ފަލަސްތީނުގެ އިސްތިއުމާރު ނިމުމަކަށް ނުގެނެސް އިސްރާއީލާއެކު ގުޅުން ގާއިމެއް ނުކުރެވޭނެ: މިސްރު
ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ނުގެނެސް، އެ ގައުމާއެކު އާންމު ހާލަތުގެ ގުޅުމެއް ގާއިމު ނުކުރެވޭނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވެއްޖެއެވެ. މިސްރުގެ ރައީސް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، އިސްތިއުމާރު ނިމުމަކަށް ގެނެސް، އަނިޔާވެރިކަމާއި އުދުވާން ހުއްޓުވައި، ހައްގުވެރިންނަށް އެމީހުންގެ ހައްގުތައް އަނބުރާ ހޯދައިދީގެން މެނުވީ ދެމިއޮންނަ ސުލްހައެއް ނުވަތަ ހަގީގީ ހަމަޖެހުމެއް ގާއިމު ނުކުރެވޭނެ ކަމަށެވެ. “އިންސާފުވެރި ސުލްހައަކާ ނު...