ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އާބަންކޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، 521 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯ ގައި ބޭއްވި […]
އަޙްމަދު ވަހީދު
މަޝްހޫރު ފްރާންޗައިޒް، ކޭއެފްސީގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާލައިފިއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލެ ފުރަތަމަ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ. އާބަން ކޯއިން އަންނަނީ ހުޅުމާލެއަށް ތަފާތު ބައިނަލްއަގުވާމީ ފްރާންޗައިޒްތައއ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕިއއޒާ ހަޓްގެ އައުޓްލެޓެއްވެސް މިހާރު ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. ކޭއެފްސީގެ އައުޓްލެޓުތައް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ހުރެއެވެ. ހުޅުމާލެ ތަރައްގީކޮށް، ތަފާ...
އަޙްމަދު ވަހީދު
ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 32 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ […...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ...
އަޙްމަދު ވަހީދު
އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ބާއްވައިފިއެވެ. އެ ކުންފުނިން ކޮންމެ އަހަރަކު “ކޮމިއުނިޓީ” ރޯދަ ވީއްލުން ބާއްވަނީ ބަދަހި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ. މިއަހަރުގެ ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުންނަށް ދައުވަތު ދީފައިވެއެވެ. ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި ރޮބޯމޭންގެ ހަރަ...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިން ޝީޓް ހަރުކުރުމާއި ޕްލާސްޓަރިންގެ މަސައްކަތެވެ. ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައ...
އަޙްމަދު ވަހީދު
މިއަހަރުގެ މިހައިތަނަށް އެންމެގިނަ ފަތުރުވެރިން އައީ ރަޝިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޭފްރީލް މަހާއި ހަމައަށް 55،5537 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 21.6 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީން ހާމަކުރާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 457005 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުން ދައްކ...
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް “މޫލީ” އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިލޭ ތަރުކާރީ އާއި މޭވޭ ޑެލިވަރީކުރުމުގެ ހިދުމަތް ފަށައިފިއެވެ. އުރީދޫއިން ބުނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ގެ ނަމުގައި އިތުރު ކެޓަގަރީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މޫލީގެ އެ ކެޓަގަރީއަކީ މި ރޯދަ މަހު ގޭގައި ތިބެގެން ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ، ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ […]
އަޙްމަދު ވަހީދު
ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރު މިއަދު ކައްދޫއަށް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު މިއަދު ޚިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކައްދޫ އެއަރޕޯޓަށް ކަމަށާއި މި ދަތުރުގައި 26 ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެފަހުން އެހެން މަންޒ...
މުޙައްމަދު އަފްރާޙް
މިއަހަރު ނިމޭއިރު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު އާރުޓީއެލް އިން ގުޅާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަން އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ގއ. ގދ. ފުވައުލައް ސިޓީ އަދި އައްޑޫ ސިޓީ އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު އާރުޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީ ނިންމުމަށް ފަހު […]
އަޙްމަދު ވަހީދު
ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާފައިވާތީ މައުލޫމާތު ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މައުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެމުންގެންދާ ހިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. “އިންފޮމޭޝަން އަޕްޑޭޓް ފޯމް” ހުށަހެޅުމާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ...
އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 15 ބިމެއް ވިއްކަން އާބަންކޯއިން ބިޑަށް ހުޅުވާލައިފިއެވެ. އާބަންކޯއިން ބުނެފައިވާ ގޮތުގައި އަލަށް ހުޅުވާލި މި ފުރުސަތުގައި ވިއްކަން ހަމަޖެހިފައިވަނީ ފިޔަވަހި ދޭއްގެ ބީޗު ސައިޑުން 1،600 އާއި 2،300 އަކަފޫޓޫގެ 10 ބިމާއި ބީޗު ޕްރޮންޓުން 1،200 އާއި 1،800 އަކަފޫޓުގެ ފަސް ބިމެވެ. ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށް އާބަންކޯއިން ބުންޏެވެ. […]
އަޙްމަދު ވަހީދު
މިފްކޯގެ “ޖަޒީރާ 103” އަތުވެއްޖެއެވެ. މިފްކޯ އިން ބުނީ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިއީ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް ކަމަށެވެ. މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާ އަށް ވިދާޅުވީ އެ ކުންފުންޏަށް މިހާރުދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމަށް ގެންނަ 4 […]
މުޙައްމަދު އަފްރާޙް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ތެޔޮ ވިއްކަން ވެފައިވާ އެއްބަސްވުން އައު ކޮށްފިއެވެ. މި އެއްބަސް އައު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދުއެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އެމްއޭސީއެލް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ. މި އެއްބަސްވުމުގެ […]
މުޙައްމަދު އަފްރާޙް
ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަ ކުރުމަށް އެމްޑަބްލިޔުއެސްސީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައު ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިނ...
އަޙްމަދު ވަހީދު