މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 61 ވަނަ ޞަފްޙާ

ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސިފައިންގެ ޚިދުމަތް!

ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސިފައިންގެ ޚިދުމަތް!

ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދަކީ ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 50 އަހަރާއި 24 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. 1959 ވަނަ އަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސަރވިސް ނަންބަރަކީ 62 އެވެ. ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދާއެކު އަޅުގަނޑަށް ސިފައިންގޭގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ މިހާރުގެ އިލެކް...

ޢަބްދުﷲ ސަޢީދު
މީރުކޮށް ބަޓަރ ޗިކަން ތައްޔާރުކުރާނެ ލުއި ގޮތެއް!

މީރުކޮށް ބަޓަރ ޗިކަން ތައްޔާރުކުރާނެ ލުއި ގޮތެއް!

މިއީ، ގޭގައި ފަސޭހަކަމާއެކު ކުޑަ ހަރަދަކުން ބަޓަރ ޗިކަން އަވަހަށް ތަޔާރު ކޮށްލެވިދާނެ ގޮތެކެވެ. ފަރާޓަރ ނުވަތަ ރޮއްޓާއި އެކީ ރޯދަވީއްލާ ގަޑި އާއި ހާރު ގަޑިއަށްވެސް އިންސާފުކޮށްލުމަށް ކަމުދާނެ އެވެ. ބޭނުންވާ ތަކެތި 500 ގުރާމް ބޯންލެސް ކުކުޅު 1 ސައި ސަމްސާ މުގުރި އަސޭމިރުސް 1 ސައި ސަމްސާ ޖިންޖަރ ގާލިކް ޕޭސްޓް 1/2 ސައި ސަމްސާ މުގުރި ދިރި 1/2 ލުންބޮލުގެ ހުތް 1 ތަށި ޕްލެއިން ޔޯގަޓް ރަހަލާވަރަށް ލޮނު މި ހުރިހާ އެއްޗެހި […]

ޝިއުނާ އާދަމް
ވާހަކަ: ކާޅަށް ވެރިކަން ލިބުނުގޮތް

ވާހަކަ: ކާޅަށް ވެރިކަން ލިބުނުގޮތް

އެއް ސަހަރެއްގައި އެތަކާއި ރާމާމަކުނަކާއި ކާޅެއް އުޅުނެވެ. އެ ސޮރުމެންގެ ގެއަކީ ވަލުތެރޭގައި ހުރި ދުވަސްވީ ބޮޑު ބަނބުކެޔޮ ގަހެކެވެ. ކާޅު އުޅެނީ ގަހުގައެވެ. އެތާއި ރާމާމަކުނު އުޅެނީ ގަސްދޮށުގައެވެ. ދޭތެރެއަކުން ފޫހިފިލުވާލަން މަކުނު ގަހަށްއަރައި އުޅެއެވެ. މި ތިން އެކުވެރިންގެ ތެރެއިން ވެރިއަކު ހޮވަން ނިންމި ހިސާބުން އެކަކު އަނެއްކަކާ ދެބަސްވެ އަބަދުވެސް އުޅެނީ ކޮންމެ ވެސް އަރާރުމެއްގައެވެ. މައިގަނޑު ޒުވާބަކީ އެކަކަށްވުރެ އަނެކަކުގެ މޮޅު ވާހަކައާއި މަޤާމަށް އެކަށޭނަ ވާހަކައެވެ. އެތައް ދުވަހަކު ޒުވ...

ޢަބްދުﷲ ސަޢީދު
ރަމަޟާން މަހުގެ ދުވަހެއް "އަޅުކަމުގެ ބަހާރު މޫސުމެއް" ފަދައިން ހޭދަކުރާނީ ހިކިނެއް؟

ރަމަޟާން މަހުގެ ދުވަހެއް "އަޅުކަމުގެ ބަހާރު މޫސުމެއް" ފަދައިން ހޭދަކުރާނީ ހިކިނެއް؟

ރަމަޟާން މަހުގެ ދުވަސް ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ފަށާށެވެ. އަދި ފަތިސްނަމާދަށް ބަންގި ގޮވުމާ ގާތް ކޮށްފައި ހާރު ކާށެވެ. ހާރުކެއުން ފަސްކުރުން ސުންނަތްވެގެންވެއެވެ. ހާރު ކެއުމަށްފަހު، ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިއުމަށް ނުކުންނާށެވެ. މިސްކިތަށް ގޮސް، މިސްކިތު ސުންނަތް ދެރަކުޢަތް ކުރުމަށްފަހު ޤުރްއާން ކިޔަވަން ނުވަތަ ޒިކުރު ކުރަން އިންނާށެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އެބަންގިއަށް އިޖާބަދީފައި ފަތިސް ނަމާދުގެ ސުންނަށް ދެރަކުޢަތް ކުރުމަށްފަހު ގަމަތް...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ރޯދަ ވީއްލުން ފޮނިކޮށްލަން ކެރެޓް ހަލުވާ!

ރޯދަ ވީއްލުން ފޮނިކޮށްލަން ކެރެޓް ހަލުވާ!

ބޭނުންވާ ތަކެތި 1 ކިލޯ ކެރެޓް 500 ގުރާމް ހަކުރު 100 ގުރާމް ކެޝުލް ނަޓް (ކޮށާފަ) 100 ގުރާމް ހިކި މޭބިސްކަދު 1 ތަށި ކިރު ބަޓަރު ކޮޅެއް ކުޑަ ތެޔޮ ފޮދެއް ބައި ސަމްސަލެއްގެ ވެނީލާ އެސެންސް   ތައްޔާރު ކުރާނެ ގޮތް ރީއްޗަށް ކެރެޓް ދޮވެލާފަ ހިމުންކޮށް ގާނާލާށެވެ. ރީއްޗަށް ހާކާލެވޭވަރު ތެއްޔެއް ހޫނު ކޮށްލުމަށް ފަހު ބަޓަރ އަޅާފަ ކުޑަ ތެޔޮ ފޮދެއް އަޅާ ބަޓަރ ކޮޅު ވިރުވާލާށެވެ. ގޭނި ކެރެޓް އަޅާފަ މަޑު ގިނީގައި މަތި ޖަހާފަ ބަހައްޓާށެވެ. މިހެން […]

ޝިއުނާ އާދަމް
ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ އާޖުފާޖު

ބަދަލުވަމުންދާ ދުނިޔޭގެ ސަލާމަތީ އާޖުފާޖު

ސަލާމަތީ މަޝްރަޙުގައި ދުނިޔޭގެ ޤައުމުތަކުން ގެންގުޅޭ އާޖުފާޖު ނުވަތަ ހޭޑިފޭޑި އަންނަނީ ބަދަލުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ނުވަތަ ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭ ބައެއްގެ ކިބައިން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އިއްޔެ ގެންގުޅު ވައްޓަފާޅި މިއަދު ވަނީބަދަލުވެފައެވެ. ދުނިޔޭގައި ކޮންމެ ޤައުމަކުން އަނެއް ހުރިހާ ޤައުމަކީ ދުޝްމަނުން ކަމަށް ދެކުނު ޒަމާނެއް ދިޔައެވެ. އެއީ އަބަދުވެސް ޤައުމުތަކުގެ ސިފައިން ނުވަތަ ސަލާމަތީ ބާރުތަކުން ތައްޔާ...

ޢަބްދުﷲ ސަޢީދު
ރަމަޟާން މަހު ބަނގުރޫޓުވާ މީހާ!

ރަމަޟާން މަހު ބަނގުރޫޓުވާ މީހާ!

ރަމަޟާން މަހުގައި ފާފަތައް ކުރުން ހުއްޓާނުލައި ފާފަކުރުން މަތީ ދެމި ހުންނަ މީހާއަކީ މިމަހުގައި ބަނގުރޫޓުވެފައިވާ މީހެކެވެ. އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްވެސް ޙަދީޘް ކުރައްވާފައި ވެއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه))[16] މާނަ: “ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުންނާއި ޖާހިލުކަމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސަމާސާ އަދަބު: އިދުރީސްބެގެ ތަރުޖަމާނުކަން

ސަމާސާ އަދަބު: އިދުރީސްބެގެ ތަރުޖަމާނުކަން

އިދުރީސްބެއާއި ކަނބުރުބޭގެ ޔޫސުމްބެއާ ދެ މީހުން އުޅުނީ ކަށިމަސްތުނޑިން ބޮއްކުރައެއްގައި ގާ ގެނެސްގެން އެ ގާތައް އެއްގަމަށް އަރުވާށެވެ. އޭރު އަދި މަނަދޫގެ ފަޅެއްނުކޮނެއެވެ. ބަނދަރެއް ނުހަދައެވެ. އެއީ ހަކިންބެމެން ގެއާ ދިމާ އަތިރިމައްޗެވެ. އެންމެ ހަޅަ ދިޔަކަމުން އަނދެގެން ތިބި މުންޑާއެކު ދެ މީހުން ވެސް ތިބީ ތެމިފޯވެފައެވެ. އެހެން ތިއްބާ އެ ދިމާއަށް އަންނަތަން ފެނުނީ މަނަދޫ ކޯޓާ ހަވާލުވެގެން ހުރި ގާޒީ، ލަންދޫ ސަމަދުބެއެވެ. ނިކަން ހަރުކޮށް ހިނގާފައި އައިސް އިދުރީސްބެއަށް ގޮވާލާފައި […]

ޢަބްދުﷲ ސަޢީދު
ކަޅުކުރުބެ ވާހަކަ (ފުރަތަމަބައި)

ކަޅުކުރުބެ ވާހަކަ (ފުރަތަމަބައި)

ގޭގައި ލައިގެންކާނެ އެއްވެސް އެއްޗެއް ނެތް ދުވަހެކެވެ. ލޮނުކަމެއް ލިބޭތޯ (މަހެއް ބެވޭތޯ) ދިއުމަށް ކަޅުކުރުބޭގެ އަންހެނުން ދޮންމަރިޔަނބު ކަޅުކުރުބެ ކައިރީގައި ބުންޏެވެ. ކަޅުކުރުބެ ބުންޏެވެ. ނަނެއް އޮތަކަސް އެމެއް ނެތިއްޔާ މަހެއް ބާނަން ދެވޭނީ ކިހިނެއްހެއްޔެވެ. މި ރަށަށް މަހެއް ނުބާނާތާ ކޮން ދުވަހެއް ހެއްޔެވެ. ކޮންމެ އަކަސް ދޮންމަރިޔަނބު ކުރުނުކޮށްގެން ކަޅުކުރުބެ ނަނުބޮނޑި ހިފައިގެން ނިކުތެވެ. އެމަށް އަޅާނެ ބަރަވެލި ފޫޅެއް ވެސް ނުލިބިގެން ގޮތް ހުސްވެފައި އިންދާ މޫނުމަތިން ބުރާލި ކުނަމެއްސެއް ކުއްލ...

ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީ ލިޔުމާއި ވީދާލުން

ޤާނޫނު އަސާސީ ލިޔުމާއި ވީދާލުން

ޤާނޫނު އަސާސީއެއް ލިޔެ ދުސްތޫރީ ޙުކޫމަތެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅިގެން ދިޔައީ ދިވެހީން އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު އިނގިރޭސީންގެ ބާރުއެޅުމުގެ މަތީންނެވެ. ދުސްތޫރީ ނިޒާމަކަށް ދިވެހީންގެ ވިސްނުމާއި ފިކުރު ޢިލްމީގޮތުން ފުޅާވެ ކުރިއަރައި އެއީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވިގެންނެއް ނޫނެވެ. ނަމަވެސް ދައުލަތުގެ އިސް ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތުތަކެއް ކުރިއެރުވިދާނެކަމުގެ އުންމީދެއް އޮވެގެންނެވެ. ދުވަސްވަރަކީ އިނގިރޭސީންގެ އަޅުވެތިކަމާއި ހިމާޔަތުގެ ދަށުގައި އޮ...

ޢަބްދުﷲ ސަޢީދު
ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތް!

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތް!

އެންމެ ފުރަތަމަ ކަމަކަށް ހިތަށް ގެންނަން ވީ ކަމަކީ ﷲއީ އެންމެ ޙިކުމަތްވަންތަ އިލާހު ކަމެވެ. “އަލްޙަކީމް” އެއީ އެއިލާހުގެ މަތިވެރިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ޙަކީމް މި ޢަރަބި ކަލިމަ ނެގިފައައިވަނީ ޙުކުމް، މި ކަލިމަވެސް ނެގޭ އަސްލުންނެވެ. އެއީ ح، ك، م މި ތިން އަކުރުންނެވެ. ﷲއީ ޙުކުމް ކުރައްވާ އަދި އެއިލާހު ކުރައްވާ ޙުކުމްތަކުގައި ޙަކީމްވަންތަ އިލާހެވެ. އެހެންކަމުން އެއިލާހު ކުރައްވާ ކޮންމެ ޙުކުމެއްގައިމެ މަތިވެރިވެގެންވާ ޙިކުމަތެއް ވާނެކަން ޔަޤީނެވެ. އޭގެތެރެއިން […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ތިލަދުންމަތީ ހުނަރުވެރިން: ޅެންވެރިކަމުގެ ގުލްޒާރުން ކުޅުދުއްފުށީ މުނައްވަރު

ތިލަދުންމަތީ ހުނަރުވެރިން: ޅެންވެރިކަމުގެ ގުލްޒާރުން ކުޅުދުއްފުށީ މުނައްވަރު

ދިވެހި ބަހުން ވާހަކަ ދައްކަން ފަރިތަވެފައި، ލިޔަން ކިތަންމެ ކުޅަދާނަ ނަމަވެސް ކާފިޔާއާއި ބަޑުވަތް އަކުރު ހަމަކޮށް ވަޒަނަށް ފައްތައި ޅެމެއް އަތުރާލުމަކީ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބައެއް މީހުން އުނގެނިގެން ޅެން ހަދައި އުޅުނު ނަމަވެސް، އަނެއްބައި މީހުންނަކީ އެއްވެސް ތަމްރީނެއް ލިބިފައި ނެތަސް ބުނަން ބޭނުން ކޮންމެ އެއްޗެއް ހިނދުންހިނދަށް ސިކުނޑީގައި ޅެންބައިތެއްގެ ސިފައަށް އަތުރާލައި ދުލުން އެ ބޭރު ކޮށްލުމިގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ރާއްޖޭގައި ކުޅަދާނަ ޅެންވެރިން ތިބިއިރު، […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ރާއްޖޭގައި މިހާރު ވައިގައި ހިފާފައިވާ މި ކުޅިވަރު، ޕްރޮފެޝަނެއްގެ ގޮތުގައި ޚިޔާރުކޮށް އެއިން ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ. މިގޮތުން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއަށް އުފަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ ވެސް ފުޓްސަލް ދަނޑުތަކުން ފެންނަ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ޝާއްޕެގެ އަޑު މި ފަހުން ގަދަވެގ...

އިބްރާހިމް ޚަލީލް
ނިދަން އުނދަގޫ ވާނަމަ ބޯންވީ ދޮންކެޔޮ ސައި!

ނިދަން އުނދަގޫ ވާނަމަ ބޯންވީ ދޮންކެޔޮ ސައި!

ނިންޖަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ނުހަނު މުހިންމު އެއްޗެއްކެވެ. ދުވާލު އަވަދު ނެތި އުޅުމަށްފަހު ރޭގަނޑުގެ ހަމަ ނިދި ހޯދުމުގެ މުހިންމުކަން ބޮޑެވެ. ނިދީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ގަދަޔަށް ނިދުން ނުވަތަ “ޑީޕް ސްލީޕް” އަދި ދެބަދޭތެރޭގައި އޮވެ ނިދުން ނުވަތަ “ޑްރީމް ސްލީޕް” އެވެ. ހަމަ ނިދި ލިބުން ނުވަތަ ރަނގަޅަށް ނިދި ލިބުން ބިނާވެފައި ވަނީ ނިދާ ވަގުތަކަށް ނޫނެވެ. މިކަން ބިނާވެފައި ވަނީ ގަދަޔަށް ނިދުން ނުވަތަ […]

އަލީ އާދިލް
ބޮންސާއީ: ކުޑަ "ބޮޑު" ގަހެއް!

ބޮންސާއީ: ކުޑަ "ބޮޑު" ގަހެއް!

ބޮންސާއީ ނުވަތަ ބޮންޒާއީ އަކީ ޖަޕާނުބަހުގެ ‘ބޮން’ (ޕޮޓު) އަދި ސާއި/ޒާއި (ޓްރީ) މި ދެ ބަސް އެކުވެގެން ޕޮޓެޑް ޓްރީ (ޕޮޓެއްގައި ހުރި ބޮޑުގަހެއް) މި މާނަ ދޭހަކޮށްދޭ ގަހުގެ ވައްތަރެކެވެ. ނުވަތަ ގަސް އިންދައި ހެއްދުމުގެ ފަންނެކެވެ. ބޮންސާއީ އިން ދައްކުވައިދެނީ ފުރާފުރިހަމަވެފައި ހުރި ބިޔަ ބޮޑު ގަހެއްގެ ކުޑަ ނަކަލެކެވެ. ރާއްޖޭގައިވެސް ގަހުގެ މިތަފާތު ފަންނުގެ ވެރިން މަދުމަދުން އުޅެއެވެ. ބޮންސާއީގެ އެތައް ވައްތަރެއް ހުރެއެވެ. އަދި އޭގެ ކޮންމެ ވައްތަރެއްގައި ދެތިން […]

ހުބާ ޕްލާންޓްސް