކުރެންދޫ ކައުންސިލުން ގޮވައިލައިފިއެވެ. ޤާނޫނުލްއުޤޫބާތަށް އިސްލާހުގެ ގޮތުގައި ހުށަހެޅިފައިވާ މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ...
އަޙްމަދު އަރުޝަމް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާން ކުރާ ބިލު އަނބުރާ މަޖިލީހުގެ ތަޅުމުން ގެންދިއުމަށް ރާއްޖޭގައި މަސައްކަތްކުރާ 106 މަދަނީ ޖަމިއްޔާ އަކުން ގޮވާލައިފިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި “ނަފްރަތުގެ އަމަލު ހިންގުން” ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހެޅި މިހުށަހެޅުން މަޖިލީހުގެ ތަޅުމަށް މިހާރު ވަނީ ބަލައިގަނެފައެވެ. މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކ...
އަޙްމަދު އަރުޝަމް
ހދ. ހަނިމާދޫން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 21 ދުވަހު ނެގުނު 70 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެބެން މިހާރު ވަނީ ބަލިން […]
ޝިއުނާ އާދަމް
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލު ފާސްކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ އިސްލާޙްތައް އެ ބިލުގައި ހިމެނުމަށްފަހުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ، ރަހީނުކޮށް އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަގެ ބަހުސްގައި މިއަދު ކުރިއަށް ދިޔަ މިޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއީ ވިދާޅުވީ، “ނަފުރަތުގެ އަމަލު ބަޔާންކޮށް” ގ...
އަލީ އާދިލް