އީރާނުގެ 'ވައިޓް ބްރިޖް' ހިމާޔަތްކުރުމަށް އާންމުން ނުކުމެ ''އިންސާނީ އައްޑަނައެއް''ގެ ގޮތުގައި އެތުރިއްޖެ
އީރާނުގެ އަހުވާޒުގައި ހުންނަ ތާރީޚީ ‘ވައިޓް ބްރިޖް’ (ހުދު ފާލަން) އެމެރިކާގެ ހަމަލާތަކުން ސަލާމަތްކުރުމަށްޓަކައި، އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އަތާއި އަތްގުޅުވައިގެން “އިންސާނީ އައްޑަނެއް”ގެ ގޮތުގައި އެތުރިއްޖެއެވެ. މިއަދު ހެނދުނުން ފެށިގެން އަހުވާޒުގެ މަގުތަކުން ފެންނަމުންދާ މި މަންޒަރުތަކުން ހާމަވަނީ، “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ނަމުގައި ކުރިއަށްދާ އަސްކަރީ ކުރިމަތިލުން، ނަފްސާނީ ހަނގުރާމައަކަށް ބަދަލުވެފައިވާ މިންވަރެވެ. އީސްޓަން ޓައިމް (އީޓީ) އިން މިރޭ 8:00 އަށް ދީފައިވާ ސ...