ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގައި ފްރާންސާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޑީގައި ފްރާންސާއި ޔުކްރެއިން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ގޯލާއި ވިހިޔާޑް ދުރުފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޝަޕަރެންކޯއެވެ. މެޗުގައި ފްރާންސަށް ނަތީޖާ […]
އިބްރާހިމް ޚަލީލް
ހދ. ވައިކަރަދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމަކީ ވައިކަރަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝެއިޙް ހުސައިން އަންޞާރު އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ނާޝިދާ ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމުގައި 4 ބަޔ...
އަޙްމަދު އަރުޝަމް
ދިވެހި ރާއްޖޭގެ ޝަރުއީދާއިރާގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ސަރުކާރުގެ ނުފޫޒެއްނެތި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލާ، ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އެ ޕާޓީން ކުށްވެރިކުރާކަމަށެވެ. އަދި އެ ޕާޓީގެ ނަޒަރުގައި ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދ...
އަޙްމަދު އަރުޝަމް
ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގައި ނެދަލެންޑްސްއާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޖީގައި ނެދަލެންޑްސްއާއި މޮންޓެނީގްރޯ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ނެދަލެންޑްސްއެވެ. ނެދަލެންޑްސްގެ ފަރާތުން މި މެޗުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން 72 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާ ކޮށްފައިވާއިރު އެ ޓީމުން ވަނީ މޮންޓެނީގްރޯގެ ގޯލާއި އަމާޒުކޮށް ބާރަ ހަމަލާއެއް […]
އިބްރާހިމް ޚަލީލް
އެމްޓީސީސީގެ މަޝްރޫއުތަކަށް ބޭނުންކުރާ ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފިއެވެ. އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 109،000 ރުފިޔާއެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އަހަރަކަށްވުރެ ގިނަ ދުވަހަށް ކޮންޓްރެކްޓް އާ ކުރާނެ ކަމަށްވެސް ބުންޏެވެ. މި މަގާމަށް ހޮވޭ މީހެއްގެ މުސާރައިގެ އިތުރުން އެކުންފުނީގެ ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމުގައި ބައިވެރިވެވޭނެއެވެ. މަގާމަށް ކުރ...
އަޙްމަދު ވަހީދު
ހއ. ބާރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 448 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފިއެވެ. ފެނަކައިން އެ ރަަށް މި ޖަނަރޭޓަރު ގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޖަނަރޭޓަރާއެކު މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ބާރަށުގައި 1215 މީހުންގެ އާބާދީއެއް އޮންނައިރު މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރުހާ ގެއަކަށް ކަރަންޓ ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން […]
އަޙްމަދު ވަހީދު
މެރިއެޓް އިންޓަނޭޝަނަލްގެ ކުޑައިގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ލެ މެރީޑިއަން ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ތަރައްގީ ކުރި ލެ މެރީޑިއަން މޯލްޑިވްސް ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 35 މިނެޓު ތެރޭގައި ސީ ޕްލޭނުގައި މި ރިސޯޓަށް ދެވޭނެއެވެ. މިއީ މެރިއެޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގެ ފެނަކައިގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. ހުކުރު ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދެވެ. ފެނަކައިން ބުނީ މި އޮފީހުގެ މަސައްކަތް ނިމުމުން އެ ކުންފުނީގެ އޮފީހުގެ ހުރިހާ މަސައްކަތެއް އާ އޮފީހަށް ބަދަލު ކުރެވޭނެ ކަމަށެވެ. ހޯރަފުށި ބްރާންޗްގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު #ޓީމްފެނަކަ @TeamFenaka pic.twitter.com/HnLP8ZN7...
އަޙްމަދު ވަހީދު
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރުވެއްޖެއެވެ. މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ކުއާޓާލީ ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ޖުމުލަ ރިޒާވުގައި 912.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި […]
އަޙްމަދު ވަހީދު
ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވަމުން އަންނަ އިރު ފޮތި މާސް ބޭނުންކޮށްގެން ވައިރަހުން އެދެވޭ ގޮތެއްގައި ރައްކާތެރިކަން ނުލިބޭކަމަށް ބުނެ ޔޫރަޕުގެ ބައެއް ޤައުމުތަކުން ފޮތި މާސްކު ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމައިފިއެވެ. އެޤައުމުތަކުން ބުނެފައިވާ ގޮތުގައި މެޑިކަލް މާކްސްއާއި އެއް ފަދައިން ފޮތި މާސްކު އިން އިންސާނާއަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު އަލަށް ފެންނަމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑުވަޅުގައި ޔޫރަޕްގެ ޤައުމުތަކެކޭ އ...
އަޒްފާ ރަޝީދު
ށ. ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމުގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެ ހޯދަން ޢިއުލާން ކޮށްފިއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފުނަދޫ ސްކޫލުގައި މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިގޮތުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢާއި ބެހޭ...
އަޙްމަދު އަރުޝަމް
ހދ. ނޮޅިވަރަންގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެ ރަށު ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މަރުކަޒުން ފަށައިފިއެވެ. މިކަމާއި ގުޅިގެން އެ މަރުކަޒުން އާންމު ކޮށްފައުވާ ނޯޓްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެފައިވާ ކަމަށެވެ. ވުމާއެކު މިކަމަށް ޝައުގު ވެރިވާ ފަރާތްތަކުން 7575566 ނަންބަރަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފޮނުވައި ދެއްވުމަށެވެ. ނޮޅިވަރަންގައި ތިންހާހާއ...
އިބްރާހިމް ޚަލީލް
ހާބުބޭ ޓީޗަރަކީ ނ. އަތޮޅު މަދަރުސާގެ ސްކައުޓް އުފެއްދެވި “ބާނީ”އެވެ. ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 12 ވަނައަށް ނ. އަތޮޅު މަދަރުސާގައި ސްކައުޓް އުފައްދަވައި ރާއްޖޭގައި ފުރަތަމަ ބޭއްވި ސްކައުޓް ޖަމްބޮރީގައި ނ. އަތޮޅު މަދަރުސާ ތަމްސީލު ކުރެއްވިއެވެ. އެއީ 1986 ވަނަ އަހަރެވެ. ހާބުބެއަށް ފަހު އަދިއަދަށް ދާން ދެން ވެސް އެ ހަރަކާތް އެ ސްކޫލުގައި ހިންގިފައެއް ނުވެއެވެ. އެތައްއެތައް ސަބަބެއް ވާނެއެވެ. އެ ހުރިހާ ސަބަބެއް، މީހުންނާއި ވަސީލަތްތައް މާ މަދު ދުވަސްވަރެއްގައި […]
ޢަބްދުﷲ ސަޢީދު
ކުޅުދުއްފުށި ސިޓީގައި ހިންގާ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިގެ ފަރާތުން މިވަގުތު މޮނިޓަރިންފެ ހާލަތުގައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވީ ކުޅުދުއްފުށީ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިން އެރަށު ރައްޔިތުންނަށް 1.2 ޓަނުގެ މަސް ހަދިޔާކުރެއްވި ކަމަށެވެ. އަދި މިހާރު ވަނީ ހުރިހާގެއަކަށް އެ މަސްތައް ބަހާ ނިންމާފަކަމަށްވެސް ސެންޓޭ ފާހަގަކުރެއްވިއެވެ....
އަޙްމަދު އަރުޝަމް
ހދ. ނޭކުރެންދޫ އަދި ހދ. ނެއްލައިދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ. އެގޮތުން، ނޭކުރެންދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު ކުރިއަށް ގެންދެވުނު އިރު ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފައިވަނީ އިއްޔެ ހެނދުނެވެ. ނޭކުރެންދޫގައި މި ހަރަކާތް އިސްވެ އިންތިޒާމްކޮށްފައިވަނީ މިދިޔަ އަހަރު އެރަށަގުއި ހުޅުވުނު ޒާހިރު ސްޕޯޓްސް އެކަޑަމީގެ ފަރާތުންނެވެ. ޒާހިރް ސްޕޯރޓްސް އެކަޑަމީގެ ރައީސް އަދި ނޭކުރެންދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒާހިރު “ތިލަދުން” އަށް މައުލޫމާތު ދެއްވަމު...
އަޙްމަދު އަރުޝަމް
އަފްގާނިސްތާންގެ ވެރިއަރަށް ކާބުލްގެ ވައިގެ ބަނދަރު އަލުން ހުޅުވާލުމަށް އެހީތެރިކަން ފޯރުކޮށްދީ، ލޯކަލް ފްލައިޓްތަކުގެ ދަތުރުތައް ކުރުމަށް އަލުން ހުޅުވުމަށް ބޭނުންވާ ބައެއް ކަންކަން ކުރުމަށް ގަތަރުގެ ފަންނީ ޓީމަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. ގަތަރުގެ އެންބެސެޑަރ ހާމަކޮށްފައިވާ ގޮތުގައި އެއަރޕޯޓުގެ ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގަތަރުގެ ފަންނީ ޓީމުން އެއްރޕޯޓްގައި ރަންވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ. ކާބުލްގެ ވައިގެ ބަނދަރު މިހާރު އޮތް ހާލަތަ...
އަޒްފާ ރަޝީދު
މާލޭ ސިޓީގެ މާލޭގެ ގެއަކުން ހަރުފައެއް ފެނިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ހަރުފަ ފެނިފައި ވަނީ މ. މަރުދާނުގެއިން ކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު 15:33 ގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުޓީމުން ވަނީ އެ ގޭގައި ހަރަކާތްތެރިވެފައެެވެ. M.Marudaanuge in harufaeh fenigen, MNDF Fire and Rescue Services (FRS) in harakaaiytheri vejje. Mi […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން 150 އަށްވުރެ ގިނަ ކުދިންނަށް ސްޕީޗް ތެރަޕީދީ، ކުދިންގެ އުޅުމާއި ވާހަކަދެއްކުން ކާމިޔާބުކަމާއި އެކު ރަގަޅުވެފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގެ ސްޕީޗް އެންޑް ޕެތަލޮޖިސްޓް ޑރ. ސްރީޝާމް ވިދާޅުވެފައިވާ ގޮތުގައި އެ ހޮސްޕިޓަލްއިން މިހާތަނަށް 150 ވުރެ ގިނަ ކުދިންނަށް ތެރަޕީދީފައިވާނެމަށާއި މިއީ ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށަށް ނިސްބަތްވާ ކުދިންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިގޮތުން ސްޕީޗް އަދި...
އަޒްފާ ރަޝީދު