ހައްޖުގެ އަޅުކަމުގައި މިއަހަރު ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިރޭ ނިންމައިފިއެވެ. ހައްޖު އެންޑް އުމްރާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނިންމުން މިގޮތަށް ނިންމީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ހައްޖުގެ އަޅުކަން ސިއްހީ ގޮތުން ވެސް ރައްކާތެރިކަމާއެކީ އަދާކުރެވޭނެ ގޮތަކީ މިއީ ކަމެއް ފެންނާތީ ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ސައުދީ ސައުކާރާއި ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައިވަނީ...
އިބްރާހިމް އަސްވާޤް
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަޢަދު 9 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 8 މިލިއަނަށް އަރާފައިވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އަދި 7 މިލިއަނަށް އަރާފައިވަނީ މިހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ […]
އިބްރާހިމް އަސްވާޤް
ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި އެ ދެގައުމުގެ ސިފައިންގެ މެދުގައި ހޯމަ ދުވަހު ހިނގި ކުރިމަތި ލުމަށްފަހު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް އިތުރަށް ގޯސްވާން ފަށައިފިއެވެ. އިންޑިއާ-ޗައިނާ ވަކިކުރާ އިމުގެ ގަލްވާން ވާދީ ސަރަހައްދުގައި ހޯމަދުވަހު ހިނގި ވަރުގަދަ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، އިތުރު 56 މީހުން ޒަޚަމްވެފައި ވެއެވެ. އިންޑިއާއިން ބުރާސްފަތި ދުވަހުވަނީ، ދެ ޤައުމުގެ ދެމެދު މަސްރަހް އިތުރަށް ގޯސްކުރަން މަސައްކަތް ނުކުރުމަށާއި، އެކަމާއި ގުޅޭގޮތުން ފާޑުފާ...
ހުސައިން ހަބީބް
ރިޔާޟް (20 ޖޫން): ކޯވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ސައޫދީ އަރަބިއްޔާގެ މައްކާގެ މިސްކިތްތައް ތިން މަހަށް ފަހު މާދަމާ (21 ޖޫން، އާދީއްތަ) ހުޅުވާލާނެ ކަމަށް ސައުދީ ސްޓޭޓް ޓީވީއާއި ހަވާލާދީ އޭއެފްޕީ ބުނެފިއެވެ. ސައޫދީ ސަރުކާރުން މިނިންމުން ނިންމި ނަމަވެސް ފަހަކަށްއައިސް އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަނީ އިތުރު ވެފައެވެ. ” ކޯވިޑް-19ގެ ސަބަބުން ބަންދުކުރި މައްކާގެ މިސްކިތްތައް ތިން މަހަށްފަހު އަންނަ އާދީއްތައިން ފެށިގެން ހުޅުވާލަންވަނީ ނިންމާފައި” ސައޫދީގެ […]
ހުސައިން ހަބީބް
ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނެސް، މަޖިލީގެ މެންބަރުންގެ %25 އަކީ އަންހެނުންކަމުގައި ހެދުމަށް މިސްރުގެ ގާނޫނުހަދާ މަޖިލިސް (މަޖްލިސުއްނު އްވާބް) އިން މިދިޔަ ހޯމަދުވަހު ފާސްކޮށްފިއެވެ. ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީގެ ގާނޫނަށާއި ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިޖިޕްޓްސް ސަޕޯޓް ކޯލިޝަނުގެ ރައީސު ޑރ. ޢަބްދުލް ހާދީ އަލްޤަޞްބީ އާއި އިތުރު 60 މެންބަރުން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނުހަދާ މަޖިލީހުގެ ގޮނޑީގެ އަދަދަކީ 568 އެވެ. އޭގެ ތެރެއިން %25 ޚާއްސަކުރެވޭނީ...
ހުސައިން ހަބީބް
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީއައިބީ) އިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނެއް ދީފިއެވެ. މި އެހީއަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ހީނަރުކަމުން އަރައިގަތުމަށާއި، ވަޒީފާތައް ރައްކާތެރިކޮށް އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވެސް ދާއިރާތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދިން އެހީއެއް ކަމަށް އީއައިބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އީއައިބީން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭ ނުހިމެނޭ ގައުމުތަކަށް އެހީވުމަށް 5.2 ބިލި...
ޔުމްނާ ޢަލީ
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 7 މިލިއަނަށް އަރާފައި މިހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިބަލި ޖެހުނު މީހުންގެ ޢަދަދު […]
ޝިއުނާ އާދަމް
ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި އެބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް ނިންމައި، އާންމު ހާލަތުގައި ވަނިކޮށް އިއްޔެ 57 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވްވެ، އަލުން ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެއެވެ. ޗައިނާގެ މެއިން ލޭންޑުން ހޮނިހިރު ދުވަހު އަލަށް 57 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 38 ކޭހަކީ ލޯކަލް ޓްރާންސްމިޝަން ކަމަށްވެސް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މި 38 ކޭހުގެ ތެރެއިން 36 މީހުން […]
އަލީ އާދިލް
ހުސްވި މޭ މަހުގެ 24 ވަނަ ދުވަހު ސްޕެއިންއަށް ދަތުރުކުރި ބެލްޖިއަމްގެ ޕްރިންސް ޔޯޗިމް، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމަށް ފަހު އެ ގައުމުގެ ކަރަންޓީނުގެ އަމުރާ ހިލާފުވި މައްސަލާގައި 10،400 ޔޫރޯއިން (11،800 ޑޮލަރު) ޖުރިމަނާ ކޮށްފި ކަމަށް ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ. ޕްރިންސް ޖުރިމަނާ ކޮށްފައި ވަނީ ސްޕެއިން އަށް އެތެރެވުމަށް ފަހު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވެފައި ނުވާތީއެވެ. އަދި ޕްރިންސް ޔޯޗިމް ވަނީ ކަރަންޓީނުގެ އުސޫލާއި ހިލާފުވި […]
ޝިއުނާ އާދަމް
ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ނިސްބަތްވާ ޤައުމުތަކުގެ ލިސްޓުގެ 4 ވަނަ އަށް އަވަށްޓެރި އިންޑިއާ އަރައިފިއެވެ. އިއްޔެވެސް އަލަށް 11320 މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާގައި އެބަލި ޖެހޭމީހުންނާއިމެދު އަމަލު ކުރަމުންދާ ގޮތާއިމެދު ނުރުހުންވެ އެ ޤައުމުގެ ސްޕްރީމް ކޯޓުން ވަނީ އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކަށާއި، މައި ސަރުކާރަށް އިންޒާރުގެ ނޯޓިސް ފޮނުވާފައެވެ. އެއް ހާދިސާއެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނީ ކުނިލޮރީއެއްގެ ތެރެއިން ކަމަށާއި، ބަލިމީހުންތައް...
ހުސައިން ހަބީބް
ދިމާވެފައިވާ ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މެލޭޝިޔާގެ ރައްޔިތުން ނުފޮނުވާނޭ ކަމަށް އެގައުމުން ބުނެފިއެވެ. އެޤައުމުގެ ޕްރައިމިނިސްޓަރު އޮފީހުގެ މިނިސްޓަރު ޑރ. ޒުލްކިފީ މުޙައްމަދު އަލް- ބަކްރީ އާއި ހަވާލާދީ އެ ޤައުމުގެ ދަ މެލޭޝިޔަން ރިޒާވް.ކޮމް ނޫހުގައި ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ މެލޭޝިޔާގެ ހެލްތު މިނިސްޓްރީއާއި، އެ ޤައުމުގެ ނޭޝަނަލް ކައުންސިލް އޮފް އިސްލާމިކް އެފެއަރޒްއާއި އެނޫންވެސް ކަމާއި ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ޖޫން […]
ހުސައިން ހަބީބް
އަވަށްޓެރި އިންޑިއާގައި ހަލުވި ކަމާއިއެކު ކޯވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ. އެ ޤައުމުން އިއްޔެވެސް އަލަށް 8،442 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި 266 މީހުން އިއްޔެ ވަނީ މަރުވެފައެވެ. މިހާތަނަށް އިންޑިއާގެ 265,928 މީހުންނަށް މި ބަލިޖެހި، 7,473 މީހުން ބަލީގައި ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 129,095 މީހުންނެވެ. އެ ޤައުމަކީ ދުނިޔޭން 6 ވަނަ އަށް އެންމެ ގިނަ މީހުންނަށް މިހާތަނަށް […]
އަލީ އާދިލް
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިބަލި ޖެހުނު މީހުންގެ ޢަދަދު 5 މިލިއަނަށް އަރާފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. 7 ޖޫން 2020، ދިވެހިރާއްޖެ […]
ޔުމްނާ ޢަލީ
މާސްކު އެޅުމާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިން ދެކޭގޮތް ބަދަލުކޮށް، ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފިއެވެ. މާސްކު އެޅުމާމެދު ދެކޭގޮތް ޑަބްލިއުއެޗްއޯ އިން ދެކޭގޮތް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ވަނީ ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފައެވެ. އަދި މިކަން މިގޮތަށް ކުރުމަށް ސަރުކާރުތަކުން ރައްޔިތުންނަށް ބާރު އަޅަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ގޮވާލާފައެވެ. ޑަބްލިއުއެޗްއޯ އިން މާޗްމަހުގެ ފަހުކޮޅު ބުނެފައ...
ޔުމްނާ ޢަލީ
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ. މިބަލި ޖެހުނު މީހުންގެ ޢަދަދު 5 މިލިއަނަށް އަރާފައި ވަނީ މިހިނގާ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. 30 މޭ 2020، ދިވެހިރާއްޖެ ގަޑި، ފަތިހު 5:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓިވްވި މީހުންގެ ޢަދަދު: 6,030,294 މަރުވި މީހުންގެ ޢަދަދު: 366,809 […]
ހުސައިން ހަބީބް