ޗައިނާއަށް ކުރަމުން އަންނަ ވިއްސާރަ އާއި އެކު ރެޑް އެލާރޓް ނެރެފި
ޗައިނާގެ އެކި ސިޓީތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރެޑް އެލާރޓް ނެރެފި އެވެ. ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް 21 މީހުން ވަނީ މަރުވެފައިވާއިރު އެޤައުމުގެ މެދު ތެރޭގެ ސިޓީތަކުގެ ތެރެއިން ހުބެއި ސިޓީ ފެންބޮޑުވެ 6000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ޗައިނާގެ ޤައުމީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. މަރުވެފައިވަނީ ދެކުނު ޕްރޮވިންސްގެ ސުއިޒޮއުގެ ލިއުލިން ޓައުންއަށް ނިސްބަތްވާ ބަޔަކުކަމަށްވެސް ޚަބަރުތައް ބުނެއެވެ. ވާރޭ ވެހި ފެންބޮޑުވެފައިވާ ސަރަޚައްދުތަކަށް ކަރަންޓާއި ދ...