ސިލްސިލާ ވާހަކަ: ޝިކާޔަތު (30)
ކުރީގެ އަދަދާއިގުޅޭ، ” ތިއީ އަދި މަގޭ އަނތްބެއް! ބަލިވީމަ ބޭސް ދިނުމަކީވެސް މިވަގުތު މަގޭ ޒިންމާއެއް.!” ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޝަހާނާ އަންނަތަން ފެނުނެވެ. އެހެންކަމުން ހާރޫން އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. ޔަޝްމީއާ ދިމާލަށް ބަލައިވެސްނުލައި ޝަހާނާވެސް ހާރޫންގެ ފަހަތުން ހިނގައިގަތީ ބޮޑު ކާމިޔާބެއް ލިބިގެން ދާ ފަދަ ގޮތަކަށެވެ. *** ހާރޫން ސައިކަލްމަތީގައި އިށީނުމަށްފަހު ޕޭމަންޓްމަތީގައި ހުރި ޝަހާނާއަށް ބަލައިލިއެވެ. އޭރު ޝަހާނާގެ ނަޒަރު ހުރީ ސީދާ ހާރޫންގެ މޫނަށެވެ. ހާރޫން ސައިކަލ...