2020: އެންޓާރޓިކާއަށް އެންމެ ހޫނު ގަދަވި އަހަރު
2020 ވަނަ އަހަރަކީ މިހާތަނަށް ވޭތުވެދިޔަ ތިރީސް އަހަރުގެ ހިސާބު ކިތާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ފިނިގަދަ ހިސާބުގަނޑު ކަމަށްވާ، އެންޓާރޓިކާއަށް އެންމެ ހޫނުގަދަވި އަހަރަށް ވެއްޖެއެވެ. މިކަން ސާބިތުވެފައިވަނީ، ޔުނިވާރސިޓީ އޮފް ސެންޑިއޭގޯއިން ޢާންމު ކުރި ތަފާސް ހިސާބުތަކަކުންނެވެ. މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް އެންޓާރޓިކާގެ ފިނި ހޫނުމިން ހިފެހެއްޓިފައިވަނީ، 2 އަދި 3 ޑިގްރީއާއި ދެމެދުގެ މިންވަރަކަށެވެ. އަދި ސައިންސްވެރިން މި ޑޭޓާތައް ނަގާފައިވަނީ، އެންޓާރޓިކާގެ އެން...