ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ މަތިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވި، އެ ސިޓީގެ މައި އެއާޕޯޓު ކަމަށްވާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ވަގުތީ ގޮތުން ބުރޫއަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ ބައެއް މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޖުލައި 29 އިން 30 އަށް ބަދަލުވި ރޭގަނޑުގެ ވަގުތެއްގައެވެ. އޭވިއޭޝަން އޮތޯރިޓީން ނެރުނު ”ނޯޓިސް ޓް އެއަރ މިޝަން (އެންއޯޓީއޭއެމް) އެއްގައިވާ ގޮތުން، […]
ނާޒިމާ އަލީ
ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު، ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި، ފޭރުމަށް ބޭނުންކުރި ސައިކަލު ހޯދުމަށްފަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި...
ޔުމްނާ ޢަލީ
ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރި ގޮތުންނާއި، މުޅި މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާޖެންޓީނާއާ ދެކޮޅަށް އަދަބު ދިނުމުގެ މަރުހަލާ ފަށައިފިއެވެ. ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ޖުލައި މަހު ކުޅުނު ފައިނަލް މެޗު 1-0 އިން ސްޕެއިން މޮޅުވުމާއެކު، އާޖެންޓީނާގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަނީ ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައ...
އަޙްމަދު ވަހީދު
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ޚިޠާބަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ރޭވުންތައް ހާމަކޮށްދެއްވުމަށް ބިނާކުރެއްވި ވާހަކަފުޅެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުނ...
ޔުމްނާ ޢަލީ
އީރާނުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުންކަމަށް ބުނެ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދިން ހަމަލާތަކެކެވެ. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައި...
ނާޒިމާ އަލީ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ...
ޔުމްނާ ޢަލީ
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިންއިން ކާމިޔާބުކުރިތާ މަދު ހަފްތާތަކެއްގެ ތެރޭގައި، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން ކެމްބޯޑިއާގެ ޕްނޮމް ޕެންގައި މިހާރު ކުރިއަށްދާ އާސިއާން ކަޕް ވެފައިވަނީ މި ސަރަހައްދުގެ ގައުމުތަކަށް ވޯލްޑް ކަޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ފުރުސަތަކަށެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތުގައި މި ސަރަހައްދުގެ 10 ގައުމަކުން […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އު...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ހަނގުރާމައިން އެމެރިކާއަށް ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުވެ ވަރަށް ބޮޑަށް ”މާޔުސްވެފައި” ކަމަށް އީރާނުން ބުނެފިއެވެ. ވޮޝިންޓަނާއި ތެހެރާނާ ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުގައި، ހަނގުރާމަ ހުއްޓާލަން ބޭނުންވަނީ ކޮން ފަރާތަކުންތޯ ކުރެވޭ ބަހުސްގައި ދެ ގައުމުން ވެސް ދަނީ އިދިކޮޅު ވާހަކަތަކެއް ފަތުރަމުންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އީރާނަކީ އެއ...
ނާޒިމާ އަލީ
ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކައުންސިލް ކަޕް 2026” ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އޯސަން ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ. މި މުބާރާތުގެ ފޯރި ގަދަ ފައިނަލްގައި މިދިޔަ މުބާރާތުގެ ވެސް ޗެމްޕިއަން އޯސަން ސްޕޯޓްސް ކްލަބު ނުކުތީ ވީކޭޕީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގައި އޯސަން ސްޕޯޓްސް ކްލަބް ކުރި ހޯދީ 42-25 ގޯލުގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ […]
ޔުމްނާ ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކެލާ ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ކެލާ ދާއިރާގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުޅާ ދ...
wp-needuser
މަޝްހޫރު މެސެޖިން އެޕްލިކޭޝަން ޓެލެގްރާމްގެ ކޯ-ފައުންޑަރ ޕަވެލް ޑުރޯވްގެ މައްޗަށް “ޓެރަރިޒަމަށް އެހީތެރިވުމުގެ” ދައުވާ އުފުލައި، އޭނާ ހައްޔަރުކުރުމަށް ރަޝިޔާއިން ބައިނަލްއަގުވާމީ އަމުރެއް ނެރެފިއެވެ. ރަޝިޔާގެ ދާޚިލީ ސަލާމަތާބެހޭ އިދާރާ (އެފް.އެސް.ބީ) އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ރަޝިޔާއަށް އުފަން ޑުރޯވްގެ މައްޗަށް މި ދައުވާ އުފުލީ ޔޫކްރެއިންގެ ޚާއްސަ ޚިދުމަތްތަކާއި ޓެރަރިސްޓް ޖަމާއަތްތަކުން ރަޝިޔާގައި ހަމަލާތައް ރޭވުމަށް ބޭނުންކުރާ ޗެނަލްތަކާއި ބޮޓްތައް ނައްތާލުމަށް ޓެލެގްރާމުން ދެކޮޅު ހަ...
ނާޒިމާ އަލީ
ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކ...
އަލީ އާދިލް
މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ހިދުމަތް ހޯމަ ދުވަހު ރަސްމީކޮށް ފަށައިފިއެވެ. ކަނޑުއޮތްގިރި ފިޝް ވިލެޖުގައި މިފްކޯއިން ގާއިމުކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓާއެކު އެ ރަށުގައި ހިކިމަސް އުފައްދާ ކާރުޚާނާއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި ދެ ވަސީލަތް ރަސްމީކޮށް ހުޅުވާފައިވަނީ 14 ޖުލައި 2026 ގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނިގޮތުގައި ކަނޑުއޮތްގިރި...
ޔުމްނާ ޢަލީ
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީގެ ފުޓްބޯޅަ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮއްވައި، އެ ގައުމަށް 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އަނެއްކާވެސް ޓީމާ ހަވާލުވެއްޖެއެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމުން އޭނާ ކުއްލި ގޮތަކަށް ވަކިވިތާ ތިން އަހަރު ފަހުންނެވެ. އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ޖިއޮވާނީ މަލާގޯ އަންގާރަ ދުވަހު އިއުލާންކުރެއްވި ގޮތުގައި، މަންޗިނީއާއެކު ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ [...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ “ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026″ގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގައެވެ. 29 ޖުލައި 2026 ގައި ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގެ މި ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލްދަނޑު އަދި ހިރަފުސްދަނޑު [...
ޔުމްނާ ޢަލީ
ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި މުދަލަށާއި މުހިންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށ...
ޔުމްނާ ޢަލީ
19 ޖުލައިގެ އަދަދާއި ގުޅޭ: އާއިޒް ސިޓިންރޫމަށް ނިކުތް އިރު އޭނާގެ މަންމަ އުޅެނީ ކޮޓަރީގައެވެ. އަވަސް އަވަހަށް އޭނާ ގެއިން ނިކުމެގެން ބާރުބާރަށް ހިނގައިގަތީ ގޭގައި ހުންނަން ބޭނުން ނުވާތީއެވެ. ހިތާ ދެކޮޅަށް އެއްވެސް ނިންމުމެއް އޭނާއަކަށް ނުނިންމޭނެއެވެ. އެއީ ފަހަރެއްގައި ވެސް އޭނާ ކުރާނެ ކަމެއް ނޫނެވެ. އިސްޖަހާލައިގެން ހުރެ، ޖީބަށް އަތް ޖަހާލައިގެން އާއިޒް ދުވާރުމަތިން ހިނގަމުން ދިޔައިރު ވެސް އޭނާގެ ހިތުގައި އުފެދެމުންދާ ތޫފާނަކަށް ބަދަލެއް ނާދެއެވެ. މަންޒިލެއް ނެތި، ދެވޭ […]
ސަލާމާ ޢަބްދުލް ޢަލީމް