ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށ...
އަޙްމަދު ދާއޫދު
ޔުކްރެއިންގެ އެފް-16 ޖެޓެއް ރަޝިއާއިން ވައްޓާލައި، ޕައިލެޓް މަރާލައިފިއެވެ. މި ޖެޓް ވައްޓާލިކަމާއި އަދި އޭގެ ޕައިލެޓް މަރުވެފައިވާކަން ޔުކްރެއިންގެ ސިފައިން ބުރާސްފަތި ދުވަހު އިއުލާން ކުރިކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ. މިއީ އެމެރިކާއިން އެހީގެ ގޮތުގައި ލިބުނު އެފް-16 ޖެޓްތައް މިމަހު ޔުކްރެއިނަށް ލިބުމަށްފަހު މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ. ޔުކްރެއިންގެ ޖެނެރަލް ސްޓާފުން ފޭސްބުކުގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރަޝިއާގެ އަމާޒަކާ ދިމާއަށް ދަތުރުކުރަމުންދިޔަ ޖ...
އަޙްމަދު ދާއޫދު
އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ. އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނ...
އަޙްމަދު ދާއޫދު
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެޓިން ޕްރޮސީޖަރުތައް ރަނގަޅަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ އެހީގެ ގޮތުގައި މަދުވެގެން 239 މިލިއަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިފައިވާކަން ހާމަވެއްޖެއެވެ. ސަރުކާރުގެ ވޮޗްޑޮގް، ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (ސިގާރ) އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މަދުވެގެން 29 ގްރާންޓެއް އޮޅުމަކުން ތާލިބާނުންނަށް ލިބިފައިވާ ކަމުގައެވެ. މި ފައިސާ ތާލިބާނު...
މުޞްޠަފާ މުޙައްމަދު
ފްރާންސްގައި ހައްޔަރުކޮށްފައިހުރި ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަން ފަނޑިޔާރުން ނިންމައިފިއެވެ. ފްރާންސްގެ ފަނޑިޔާރަކު ޓެލެގްރާމްގެ ވެރިޔާ ޕަވެލް ޑުރޯވްގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފަށައިފައިވާއިރު، މި ތަޙުޤީޤަކީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ގުޅޭ ތަޙުޤީޤެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ބުދަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވި ނިންމެވުމުގައި، ކަފާލާތުގެ ދަށުން 5 މިލިއަން ޔޫރޯ ދެއްކުމުން ޑްރޯވް ދޫކޮށްލުމ...
އަޙްމަދު ދާއޫދު
ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފިއެވެ. ޔުނައިޓެޑް ކިންގްޑަމްގައި ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުން ކުރުން އިތުރުވަމުންދާތީ، ކުޑަކުދިން މި ނުރައްކާތެރި އާދައިން ސަލާމަތްކުރުމަށް ވަކި ވައްތަރެއްގެ ވޭޕްތައް މަނާކުރުމަށް އިނގިރޭސި ވިލާތުގެ ހުރިހާ ޑޮކްޓަރުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ބުނެފައިވަނީ މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ޒުވާނުންގެ ދިރިއުޅުމުގައި ވޭޕްތަކަށް ޖާ...
އަޙްމަދު ދާއޫދު
ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ ހަމަލާތައް ޣައްޒާއިން ބޭރަށް ގޮސްގެން ނުވާނެ ކަމަށާއި، ޣައްޒާގައި ވެސް ފެނިގެންދިޔަ ބޮޑު ގަތުލުއާންމު އެހެންތަނެއްގައި ތަކުރާރުވެގެން ނުވާނެ ކަމަށް ބުނެފައެވެ. މި އިންޒާރު ދީފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދަނިކޮށެވ...
އަޙްމަދު ދާއޫދު
ކޯވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވައިޓް ހައުސްއިން ބައެއް މަޢުލޫމާތު ސެންސަރ ކުރުމަށް އެ ކުންފުނީގައި އެދުނު ކަމަށް މެޓާ ޕްލެޓްފޯމްސްގެ ސީއީއޯ މާރކް ޒަކަބާރގް ވިދާޅުވެއްޖެއެވެ. މި ވާހަކަ ޒަކަބާރގް ވިދާޅުވެފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައި ޒަކަބާރގް ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވަނީ 2021 ވަނަ އަހަރު ބައިޑެން އިދާރާގެ އިސް އޮފިޝަލުން، އޭގެ ތެރޭގައި ވައިޓް ހައުސް ވެސް ހިމެނޭ ގޮތަށް، މަސްތަކެއް ވަންދެން ކޯވިޑް-19 އާ ގުޅޭ […]
އަޙްމަދު ދާއޫދު
ޣައްޒާގެ ދެކުނު އަލް-ބަލަހާއި ޚާން ޔޫނިސްއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުވެގެން 41 މީހުން މަރުވެ، އެތައް ބަޔަކަށް ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ އަންގާރަ ދުވަހުގެ ފަތިހު ސެންޓްރަލް ޣައްޒާގައެވެ. ސެންޓްރަލް ޣައްޒާއަށް އިޒްރޭލުން ވަދެގަތުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގަމުންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ވެސް ބުރޫއަރަމުންދާ ކަމަށް އދ. އިން ހޯމަ ދުވަހު ބުނެފައިވެއެވެ. ދެއިރު އަލް-ބަލަހް އިން މީހުން ފޭބުމަށް އެންގުމާ ގުޅިގެން ބައެއ...
އަޙްމަދު ދާއޫދު
އިންޑިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކޮލްކަތާ ސިޓީގައި ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން ބަޑިޖަހައިފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ކަރުނަ ގޭހާއި ފެން ޖަހައި، އަދި ލަޓިބުރިން ތަޅައި ސިފައިން ވަނީ މުޒާހަރާ ރޫޅާލާން މަސައްކަތް ކޮށްފައި ކަމަށެވެ. މި މުޒާހަރާތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ފޯސްތަކުން ޖަހާފައިވާ ބެރިކޭޑްތައް ތަޅާލައި ކުރިއަށް ގޮސްފައެވެ. އަދ...
އަޙްމަދު ދާއޫދު
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ މޮބައިލް ބްރައުޒަރެއް ކަމަށްވާ އާކް ސާރޗް އިން އެންޑްރޮއިޑް އެޕެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހޮނިހިރު ދުވަހު ކަށަވަރުކޮށްފިއެވެ. މި ބްރައުޒަރު ތަޢާރަފުކުރެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އޭގެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފީޗަރތަކުގެ ސަބަބުން މަޤްބޫލުކަން ލިބިފައިވެއެވެ. މީގެ ތެރޭގައި “ބްރައުޒް ފޯ މީ” ފަދަ ފީޗަރތައް ހިމެނެއެވެ. މި ފީޗާގައި އޭއައި އިން ގިނަ ވެބްސައިޓްތަކެއް ކިޔައި، ގުޅުންހުރި މަޢު...
އަޙްމަދު ދާއޫދު
ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ ގުޅިގެން ތާރީޚީ އެއްބަސްވުމެއް އެކުލަވާލަމުންދާ ކަމަށް ރިޔާދުގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ދެ ޤައުމުގެ ސްޓްރެޓެޖިކް ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ އެއްބަސްވުންތަކާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމާއި ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫސް “އަޝްރަޤުލް އަވްސަޠު...
އަޙްމަދު ދާއޫދު
ދާޚިލާ ވަރުގަދަ ހަނގުރާމައިގެ ތެރޭގައިވާ ސުދާންރައްޔިތުން ބޮޑު ހާސްކަމެއްގައި ތިއްބައި މިއަހަރު ކުރިމަތިވި ފެންބޮޑުވުމާއި ގަދަ ވާރޭގެ ސަބަބުން މަދުވެގެން 132 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. ވޭތުވެދިޔަ މަހުން ފެށިގެން ސުޑާނުގައި ވަނީ ގަދަ ވާރޭވެހި، އެކި ދުވަސްމަތިން ފެންބޮޑުވެފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރާއި އިރުމަތީ ސަރަހައްދުތަކަށެވެ. “ޖުމްލަ 10 ސަރަޙައްދަކަށް އަސަރު ކޮށްފައިވޭ. އަސަރުކުރި އާއިލާތަކުގެ އަދަދު 31,666 އަށް...
އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭ ޑައިރް އަލް ބާލާގައި ހިދުމަތްދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި އެވެ. މީގެއިތުރުން ހޮސްޕިޓަލް ކައިރީގައިވާ ވަގުތީ ހިޔާތަކާއި ވަށައިގެންވާ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް ވަނީ އަމުރު ނެރެފައެވެ. “މެޕްގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ބްލޮކް 128 ގައި ހުންނަ ޑެއިރް އަލްބާލާ އަވަށްގައި ތިބި ހުރިހާ ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުންތިބި ތަންތަން ހިމެނޭނެ. މިސަރަހައްދުގައި އައިޑ...
މުޞްޠަފާ މުޙައްމަދު
ޖައްވުގައި ތާށިވި އެމެރިކާގެ ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފިއެވެ. ނާސާއިން ވަނީ 80 ދުވަސް ވަންދެން ސްޕޭސްގައި ހާލުގައި ޖެހިފައިވާ ސުނީޓާ “ސޫނީ” ވިލިއަމްސް އަދި ބެރީ “ބުޗް” ވިލްމޯރް އަނބުރާ ގެނައުމަށް ނިންމައިފައެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނާސާއިން މަޝްވަރާކުރުމަށް މި މައްސަލައާއި ގުޅޭގޮތުން އޯގަސްޓް 24 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވެއެވެ. ލިބެންހުރި އުޅަނދުތަކުގެ ރައްކާތެރިކަން ވަޒަންކުރުމަށްފަހު، ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން ކެޕްސިއުލް ބޭނުން...
އަޙްމަދު ދާއޫދު