ޗައިނާއިގެ ކޯވިޑް ވެކްސިން ޕާކިސްތާނަށް ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން، ޕާކިސްތާނަށް ހަދިޔާކުރި ކޯވިޑް19 ވެކްސިން އެ ގައުމަށް ފޮނުވައިފި އެވެ. ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި، ޗައިނާއިން އެ ގައުމަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމަންޓް ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީ ”ރޮއިޓާސް”ގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ޕާކިސްތާނަށް ހަދިޔާކޮށްފައި ވަނީ އެ ގަމުމުގެ ސަރުކާރުގެ ސިނޮފާރމްއިން ތަރައްގީކޮށް އުފެއްދި ކޯވިޑް ވެކްސިންގެ 500،000 ޑޯޒެވެ. މި ޝިޕްމަންޓް ލިބުމާއި ގުޅިގެން ޕާ...