ނާސާގެ އުޅަނދު މާސްއަށް، ދުވަހަކުވެސް ނުފެންނަ މަންޒަރުތަކެއް
ދުނިޔޭގެ އެންމެ ބޮޑު ސައިންސް އޯގަނައިޒޭޝަން، “ނާސާ”ގެ ޕްރިޒާވަރެންސް ރޯވާ މާސްއަށް ދިއުމާއެކު އެ ޕްލެނެޓުގެ ތަފާތު ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފިއެވެ. ނާސާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންމެ ފުރަތަމަ ދުނިޔެއާ ހިއްސާކޮށްފައިވަނީ ޕްރިޒާވަރަންސް ރޯވާ މާސްގެ ބިމަށް ތިރިކުރާ ފޮޓޯއެކެވެ. މާސްގެ ބިމާ 6.5 ފޫޓު މަތިން ނަފާއިވާ މި ފޮޓޯއަކީ ރޯވާގެ “ސެލްފީ”އެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ފޮޓޯ ނަގާފައިވަނީ ރޯވާ މާސްގެ ބިމަށް ތިރިކޮށްދިން ޖެޓްޕެކްގައި ހަރުކޮށްފައި […]