އުސްބިންތަކުން އިސްރާއީލު ފައިބައިފިނަމަ އދ. އަށް އެއްބާރުލުން ދޭނަން: ސީރިއާ
ގޮލާން އުސްބިންތަކުން އިސްރާއީލުގެ އަސްކަރިއްޔާ އަނބުރާ ގެންގޮސްފިނަމަ، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއެކު ފުރިހަމައަށް އެއްބާރުލުން ދިނުމަށް ސީރިއާގެ އައު ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ބުދަ ދުވަހު ބުނެފިއެވެ. ސީރިއާގެ ޚާރިޖީ ވަޒީރު އަސަދް އަލް-ޝައިބާނީ އަދި ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ، އދ. ގެ އިސް ވަފުދަކާއެކު ދިމިޝްޤުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ މިކަމާ ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އދ. ގެ ފަރާތުން ބައިވެރިވީ އަންޑަރ...