ޖަރުމަނުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ
ޖަރުމަނުވިލާތުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދޭން އިޢުލާނުކޮށްފިއެވެ. ޖަރުމަނުުމަނުވިލާތުގެ ޗާންސެލަރ އޮލަފް ޝޯލްޒް ޔުކްރެއިނަށް މިއެހީދެއވާނެކަމަށް ވިދާޅުވެފައިވާއިރު، މި އެހީ ދޭނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި އިޢުލާނު ކުރީ ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ބަރލިންއަށް ކުރި ދަތުރުފުޅެއްގައި ޝޯލްޒްއާ ބައްދަލުކުރެއްވުމަށްފަހުއެވެ. މި އެހީ ދޭނީ ބެލްޖިއަމް، ޑެންމާކް އަދި ނޯވޭއާ ގުޅިގެންނެވެ. މި އެހީގެ ތެރޭގައި އެއަރ ޑިފެންސް، ޓޭންކް، ކޮމްބެޓް ޑްރޯން އަދި އާޓިލަ...