މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 87 ވަނަ ޞަފްޙާ

ސާފު ކުރުމުގެ ހަރަކާތްތައް ބާއްވަން އާބަންކޯއިން ޗެލެންޖެއް

ސާފު ކުރުމުގެ ހަރަކާތްތައް ބާއްވަން އާބަންކޯއިން ޗެލެންޖެއް

ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ. މި ޗެލެންޗު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އާބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގަ ކްލީން އަޕް އިވެންޓުގެ ތެރެއިންނެވެ. އާބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީއެވެ. ހޮނި...

އަޙްމަދު ވަހީދު
ބީއެމްއެލް "ގްރެޖުއެޓް އިންޓާންޝިޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް "ގްރެޖުއެޓް އިންޓާންޝިޕް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ “ގްރެޖުއެޓް އިންޓާންޝިޕް”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއްއަހަރުގެ މުއްދަތަކަށް ބީއެމްއެލްއިން ހިންގާ ޕްރޮގްރާމެކެވެ. ބީއެމްއެލް އިން މައުލޫމާތު ދޭގޮތުގައި މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއ...

އަޙްމަދު ވަހީދު
މޭ މަހު، މީރާ އަށް 1.71 ބިލިއަން ރުފިޔާ

މޭ މަހު، މީރާ އަށް 1.71 ބިލިއަން ރުފިޔާ

މިއަހަރުގެ މޭމަހު، މޯލްޑިވްސް އިންލޭންޑް ރެވެެނިއު އޮތޯރިޓީ (މީރާ) އަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މީރާ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.4 ގިނަ އަދަދެކެވެ. އަދި މިއަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ވެސް %1.8 ގިނަ އަދަދެކެވެ. ފައިބެއަހަރުގެ މޭ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މޭ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް […]

މުޙައްމަދު އަފްރާޙް
އެސްޓީއޯގެ ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި

އެސްޓީއޯގެ ހެއްޔާ މަކިޓާ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި

މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ “ހެއްޔާ މަކިޓާ މުބާރާތް 2022” ގެ ވަނަ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައިވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފްލާއެއްއެއްގައެވެ. މި ހަފްލާގައި މުބާރާތުން އެއްވަނަ ހޯދި ފަރާތަށް ވަނީ 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު ދީފައެވެ....

އަޙްމަދު ވަހީދު
އުރީދޫއިން ޗުއްޓީއާ ދިމާކޮށް އެމްފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

އުރީދޫއިން ޗުއްޓީއާ ދިމާކޮށް އެމްފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްއިން ޗުއްޓީއާ ދިމާކޮށް ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު އެކި އައުޓްލެޓްތަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ހޮލިޑޭ ފިއެސްޓާ ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ ޑިސްކައުންޓް ލިބޭ އައުޓްލެޓްތައް: • ވީއާރް ކެފޭ – 10 އިންސައްތަ ޑިސްކައުންޓް • […]

އަޙްމަދު ވަހީދު
ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަަށް އެދި ހުށަހަޅައިގެން 50،000ރ. ލިބުމުގެ ފުރުސަތު

ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަަށް އެދި ހުށަހަޅައިގެން 50،000ރ. ލިބުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަށް އެދި ހުށަހަޅައިގެން، 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނުގައި އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށް އެދި ހުށަހެޅިނަމަވެސް ބައިވެރިވެވޭނެއެވެ. އެގޮތުން މި ޕްރޮޑަކްޓުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނަގާނެއެވެ. މި ގުރުއަތުން ހޮވޭ ފަރާތަކަށް 300...

އަޙްމަދު ވަހީދު
އުރީދޫ ''ހައްޖު ސިމް'': ހައްޖާޖީންނަށް ރޯމިން ރޭޓުން 90 އިންސައްތަ ޑިސްކައުންޓް

އުރީދޫ ''ހައްޖު ސިމް'': ހައްޖާޖީންނަށް ރޯމިން ރޭޓުން 90 އިންސައްތަ ޑިސްކައުންޓް

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް ފަސޭހަކަމާ އެކު އާއިލާއާއި ރައްޓެހިންނާ ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސް އިން ބޮޑެތި ފައިދާތަކާ އެކު ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. އެގޮތުން އުރީދޫން ތައާރަފުކޮށްފައިވަނީ ރޯމިން ރޭޓުން 90 އިންސައްތަ ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް، “ހައްޖު ސިމް” އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކެކެވެ. އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ […]

އަޙްމަދު ވަހީދު
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަނެއްކާވެސް އަގުހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަނެއްކާވެސް އަގުހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ، ރޭ 12:00 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. މި ގެނައި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14.73 ރުފިޔާއަށް ލިބޭނެއެވެ. އަދި ޑީސަލް ލޯޓަރެއް 15.07 ރުފިޔާއަށް ލިބޭނެއެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރުފިޔާއަށެވެ. އަދި […]

އަޙްމަދު ވަހީދު
އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މި...

އަޙްމަދު ވަހީދު
ބީއެމްއެލް ކަސްޓަމަރުންގެ ރައްކާތެރިކަން އިތުރު ކުރުމަށް "ކިލް ސްވިޗް" އެއް

ބީއެމްއެލް ކަސްޓަމަރުންގެ ރައްކާތެރިކަން އިތުރު ކުރުމަށް "ކިލް ސްވިޗް" އެއް

ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ ‘ކިލް ސްވިޗް’ އެއް ތައާރަފްކޮށްފިއެވެ. މި ކިލް ސްވިޗް ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއ...

އަޙްމަދު ވަހީދު
ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 10،000 ކިއުބިކް މީޓަރުގެ ސަރަގައްދެއްގެ ނެރު ފުންކުރާނެއެވެ. މީގެ އިތުރުން، 125 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
މެނޭޖްމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ: ފެނަކަ

މެނޭޖްމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖްމަންޓުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް، ބައެއް ނޫސްތަކުން ފެނަކައިގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ޚިޔާލީ ވާހަކަތައް އުފައްދައި ޝާއިއު ކުރަނީ އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑަކަށް ވުމުން، އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައިކަމަށެވެ. އެހެންވެ، އެކަމަށް ސ...

އަޙްމަދު ވަހީދު
ތިމާވެށީގެ ދުވަސް ފާހަގަކުރަން އެމްޑަބްލިއުއެސްސީން ހާއްސަ ހަރަކާތްތަކެއް

ތިމާވެށީގެ ދުވަސް ފާހަގަކުރަން އެމްޑަބްލިއުއެސްސީން ހާއްސަ ހަރަކާތްތަކެއް

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ “ނަލަ ވެށި” ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި މި ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި، މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގ...

އަޙްމަދު ވަހީދު
އެސްޓީއޯގެ ''މަގޭހިޔާ'' ޕްރޮމޯޝަން މިއަހަރު ވެސް

އެސްޓީއޯގެ ''މަގޭހިޔާ'' ޕްރޮމޯޝަން މިއަހަރު ވެސް

ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ. މަގޭ ހިޔާ ޕްރޮމޯޝަނަކީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރުގެ ޕްރޮމޯޝަން ފެށީ މި މަހުގެ އެކެއްގައެވެ. މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެގޮތުން، 15،000ރ. އިން ފެށިގެން 25،000ރ. އާ ދެމެދުގެ މުދަ...

އަޙްމަދު ވަހީދު
މޭ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 12.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޭ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 12.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފައިބެއަހަރުގެ މިމުއްދަތުގައި އާމްދަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށާއި އެގޮތުން މޭ 18 ވަނަ ދުވަހާއި ހަމައަ...

މުޙައްމަދު އަފްރާޙް