ޖެނީންގައި އިސްރާއީލުން ހިންގާ އުދުވާންތަކާ ހެދި ހަނގުރާމަ އަލުން ފެށިދާނެ: އދ
ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު އޮތްކަމަށްބުނެ އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ޑެސްކުގެ ތަމީން އަލް-ކީތާން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އަލުން ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅުގައި ތަމީން އަލް-ކީތާން ވިދާޅުވީ އިސްރާއީލުން ޖެނީންގައި ހިންގަމުންދާ ހަމަލާތަކަ...