ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ
އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ. މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ...