ދިވެހި ޤައުމީ ފުޓު ބޯޅަ ޓީމުގެ ސަޕޯޓަރުންގެ އެދުމަށް، މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެފްއޭއެމް އިން ވިދާޅުވީ ދިވެހިރާއްޖޭގައި މި މަހުގެ 1-އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ އަދި ރާއްޖެ ވާދަކުރާ މެޗް ބެލުމަށް ކުޅުންތެރިންގެ […]
އަޙްމަދު އަރުޝަމް
ހއ. ކެލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. މުބާރާތުގައި ކެލާގެ އަންހެން 4 ޓީމު ވާދަކުރާއިރު ހއ. ވަށަފަރުގެ އަންހެން ވޮލީ ޓީމުވެސް ވާދަކުރާނެ އެވެ. ޖުމްލަ 5 […]
އަޙްމަދު އަރުޝަމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ހިންގާ “ރީޑިފައިނިން މައިސް” ބައިނަލްއަގުވާ ކެންޕޭން ލޯންޗްކޮށްފިއެވެ. މި ކެމްޕޭން ލޯންޗުކޮށްފައިވަނީ އިންޑިއާ، މުމްބާއީގެ ގްރޭންޑް ހަޔާޓުގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށް ދިޔަ މިލްޓް ކޮންގްރެސްގެ ތެރޭގައެވެ. މިއީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްދާ ކެމްޕޭނެކެވެ. ރ...
އަޙްމަދު ވަހީދު
މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް “ބޮޑުތަކުރުފާނު”، މި ނަމުގައި ފިލްމެއް އުފައްދަން ތައްޔާރު ވެއްޖެ އެވެ. މި ފިލްމު ތައްޔާރުކުރަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުންނެވެ. މި ފިލްމު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމްގައި ބޭއްވި ޖަލްސާގައެވެ. ފިލްމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވީ އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފ...
އަޙްމަދު އަރުޝަމް
ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ކެތިއަރާއިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކެތިއަރާ މަސްރޭސް 2021” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ވެސް ވަނީ ދެ ޖިންސައް ހުޅުވާލާފައެވެ. ކަނބަލުންގެ މަސްރޭސް 15 އޮކްޓޯބަރ 2021 ގައި ބޭއްވުމަށް ރާވާފައިވާއިރު، ފިރިހެނުންނަށް ހާއްސަ މަސްރޭސް ބޭއްވުމަށް ރާވާފައި ވަނީ 16 އޮކްޓޯބަރ 2021 ގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވު...
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަރަށް ގިނަ ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް ދިވެހިންގެ ބޭންކް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 05:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭއާ މޮބައިލް ޕޭ އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެއިންޓަނަސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން […]
އިބްރާހިމް އަސްވާޤް
ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. އެ އެކަޑަމީގެ ވެބްސައިޓް ލޯންޗް ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި 07 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޭކުރެންދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ ދާއޫދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވެބްސައިޓާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ އެކަޑަމީގެ އެޑްމިން އޮފިސަރ ޢަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ އެކަޑަމީގެ ރައީސް މުޙައްމަދ...
އިބްރާހިމް ޚަލީލް
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސަގާފީ ކުލަތަކާއެކު ހާއްސަ ޑިނާ ނައިޓެއް ކުރިއަށް ގެންގޮސްފިއެވެ. ޓޫޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ޑިނާ ނައިޓަކީ ދުނިޔޭގެ ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ)ގެ ސެކެޓްރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި އާއި، ޕެރެޑައިސް ރިސޯޓުގައި ކުރިއަށްދާ 15 ވަނަ ” ޔޫ.އެން.ޑަބްލިއު.ޓީ.އޯ އޭޝިއާ ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގް ކޯސް” ގެ ބައިވެރިންގެ ޝަރަފުގައި ބޭއްވުނު ޑިނާ އެކެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ މި ޑިނާ ނައިޓުގައި ބަ...
އަޙްމަދު އަރުޝަމް
ފަތުރުވެރިކަން ކުރިއަރައި، މިފަހުން ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ އިތުރު ރާޅުތަކުން އަރައިގަތުމަށް ވަކިވަކި ދާއިރާތަކަށް އަމާޒުކޮށްގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަވަމުންދާކަމަށާއި އިގްތިސާދު އަނބުރާ އިއާދަވުން ނާޒުކު ފައްތަރެއްގައި ހުރިއިރު އަދި އެއްވަރެއްގައި ހިފެހެއްޓިފައި ނުވާއިރު، އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދު ވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވާސިލްވުމަށް އަދި ދިގު ދަތުރެއް ކުރަންޖެހޭ ކަމަށް ވާލްޑް ބޭންކުނ...
އަލީ އާދިލް
12 ވަނަ ޓްރާންސްޕޯރޓް އަދި ކޮމިއުނިކޭޝަން ފޯރަމްގައި މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައިވެރިވެ ވަޑައިގެންފިއެވެ. ތުރުކީގެ އިސްތަންބުލްގައި ކުރިއަށް ދިޔަ މި ފޯރަމް އަކީ ދުނިޔޭގެ 55 ގައުމަކުން ބައިވެރިވި ފޯރަމް އެކެވެ. ބުދަ ދުވަހު ފެށި މި ފޯރަމް ނިންމާލީ މިއަދުއެވެ. މި ފޯރަމްގައި މިނިސްޓަރ ނަހުލާ ވަނީ މިނިސްޓަރުންގެ ވަށް މޭޒުގައި ތަގުރީރު ކުރައްވާފައެވެ. ފޯރަމްގައި ބައިވެރިވި ގައުމުތަކުގެ ހުރިހާ ޓްރާންސްޕޯރޓް މިނިސްޓަރުން ތިއްބެވި ވަށް މޭޒުގައި […]
އަޙްމަދު އަރުޝަމް
ށ. ފީވަކުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރި މީހެކެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ފިރިހެނެކެވެ. ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ، އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުންނެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެފަހަރު އެރަށް މޮނިޓަރި...
ޔުމްނާ ޢަލީ
މި ދިވެހި ޤައުމަށް ބޭނުންވެފައި ވަނީ އުތީމު ބޮޑުތަކުރުފާނު ފަދަ، ޤައުމަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮލަދޭނެ ކެރޭ، މުރާލި ވަފާތެރި ދަރީންކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކޮށްފައިވަނީ ހއ. އުތީމުގައެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނ...
ޙުސައިން ޝަހުދީ
ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން ދިޔަ މީހެއް އައްޑޫ ސިޓީގައި ނިޔާވެއްޖެއެވެ. މިއަދު ނިޔާވި މީހާ އަކީ ފުވައްމުލަކު ސިޓީން، އައްޑޫ ސިޓީގެ އިކުއޭޓްރިއަލް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެންދެވުނު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ނިޔާވެފައި ވަނީ ޏ. ފުވައްމުލައް، ހިމިތީގެ، މިސްކިތްމަގު އުމުރުން 97 އަހަރުގެ އިބްރާޙީމް މުޙައްމަދު (ހިމިތީގެ އިބްރާޙީމް)އެވެ. އޭނާ ނިޔާވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ....
ޔުމްނާ ޢަލީ
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ. މި މަހުގެ 05 ވަނަ ދުވަހުގެ ރޭ ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ 46 އަހަރުގެ މ. މަލަސް/ ކ. މާލެ، އިސްމާޢީލް ޝަބީން ނިޔާވީ ބުދަ ދުވަހުގެ ރޭގައި ކަމަށް އައިޖީއެމްއެޗް އާއި ހަވާލާދީ މޯލްޑިވްސް […]
އަޙްމަދު އަރުޝަމް
މައުލޫމާތު ފެތުރުމަށާއި، ސިޓީ ކައުންސިލްގެ ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔެދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ބީލަން ރަޖިސްޓްރީ ކުރުމަށާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަދި އަގު ހުށަ...
އަޒްފާ ރަޝީދު
ޖިންސުގެ ހަމަހަމަކަމަށް ދައުވާކުރާ ދުވަސްވަރެއްގައި ކަނބަލުންގެ ނަން ލިސްޓުން މިންވަރެއް ބަޔާކޮށްފައި މަޢުޟޫ ބަންދުކޮށްފިނަމަ އޮންނާނީ ފިރިހެނުންގެ ހައްގު ގެއްލި ހަމަހަމަކަން ވެސް ގެއްލިފައެވެ. ވުމާއިއެކު ހަމަހަމަ ވެވޭތޯ ބެލުމުގެ ގޮތުން ފިރިހެނުންގެ ނަން ލިސްޓުން ވެސް މިންވަރެއް ހިއްސާކޮށްލެވޭތޯ އަޅުގަނޑު މަސައަކަތް ފެށީމެވެ. ބައެއް ނަންނަން ފެނުނީމާ ހިނިއަންނަ ގޮތްވެސް ވެއެވެ. ސަބަބަކީ އެ ނަންތައް މިހާރަށް ބީރައްޓެހިވުމެވެ. ނުގުޅުމެވެ. މައްސަލައެއްނެތެވެ. ދިވެހިންގެ ތާރީޚު ހޯދައި ބަލައިލުމުން އ...
އިބްރާހިމް ޚަލީލް
ކުޑަ ކުޑަ ލޮލުގެ ޓެސްޓްއަކުން ހިތުގެ ބަލިތައް ދެނެގަނެވިދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ. ސެންޑިއޭގޯ ހެލްތު އަދި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ރެޓިނަލް ސަރޖެން ޑރ. މެތިއު ބަކޯމް ވިދާޅުވެފައިވާ ގޮތުގައި ރެޓިނަލް އިސްކީމިއާއިން ހިތުގެ ބަލިތައް ދެނެގަނެވި ހިތުގެ ބަލި ހުންނަ މީހުންނަށް އަވަހަށް ފަރުވާ ފެށިދާނެއެވެ. ޑޮކްޓަރ ހާމަކޮށްފައިވާ ގޮތުގައި ލޮލުގައި ހުންނަ ކުދި ކުދި ނާރުތަކުން ލޭ ދައުރުވާ މިންވަރު ދަށްކަން ފާހަގަކުރެވޭނަމަ މިއީ ހިތުގެ ބަލިތައް ފާހަގަކުރެވޭންކަމެއްކަމަށް ދައްކައެވެ. އަދި ހިތ...
އަޒްފާ ރަޝީދު
ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ފްރާންސުން ކާމިޔާބު ކޮށްފައިވަނީ ބެލްޖިއަމްއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ސްޕެއިނުންނެވެ. ބުދަ ދުވަހުގެ ރޭ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ސްޕެއިން ވަނީ އިޓަލީގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ދުނިޔޭގެ ރޭންކިންގެ މިވަގުތު އެއްވަނައިގައި […]
އިބްރާހިމް ޚަލީލް