މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 48 ވަނަ ޞަފްޙާ

ގަސް ބިމަށް ބަދަލުކުރާއިރު މިހެން ކަންތައްކުރޭ!

ގަސް ބިމަށް ބަދަލުކުރާއިރު މިހެން ކަންތައްކުރޭ!

ބައެއް ފަހަރު ޕޮޓު ފަދަ އެއްޗެއްގައި ގަހެއް އިންދުމަށްފަހު ފަހުން އެ ގަސް ބިންމަތީގައި އިންދަން ބޭނުންވެއެވެ. މިގޮތަށް ގަސް ބަދަލުކުރާއިރު ގަސް މަރުވެދާނެ ކަމުގެ ބިރު އޮވެއެވެ. ނަމަވެސް ފަރުވާތެރިކަމާއެކު ކަންކަން ކޮށްފިނަމަ ގަސް ކުޑަކޮށް މޯޅިވެލި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަސް ރީތިކޮށް ހެދެން ފަށައެވެ. ޕޮޓުގައި ހުންނަ ގަސް ބިމަށް ބަދަލުކުރާނަމަ: 1. ވިއްސާރަ ނުވަތަ ފިނި ދުވަސްވަރެއްގައި ކުރާށެވެ. 2. އިންދާ ތަން ކަނޑައެޅުމަށްފަހު ހަތަރެސްކަން ނުވަތަ ވަށް ވަޅުގަނޑެއް […]

ހުބާ ޕްލާންޓްސް
ސިލްސިލާ ވާހަކަ: ޙައްޤުގައި (10)

ސިލްސިލާ ވާހަކަ: ޙައްޤުގައި (10)

ކުރީގެ ޢަދަދާއިގުޅޭ، ” މުނާއަށްވުރެ ބޮޑަށް ޝާމިންދެކެ ލޯބިވާ އެހެން މީހަކު ދިމާވިއްޔާ ؟ ” އިސްޖަހައިގެން އިނދެ ޝެރީންކޮށްލި ސުވާލުން ޝާމިން ކޮށިއެރިއެވެ. މޭގައި އަތްޖައްސާލައިގެން އިނދެ އޭނާ މަޑުމަޑުން ކެއްސަމުން ދިޔަވަގުތު ޝެރީން ދިއްކޮއްލީ އޭނާގެ ފެންތައްޓެވެ. ޝާމިން ޝެރީންގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.  އެތަށީގައި ހިފުމުގެ ބަދަލުގައި، ކައިރީގައި ހުރި ތަށިން ޝާމިން ފެންކޯވަރެއް ދަމާލިއެވެ.  ޝެރީން އޭނާގެ އަތުގައި ހުރި ތަށި މޭޒުމަތީގައި ބަހައްޓަމުން އެއްމިޔަކަނުން ހީލިއެވެ. ” ހާދަ […...

ސަލާމާ ޢަބްދުލް ޢަލީމް
ކްރިސްމަސް އަށް ދިރާސީ ނަޒަރެއް

ކްރިސްމަސް އަށް ދިރާސީ ނަޒަރެއް

ދުނިޔޭގެ އުތުރު ފަޅީގައިވާ ބައެއް ޤައުމުތަކަށް ފިނިމޫސުން ފަށައިގެން ޑިސެމްބަރު މަހުގެ ފަހުކޮޅަށް ދާއިރު ރޭގަނޑުގެ މުއްދަތު ދަނީ ދިގުވަމުންނެވެ. އަދި ދުވާލުގެ މުއްދަތު ދަނީ ކުރުވަމުންނެވެ. މިހެންގޮސް “ވިންޓަރ ސޯލްސްޓިސް” އާ ކުރިމަތިލައެވެ. ވިންޓަރ ސޯލްސްޓިސް އަކީ ފިނިމޫސުމުގެ އެންމެ ފިނިކަން ގަދަ އަދި، ދުވާލުގެ މުއްދަތު އެންމެ ކުރު ދުވަހެވެ. ފިންލެންޑް، ސްވިޑެން، ނޯވޭ، އަލަސްކާ އަދި ރަޝިޔާގެ ބައެއް ހިސާބު ތަކަށް މި ދުވަސްތަކުގެ ދުވާލުގެ މުއްދަތު ކުރުވެގެން ދިޔަދިޔައިނުން ގޮސް މުޅި […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ބޯވްރިއަ - ސޫފި ކޮންޓްރޯލުކުރަން ހަމަ ސަތޭކަ

ބޯވްރިއަ - ސޫފި ކޮންޓްރޯލުކުރަން ހަމަ ސަތޭކަ

ރާއްޖޭގައި ދަނޑުވެރިކަމާއި ބަގީޗާ ގަސް ހައްދާއިރުވެސް އެންމެ ބޮޑު އެއް މައްސަލައަކީ މާގިނައިން ބަލި ޖެހުމާއި ގަހަށް ތަފާތު މައްސަލަތައް ކުރިމަތިވުމެވެ. ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި އެބަލިތައް ޖައްސާ ކުދި އަދި ބޮޑެތި ސޫފިތައް ނައްތައިލުމަށް ހިތި ފަތާއި އޮށް، ފިޔާ، ލޮނުމެދު އަދި ފަޅޯފަތް ފަދަ ގުދުރަތީ ތަކެތިން ބޭސް ހަދައިގެން ބޭނުންކޮށް އުޅެއެވެ. ހަމަ އެފަދައިން ބަލި ޖައްސާ ދިރުންތަކަށް ހަމަލާދީ ނައްތައިލުމަށް އެފަދަ އެހެން ދިރުމެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިފަހަރު މިބަލައިލަނީ […]

ހުބާ ޕްލާންޓްސް
ދިގު ވާހަކަ: ދުލި (1)

ދިގު ވާހަކަ: ދުލި (1)

ކުޑަ ބިއްލޫރި ފުޅިއެއްގައި އެވާ ކޮކާފަނި މަޑުމަޑުން އެ ބަދަލުވަނީ އެހެން ސިފައަކަށެވެ. އަވަދިނެތި ކެއުމުގައި އުޅުނު ދުވަސްތަކުން، ވަގުތީ ނިދިމަޑުކަމަކަށެވެ. ސިފަބަދަލު ކުރުމަކީ ހަމައެކަނި ޖިންނީންނަށް ލިބިފައިވާ ހުނަރެއް ނޫންކަން އެ ކުޑަކުޑަ ފަނި ބުނެދޭ ކަހަލައެވެ. މި އަޖައިބު ކުރުވަނި މަންޒަރު ބަލަން އިން ތޭރަ އަހަރުގެ ނައުރަން ސިއްސައިގެން ދިޔައީ، އޭނާގެ ކޮއްކޮ އައިސް ގޮވާލި އަޑަށެވެ. “ހިނގާބަލަ އަވަހަށްދާން، ބޮޑުބެމެން ވެސް އަތުވެއްޖޭ.”  ދަތުރު ދާން ކެތްމަދުވެފައި ހުރި، ދިހަ އަހަރުގެ […]

ރޫހީ މިތުރު
ސިލްސިލާ ވާހަކަ: ޙައްޤުގައި (9)

ސިލްސިލާ ވާހަކަ: ޙައްޤުގައި (9)

ކުރީގެ ޢަދަދާއިގުޅޭ، ” މިހުރީ ކާކު؟ މީ ކޮންފިރެހެނެއް؟ ” ހިތްހަމަނުޖެހޭ ރާގަކަށް ހައިދަރް ފައިހާއާއި ސުވާލުކޮށްލީ ރީހާންއަށް ބަލަހައްޓައިގެން ހުރެއެވެ. ދޭނެ ޖަވާބެއް ފައިހާއަކަށް ނޭނގުނެވެ. އޭނާއަށް ބަލާލެވުނީ ރީހާންއާއި ދިމާލަށެވެ. ރީހާންއަށް އިޝާރާތްކޮށް އޭނާ އެބުނީ އެއީ ކާކުހޭކަން ރީހާންއަށްއަށް ފަހުމްވިއެވެ. ”  ބޯއީފްރެންޑް ” ޖެހިލުމެއްނެތި ރީހާން އެހެން ބުނުމާއެކު ހައިދަރުއަށް ސިހުންލިބުނުކަން އޭނާގެ މޫނުމަތިން ހެކިދެއެވެ. ” ބޯއީފްރެންޑް ؟ ” ނޫނެކޭ ބުނުމުގެ ގޮތުން ފައިހާ ބޯހޫރަމުންދިޔައީ ބި...

ސަލާމާ ޢަބްދުލް ޢަލީމް
سُبُحَانَ اللهِ މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ.

سُبُحَانَ اللهِ މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ.

” سُبُحَانَ الله” މި ޛިކުރަކީ މަތިވެރި ޛިކުރެކެވެ. މި ޛިކުރު ކިޔާ މީހަކަށް އެތައް ސަވާބަކާއި ދަރުމައެއް ލިބޭނޭ ކަމަށް ވާރިދުވެފައިވެއެވެ. މިއީ، އެތަކެއް ޙަޤީޤަތްތަކެއް އެކުލެވޭ، މާނަ ފުން ޛިކުރެކެވެ. އަވަސް ނަޒަރެއްގައި، ދިވެހި ބަހުން މި ކަލިމައިގެ މާނައަށް ބަލަންޏާ، މި ކަލިމައިގެ މާނައަކީ، “މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ!” “سبحان الله” މި ޛިކުރުކުރުމުގެ ބޭނުމަކީ، އަޅާގެ އަމިއްލަ ނަފްސުން އެ އިލާހު ހުސްޠާހިރުވަންތަ ކުރުމެވެ. އެހެނީ، އިންސާނީ ހިތަކީ އެނބުރޭ […]

ޝެއިޚް ޝަފީއު އަބްދުﷲ
ސިލްސިލާ ވާހަކަ: ޙައްޤުގައި (8)

ސިލްސިލާ ވާހަކަ: ޙައްޤުގައި (8)

ކުރީގެ ޢަދަދާއި ގުޅޭ، ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަހަރު ދުވަސް އޭނާއަށް މާ ގިނައެވެ. މުނާ އެއިނީ ބަލިވެއެވެ. މާދަމާ އޭނާ ބަލައިދާނެ ކަމަށްބުނެ ޝާމިން ވީ ވަޢުދު ހަނދާން ވުމުން އޭނާ ދެރަވެއްޖެއެވެ. މިއަދު އޮފީހަށް އެ އައީވެސް އެއްދުވަހުގެ ޗުއްޓީއެއް ހޯދުމަށް ވާހަކަ ދައްކަން ހިތުލައިގެންނެވެ. ޝާމިންގެ މޫނުމަތީގެ ނުތަނަވަސްކަން ފެނި، ޝެރިން ބުނެލިއެވެ “ބައެއްފަހަރު ވަޒީފާއަކީ ދިރިއުޅުމުގެ އެއްބައި… ކުރިއެރުމާ ކާމިޔާބީ ހޯދޭނީ ވަރަށް ކެރިގެން..” މޭޒުކައިރީ ހުރި އެނބުރޭ […]

ސަލާމާ ޢަބްދުލް ޢަލީމް
އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ ބިޔަ ބޮޑު މުބާރާތެކެވެ.

އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ ބިޔަ ބޮޑު މުބާރާތެކެވެ.

ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމަކީ މުބާރާތެކެވެ. ވަރަށް ވެސް ބޮޑު އަދި އެތައް ބަޔަކު އޭގައި ޝާމިލުވެފައިވާ ޓޯނަމަންޓެކެވެ. މުބާރާތެއްގައި ބައިވެރިވެފައިވާ ކޮންމެ މީހެއްގެ ވެސް އެންމެ މުހިންމު ކަަމަކަށްވާނީ އެ މުބާރާތަކުން މަތީ ވަނައެއް ހޯދުމެވެ. އަޅުގަނޑުމެންގެ މި ތަޢުލީމީ ނިޒާމުގެ ބިޔަ ބޮޑު މުބާރާތުގެ އެކި އެކި ކެޑެގަރީތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަމާޒުވެސް ހުރީ މިފަދައިން މުބާރާތުން އެންމެ މަތީ ވަނައެއް ހޯދުމަށެވެ. ދިވެހިރާއްޖޭގެ މަދަރުސާ ތަކުގެ އެންމެ އިސް ވެރިން ކަމަށްވާ އިއްޒ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ގޯތިތެރޭގައި ހިކަނދިފަތް ގަހެއް އިންދައި ހެއްދުން

ގޯތިތެރޭގައި ހިކަނދިފަތް ގަހެއް އިންދައި ހެއްދުން

ރާއްޖޭގެ ކޮންމެ ގޭބިސީއެއްގައި ވެސް ދުވަހުގެ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ހިކަނދިފަތް ބޭނުންކޮަށްއުޅެއެވެ. ހިކަނދިފަތް އާއްމުކޮށް ބޭނުންކޮށްއުޅެނީ އެއްޗެހި ކައްކާއިރު ރަހަ މީރުކޮށްލުމަށެވެ. ހެދިކާ ހަދާއިރު މަސްހުނިގަނޑުގައި ރަހަ ހެޔޮވަރުކޮަށްލުމަށް ވެސް ހިކަނދިފަތް ބޭނުންކޮށް އުޅެއެވެ. ބައެއް މީހުން ކާއިރު، ހިއްކައި މުގުރާފައި ހުންނަ ހިކަނދިފަތް ކާއެއްޗެއްސަށް އަޅައިގެން ކެއުމަށް ވެސް ބޭނުންކޮށް އުޅެއެވެ. ރަށްރަށުގައި ގިނަ މީހުން ހިކަނދިފަތް ބޭނުންކުރަނީ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސ...

ހުބާ ޕްލާންޓްސް
ސިލްސިލާ ވާހަކަ: ޙައްޤުގައި (7)

ސިލްސިލާ ވާހަކަ: ޙައްޤުގައި (7)

ކުރީގެ ޢަދަދާއި ގުޅޭ، ރޯން ބޭނުންނުވި ނަމަވެސް މުނާއަށް ހަމަ ރޮވެނީއެވެ.އެއާއިއެކު އޭނާގެ ބޮލަށް ފާޑެއްގެ އެނބުރުމެއްވެސް އަރަންފަށައިފިއެވެ. ތެދުވަން ބޭނުންވި ނަމަވެސް ބޮލަށް އެނބުރުން އަރާވަރުން ތެދުވާކަށް ނުކެރުނެވެ.މަޑުމަޑުން އެނދުގައި މުނާ އޮށޯތެވެ. އޭރު އާދަތާ ޚިލާފް އުނދަގޫތަކެއް އޭނާގެ މުޅި ހަށިގަނޑަށް ކުރަމުންދެއެވެ. ދަތުރުމަތީގައިވެސް ޝާމިން، މުނާއަށް އެތައް މެސެޖްތަކެއްކުރިއެވެ. އެހެނަސް އެއްވެސް މެސެޖަކަށް ރިޕްލައިއެއް ނާދެއެވެ. ނުތަނަވެސް ވެފައިވާ ހިތަކައިގެން އޭނާ ދެތިން ފަހަރު ގުޅ...

ސަލާމާ ޢަބްދުލް ޢަލީމް
ސާކަސްޕޯރާ ލީފް ސްޕޮޓް - މިރުސްގަހުގައި ޖަހާ ލައް

ސާކަސްޕޯރާ ލީފް ސްޕޮޓް - މިރުސްގަހުގައި ޖަހާ ލައް

ސާކަސްޕޮރާ ލީފް ސްޕޮޓަކީ ފަންގަސްއެއްގެ ސަބަބުން ފަތުގައާއި ގޮފިތަކުގައި އަދި ގަހުގައި އަޅާ ތަކެތީގަައި ލައްޖަހާ ބައްޔެކެވެ. މި ފަންގަސްގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިރުސް ގަހަށް މިބަލި ޖެހިފައި ހުއްޓާ ރާއްޖެއިން ވަރަށް ގިނައިން ފެނެއެވެ. މިއީ ވަށްކޮށް ހުންނަ މުށި ކުލައިގެ ލައްތަކެކެވެ. ލައްޖެހުމުގެ ކުރިން ފަތުގެ މައި ނާރު މަތިން އުފުލިލާފައި ހުރެއެވެ. އަދި ހަމައެގޮތަށް ލައް ޖަހަން އުޅޭ ދިމާވެސް އުފުލިފައި ހުރެއެވެ. ލަކުގެ ވަށައިގެން ރީނދޫ ކުލައިގެ ބުރެއް ހުރެއެވެ. […]

ހުބާ ޕްލާންޓްސް
ސިލްސިލާ ވާހަކަ: ޙައްޤުގައި (6)

ސިލްސިލާ ވާހަކަ: ޙައްޤުގައި (6)

ކުރީގެ ޢަދަދާއިގުޅޭ، ” މެސީގެ ފޭނެއްތަ؟” އެއްޗެއް ނުބުނެ އޮއްވާ އަނެއްކާވެސް ފައިހާގެ މެސެޖެއް ލިބުނެވެ. މެސެޖް ބަލާފައި ރިޕްލައި ނުކުރުމުން ވާހަކަ ދައްކަން ބޭނުން ނުވަނީއޭ ފައިހާއަށް ހީވެދާނެތީ ރީހާން ބޭނުންވީ ރިޕްލައި ކުރާށެވެ. ” ހެހެހެ” ލިޔާނެ އެއްޗެއް ނޭނގިގެން  އޭނާ ހިނިގަނޑެއް ޖަހާލިކަން ހާމަކޮށްލިއެވެ. ” އަހަރެންގެ ފޮޓޯކޮޅު ފޮނުވާލަދޭންވީނު” ފައިހާގެ މެސެޖް އައިލެއް އަވަސްކަމުން އޭނާ އެހުރީ ހަމައެކަނި ރީހާން އާއި ވާހަކަ ދައްކަން ހުސްވެގެންކަން އޭނާއަށް އެނގުނެވެ. ” ފޮނުވާލަދޭނަން […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

ސިލްސިލާ ވާހަކަ: ޙައްޤުގައި (5)

ކުރީގެ ޢަދަދާއިގުޅޭ، އަވަސް ކޮށްގެން ޝާމިން ފާޚާނާއިން ނިކުތް އިރުވެސް މުނާ އޮތީ ގަދަޔަށް ނިދާފައެވެ. ޑްރެސިންގޓޭބަލް ކައިރި ހުރެގެން ޝާމިން ތައްޔާރުވަމުން ދިޔައީ ނުތަނަވަސް ވެފައިވާ ހިތަކައިގެން ލޯގަނޑުން މުނާ އާއި ދިމާލަށް ބަލަމުންނެވެ. ކޮންމެގޮތެއްވިޔަސް މިއީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ބުރުވާލުމަށްފަހު އޭނާ އެނބުރިލީ ދޮރާއި ދިމާއަށެވެ. މުނާގެ އަރާމު ނިދިގަނޑު ހަރާބުކުރާކަށް ޝާމިން ބޭނުމެއް ނުވިއެވެ. ސައިބޯން އެއްޗެއް ބޭރުން ގެންނާނީއޭ ހިތާ އޭނާ، […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޙައްޤުގައި (4)

ސިލްސިލާ ވާހަކަ: ޙައްޤުގައި (4)

ކުރީގެ ޢަދަދާއިގުޅޭ، “ހަމަ ކޮންމެ ފިރެހެނަކަށްވެސް އިތުބާރު ކޮށްފާނަން ދޯ! ތާކުން ފެންނަ ކޮންމެ މީހަކަށްވެސް… ދުވަހަކުވެސް ނުދަންނަ ފިރެހެނެއްގެ އެންމެ އިޝާރާތަކުން ތިހުރީ އޭނާގެ ގޭގަ.. އޭނާގެ ކޮޓަރީގަ.. ބައްދަލުވެފަ އަދި 24 ގަޑިއިރުވެސް ނުވެ! ” ބިރުގަނެފައި ހުރި މުނާ ދެކަންފަތުގައި އަތް އަޅާ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ހުޝިޔާރުވެ ހުރި ޝާމިން އެއްލި އަތުން މުނާގެ އަތުގައި ހިފުމާއެކު މުނާ ކަސްތޮޅުއެޅުނެވެ. “ނޫން.. ޝާމިން ޕްލީޒް.. އަހަރެން ދޫކޮށްލާ!” ޝާމިންގެ އަތުން ވީއްލެން […]

ސަލާމާ ޢަބްދުލް ޢަލީމް