ރޮނާލްޑޯގެ ކާމިޔާބު ލަނޑާއެކު އަލް ނަސްރުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ސައުދީ ޕްރޯ ލީގުގައި ރޭ އަލް ތާއޫންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އަލް ނަސްރުން ސީޒަންގައި ދަމަހައްޓަމުން އަންނަ ރެކޯޑު ދަމަހައްޓައި ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގެ ކުރިއަށް ކުޅުނު މި މެޗުގައި، އޭނާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމު މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 978 ވަނަ ލަނޑެވެ. މި މެޗުން ލިބުނު ތިން […]