ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ، މައްސަލައެއް އުޅޭނަމަ އަންގާ!
ޖޫން މަހުގެ ކަރަންޓު ބިލާއެކު ކުނީގެ ބިލު އަންނާނެ ކަމަށާއި ބިލުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެންގުމަށް ސްޓެލްކޯ އިން އެދިއްޖެއެވެ. އެ ކުންފުނިން މިކަމަށް އެދުނީ ކުނީގެ ބިލު، ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމެނުމަށް ނިންމައި، އެކަމުގެ ފަހުމުނާމައިގާ ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ މި ދެ ބިލު އެއްކޮށްލާތީ، ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި...