ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި
ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ހަނގުރާމަތައް ކުރަމުން އަންނަ އިރު، ހަމާސްއިން ގެންދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަނެއްކޮޅުން އިޒްރޭލްގެ ހަމަލާތައްވެސް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯސްވަމުންނެވެ. އދ.ގެ ތަރުޖަމާނަކު ސިފަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައ...