އެމެރިކާއިން ވެކްސިންގެ 5 މިލިއަން ޑޯޒު އޭޝިއާ ތިން ގައުމަކަށް ފޮނުވައިފި
އެމެރިކާއިން އޭޝިއާގެ ތިން ގައުމަކަށް ފަސް މިލިއަން ކޯވިޑް-19 ގެ ވެކްސިން ފޮނުވައިފިއެވެ. މިއީ އެކި ޤައުމުތަކަށް އެމެރިކާއިން ހަދިޔާކުރަން ނިންމާފައިވާ ކޮވިޑް ވެކްސިންގެ 80 މިލިޔަން ޑޯޒުގެ ތެރެއިން ދޭ އެހީއެކެވެ. އެގޮތުން އޭޝިއާއިން މިއެހީ ދިންގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، ނޭޕާލް އަދި ބޫޓާނެވެ. އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ މޮޑަނާ ވެކްސިންގެ ތިން މިލިޔަން ޑޯޒެވެ. ވައިޓް ހައުސް ބުނާގޮތުން އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ އެ ގައުމަށްދިނުމަށް އެމެރިކާ ނިންމާފައިވާ ހަތަރު މ...