އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި
ތާލިބާނުން އަފްގާނިސްތާން ބަލަހައްޓަމުން އަންނަމުންދާތީ އަފްގާނިސްތާނުން ހިޖުރަކުރާ ފަރާތްތައް ތުރުކީ ވިލާތަށް ވަނަނުދިނުމަށް އެ އެޤައުމުގެ އިރާނާއި ވީ ފަރާތުގެ ބޯޑަރުތައް ބަންދުކޮށް ފާރެއް ރާނާއިފިއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަސްކުރިން އަފްގާނިސްތާނުން ނިކުމެފައިވާ ބައެއް ރެފިއުޖީން އެސަރަޚައްދުގައި އުޅެމުން އަންނަތަން ފެންނަމުންދާކަމަށް އެގައުމުން ވަނީ ހާމަކޮށްފައިވެއެވެ. މިގޮތުން އަފްގާންގެ ރެފިއުޖީންނަށް ހުރަސްއެޅުމަށް ތުރުކީއިން ވަނީ ބޯޑަރުގެ ކައިރީގައި ތިން މީޓަރުގެ އުސްފާރެއް ރާނާފައެވެ...