މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 49 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ޙައްޤުގައި (3)

ސިލްސިލާ ވާހަކަ: ޙައްޤުގައި (3)

ކުރީގެ ޢަދަދާއިގުޅޭ “އާނ.. ދައްތަ! ތިހެން ދޯ މުނާ މަށަށް ކިޔަނީ؟” އޭނާގެ ރާގު ހުރިގޮތުން ވަރަށް ރުޅި އައިސް ހުރިކަން މުނާގެ އިތުރުން ޝާމިންއަށް ވެސް އެނގުނެވެ. ” މުނާ ދޭ ގެއަށް. ” މުނާގެދައްތަ، އާރިފާގެ ރާގު ބަދަލެއް ނުވިއެވެ. ރުޅިވެރިކަން ހީވަނީ އިތުރުވީ ހެންނެވެ. އެހެންކަމުން ޝާމިން އާއި ދިމާލަށް ބަލާލަންވެސް މުނާއަކަށް ނުކެރުނެވެ. އާރިފާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ބާރު ބާރަށް މުނާ ހިނގައިގަތެވެ. މަންޒަރު ބަލަން އިން ޝާމިން ހައިރާންވީ، […]

ސަލާމާ ޢަބްދުލް ޢަލީމް
މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!

މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!

މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ. ​ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސް...

ޝެއިޚް ޝަފީއު އަބްދުﷲ
ސިލްސިލާ ވާހަކަ: ޙައްޤުގައި (2)

ސިލްސިލާ ވާހަކަ: ޙައްޤުގައި (2)

ކުރީގެ ޢަދަދާއިގުޅޭ މާނަ ފުން އެ ޖުމުލައިން ޝާމިންގެ ހިތް އަވަސް ވެގެން ދިޔައެވެ. މުނާ އެ ތައްޔާރުވަނީ އޭނާގެ ޙަޔާތުގެ ޞަފްޙާތައް ޝާމިންގެ ކުރިމައްޗަށް ބަންޑުންކޮށްލާށެވެ. މިހާރުވެސް ޝާމިން އެހުރީ ބިރުންނެވެ. އޭނާގެ ލޯބިވާ ޕަރީ އޭނާއަށް ގެއްލިދާނެތީއެވެ. ހަނދުވަރީ މި ރީތި ރޭގެ އެންމެ ބައްދަލުވުމަކުން މުޅި އުމުރަށް އޭނާގެ އަތުން ބީވެދާނެތީއެވެ. ގޮތެއް ނިންމަން އުނދަގޫ ފަދަ ވާހަކަތަކެއް އެ ޞަފްޙާ ތަކުގައި ލިޔެވިފައި އޮވެދާނެތީއެވެ. ގޮތްނޭނގޭ މި ރީތި އަންހެންކުއްޖާގެ ޖާދުވީ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޙައްޤުގައި (1)

ސިލްސިލާ ވާހަކަ: ޙައްޤުގައި (1)

ލަސް ފިޔަވަޅުތަކެއްގައި ގޮސް ވަދެވުނީ ތޮއްޖެހިފައިވާ ހަލަބޮލި މާޙައުލަކަށެވެ. އެހެނަސް ތަނުގެ ރީތިކަމާއި ތަނަށް ވެރިވެފައިވާ ކުލަކުލައިގެ ބޮކިތަކުގެ ރަން އަލިން, ހިތަށް ފިނިކަން ގެނުވައެވެ. އެއްބަޔަކު އެކި ހިސާބުތަކުގައި މަޑުކޮށްލައިގެން ތިބި އިރު, އަނެއްބަޔަކު ކޮޅުކޮޅަށް ހޭލަމޭލަވެ އުޅެއެވެ. މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ އެ ސަރަޙައްދުވަނީ ރީތި މިޔުޒިކަކުން ގުގުމާލާފައެވެ. ކުރިއަށް ހިނގަމުންދާ ވަރަކަށް ފެންނަނީ ހިނިތުންވުމުން އުޖާލާވެފައިވާ މޫނުތަކެވެ. އިވެމުންދަނީ ހިމަ, ތޫލި އަޑުއަޑުން ވާހަ...

ސަލާމާ ޢަބްދުލް ޢަލީމް
ފުރަތަމަ ފެނުމަކީ ފުރަތަމަ ތަސައްވަރެވެ.

ފުރަތަމަ ފެނުމަކީ ފުރަތަމަ ތަސައްވަރެވެ.

ދެބެން ކައިވެނިކޮށްގެން ދިރިއުޅުން ކުރިޔަށް ދަނީއެވެ. މިދެބެންގެ ދިރިއުޅުން ވަކި ހިސާބަކަށް ދިޔަތަނުން އެކަކުގެ ހަޔާތުގައި މައްސަލަ ޖެހެންފަށައިފިއެވެ. އަނބިމީހާ ފިރިމީހާގެ ބަސްނާހައި ފިރިމީހާއަށް ހިތުހުރި ގޮތެއް ހަދަން ފަށައިފިއެވެ. މިކަމުގެ ސަބަބުން މީނާއަށް ވަރަށް ބޮލަށް އުނދަގޫވާން ފަށައިފިއެވެ. އަދި އެންމެ ކަންތައް ބޮޑުވީ ބޭބެ އެހާ އުފަލުގައި އުޅޭ އިރު މީނާގެ ދިރިއުޅުން މިހާ ހިތާމަވެރިކޮށް ދާތީއެވެ. ދެން ކޮންމެއަކަށްވެސް ބޭބެއާއި މިކަން މަސްވަރާކުރަން ނިންމައިފިއެވެ. ނަމަވެސް ވާހަކަދައްކާނެ...

މުޙައްމަދު ޝިހާބް
 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!

 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!

އެއީ މީގެ 48 އަހަރު ކުރިއެވެ. 1974 ވަނައަހަރެވެ. ހދ. ވައިކަރަދޫއަށް އުފަން، ނޫރާނީގެ، ޢަބްދުالله ސައީދު ހުސައިން ވީނުވީއެއް ނޭނގި، ގެއްލުނުއިރު އުމުރަކީ 20 އަހަރެވެ. ޢަބްދުالله ސައީދު ބައްޕަ އަކީ ވައިކަރަދޫ ނައިބު ދޮން ހުސައިން އެވެ. މަންމަ އަކީ އެރަށު ފާތުމަތު އަހްމަދެވެ. މިއީ ކުޑަބެ ގެއްލުނު ވާހަކަ އަޅުގަނޑަށް އިވިފައިވާގޮތަށް ބިނާކޮށް ލިއެފައިވާ ލިއުމެކެވެ. އަޅުގަނޑާއި އެއްބަފާ ކުޑަބެ އަށް، އެ ދުވަހުގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ ރޭގަނޑު 7 ޖެހި އިރު […]

އިޙްސާން ޙުސައިން
ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!

ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!

ތިބާއަކީ އެއްވެސް މިންވަރެއްގެ ނިންމުމެއް ނިންމުމުގައި މީހުން ކިޔާފާނެ އެއްޗަކަށް، ވިސްނަފާނެ އެއްޗަކަށް ނުވަތަ މީހުންނަށް ހީވެދާނެ ގޮތަކާއިމެދު ފިކުރުބޮޑުވެ ނިންމުމެއް ނިންމަން އުންދަގޫވާ ފަރާތެއްތޯއެވެ؟ މީހުންގެ ފާޑުކިޔުންތަކަށް ވިސްނައި އޭގެ ސަބަބުން ތިބާގެ ޤާބިލިއްޔަތުކަމާއި ކަންކަމަށް ހުންނަ ކެރުމަށް އެއްވެސް ވަރެއްގެ އަސަރެއް ކުރުވާތޯއެވެެ؟ އެހެން ކަމަށް ވާނަމަ މިކަމުން ފަސޭހައެއް ލިބިގަންނާނީ ކިހިނަކުންތޯއެވެ؟ އާދެ އެހެން މީހުންގެ ފާޑުކިޔުންތަކަށް އަހަންމިއްޔަތުކަން ދިނުމަކީ މުޅިއަކުން ގޯ...

އަންޖުމް އިސްމާޢީލް މުޙައްމަދް
އުޙުދު ހަނގުރާމައިގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ

އުޙުދު ހަނގުރާމައިގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ

އުޙުދު ހަނގުރާމައިގެ ވާހަކަތައް ކިޔަމުންދާއިރު، ނަބިއްޔާ صلى الله عليه وسلم ހުންނެވުމާ އެކު ވެސް މުސްލިމުންނަށް އެ ހަނގުރާމައިން ބޮޑެތި ގެއްލުންތައް ކުރިމަތިވި ކުރިމަތިވުމާ މެދު ހައިރާންވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޚުދު ނަބިއްޔާ صلى الله عليه وسلم އަށް ތަފާތު އެކިއެކި އަނިޔާތަކާއި ޒަޚަމްތައް ލިބިވަޑައިގަތުމުންނެވެ. އެހެނީ، އެއީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އެ އިލާހުގެ ނަބިއްޔާއެވެ. އެފަދަ ގެއްލުންތަކެއް މުސްލިމުންނަށް ލިބި، ކާފަރުންނަށް އުފާވެރިކަމެއް ކަމަށް އެ ހަނގުރާމަވެގެން […]

ޝެއިޚް ޝަފީއު އަބްދުﷲ
މާތް ﷲގެ ދީނަށް ދަޢުވަތު ދިނުން

މާތް ﷲގެ ދީނަށް ދަޢުވަތު ދިނުން

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނަށް ދަޢުވަތު ދިނުމަކީ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ވަޒީފާއެވެ. އެންމެ މަތިވެރި، އެންމެ މާތް ވަޒީފާއެވެ. މާތް ﷲ ގެ ދީނަށް ދަޢުވަތު ދިނުމޭ ބުނުމުން، ބައެއް މީހުންގެ ހިތަށް އަރަނީ، އެއީ ހަމައެކަނި ޢިލްމުވެރީންގެ ޒިންމާއެއް ކަމުގައެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތެދެކެވެ. ޢިލްމުވެރީންނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާރުތަވެރީންނެވެ. އެ ބޭކަލުން ވާރުތައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދުލެއް ނުކުރައްވައެވެ. ދޫކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިއްޖެ މީހަ...

ޝެއިޚް ޝަފީއު އަބްދުﷲ
ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟

ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟

ކޮންމެ ބަދިގެއެއްގެވެސް ކޮންމެހެންވެސް އޮތުން ލާޒިމް އެއްޗެއްގެ ގޮތުގައި ވެގެންމިދަނީ ސިންކް މަތީގައި ބާއްވާލާފައި އޮންނަ ސޮޕޮންޖްގަނޑެވެ. އެހެނަސް މި ސްޕޮންޖްކޮޅު އެންމެ ފަހުން ބަދަލުކޮށްލެވުނީ ކިހާދުވަހު ބޭނުންކޮށްފައިބާއެވެ؟ 01 ހަފްތާބާއެވެ؟ ނުވަތަ 02 ހަފްތާބާއެވެ؟ ނުވަތަ މަސްދުވަސް ވެދާނެބާއެވެ؟ އާދެ، މި ސްޕޮންޖްގަނޑު ތުނިވެ ބާވެ ވަސްދުވަން ފަށާތާ އެތަށް ދުވަހެއްވާއިރުވެސް މި ސްޕޮންޖްކޮޅު އެއްލާނުލާ، އޭގެ ޒަމާން މުޅިންހެން ދަންދެން ބޭނުންކުރުމުގެ ނިޔަތުގައި އުޅޭމީހުން މަދެއްނޫނެވެ. ހަފްތާއިނ...

އަންޖުމް އިސްމާޢީލް މުޙައްމަދް
ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟

ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟

ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށްފައި ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ. އަދި ކިއެއްތަ އެެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. ” لو يعلم المار بين يدي المصلي ماذا عليه لكان أن يقف أربعين خيرا له من أن يمر بين يديه ” . قال أبو النضر – وهو أحد الرواة […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަންގެ ދަރިކަލުންނެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި އިރު ހުންނެވީ ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވީ 1988 ނޮވެންބަރު...

ޢަބްދުﷲ ސަޢީދު
ހާޖަރުގެފާނުގެ ވާހަކައިން ޢިބްރަތް ހާސިލުކުރުން

ހާޖަރުގެފާނުގެ ވާހަކައިން ޢިބްރަތް ހާސިލުކުރުން

އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިފުޅު އިސްމާޢީލުގެފާނާއިގެން       މާތް ﷲ ގެ އަމުރުފުޅަށްބައިތުލްމަޤްދިސުން މައްކާއަށް ވަޑައިގަތެވެ. އެއިރު އިސްމާޢީލުގެފާނަކީ ހަމައެކަނި ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅެކެވެ. މައްކާގެ ބިމަށް ވަޑައިގެން އެކަލޭގެފާނު އެ ދެ މައިން އެ ތަނުގައި ބައިތިއްބެވިއެވެ. އަދި އަރިހުގައި ކަދުރު ކޮތަޅަކާއި ފެން ހަމެއް ބެހެއްޓެވިއެވެ. އެއަށް ފަހު، އެ ދެ މައިން ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަންނަވަން ފެއްޓުމުން، ހާޖަރުގެފާނު އ...

ޝެއިޚް ޝަފީއު އަބްދުﷲ
ރެކޯޑެއް ހަދަން 264 ގަޑިއިރު ނުނިދާ ހުރި މީހަކަށް ވީގޮތް

ރެކޯޑެއް ހަދަން 264 ގަޑިއިރު ނުނިދާ ހުރި މީހަކަށް ވީގޮތް

ކޮންމެ ކަމަކުންވެސް ދުނިޔޭގެ ރެކޯޑެއް ހެދޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، އާންމުންނާއި ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި އެކި އުމުރުގެ މީހުންނަކީ ރެކޯޑު ހެދުމާއި އެހެން މީހުންގެ އަތުގައި އޮންނަ ރެކޯޑު މުގުރާލުމުގައި ކޮންމެ ފަދަ ހަރުފަތަކަށްވެސް އަރާފާނެ ބައެކެވެ. މިފަހަރު މިއީ އެފަދަ ދެ އެކުވެރިއަކު ކަނޑައެޅި އަޒުމަކުން ނުކުތް ނަތީޖާއެއްގެ ވާހަކަ އެވެ. 1963 ވަނަ އަހަރު އެމެރިކާގެ އުމުރުން 17 އަހަރުގެ […]

މުޙައްމަދު ވަސީމް
ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ މީހުންނެއް ނޫނެވެ.

ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ މީހުންނެއް ނޫނެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުމެވެ. އެހެންމީހުންގެ ރުހުމާއި ގަބޫލު ލިބިގެން އުފަލުގައި އުޅޭ މީހަކަށްވާން ބޭނުމެވެ. އެއީ އިންސާނީ ތަބީއަތެވެ. އެކަމަކު އެއީ އަގުދީގެން ލިބޭ ދިރިއުޅުމެކެވެ. ބައެއްފަހަރު އެގޮތުން ދޭންޖެހޭ އަގަކީ، ތިމާއަށް ތަހައްމަލު ނުކުރެވޭވަރުގެ އަގެކެވެ. އެއަގު ދައްކަަން ޖެހިލުންވާވަރުގެ އަގެކެވެ. ކުރިމަގު އެކަކަށްވެސް ނޭގޭތީއެވެ. އެއީ އިންސާނީ ތަޖުރިބާއިން ދަސްކޮށްދޭ ބޮޑުފިލާވަޅެވެ. ކާމިޔާބު މީހުންނަކީ ނިންމުންތައް ނިންމާ މީހުންނެވެ. ނިންމުންތައް ދަންމާ...

މުޙައްމަދު ޝިހާބް