އާބަންކޯގެ ނަމުގައި އަނެއްކާ ވެސް ސްކޭމް ކޯލުތަކެއް ދައުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިފަހަރު ދައުރުވަމުން ދަނީ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ބުނެ ކަމަށެވެ. “މި ކުންފުނީގެ ފަރާތުން “ބިންވެރިޔާ ސްކީމް”ގެ ގޯތި ނުވަތަ ފްލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި އެފަދަ ކަމެއްގައި ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަމުގެ ޔަގީންކަން ދެން.” އާބަންކޯ އިން ބުނެއެވެ. އާބަންކޯ އިން […]
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާގިރި ހޮޓަލުން އީދު ނާސްތާ ނަގައިގެން ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މާދަމާ ހެނދުނުގެ ނާސްތާ ނަގައިގެން ކްލަބް ޕްރިމިއާ ކަސްޓަަމަރުންނަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މާގިރިއަކީ މާލޭގައި ހިދުމަތް ދެމުން އަންނަ އެންމެ ފެންވަރު ރަނގަޅު އެއް ޓޫރިސްޓް ހޮޓަލެވެ. އެތަނުގައި މާދަމާ ހެނދުނުގެ ނާސްތާ ބުފޭއެއް ބާއްވާނެއެވެ. މި ޑިސްކައުންޓް ހޯދުމަށް ކަސްޓަމަރުންގެ ކްލަބް ޕްރިމިއާ ކާޑު ދައްކާލުމުން ޑ...
އަޙްމަދު ވަހީދު
ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއިން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ. މި ކެމްޕެއިންގެ ދަށުން މި އަހަރުވެސް ސްކޫލާށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެއެވެ. އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލްފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލު ނާންނަ ކަމަށް އުރީދޫއިން ބުންޏެވެ...
އަޙްމަދު ވަހީދު
މިއަހަރުގެ މެއި މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ 19 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, އިމްޕޯޓާއި އެކްސްޕޯޓުން 2022 ވަނަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރުގެ މެއި މަހު 357 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ. އާމްދަނީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ވަނީ މިއަހަރުގެ މެއި މަހު...
އަޙްމަދު ވަހީދު
މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން، އެ ގައުމުގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުގެ ފުރަތަމަ ބޯޓު ރާއްޖެ އައީ ހުކުރު ދުވަހުއެވެ. ވީއާއިއޭއިން އެ އެއާލައިނަށް ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުގައި ބަޓިކް އެއާއިން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރު...
އަޙްމަދު ވަހީދު
އަޟްހާ އީދު ބަންދާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއްތައާރަފު ކޮށްފޮއެވެ. “ގޭމް އޮން އެކްސްޓްރާ ޕެކް” ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެއެވެ. އެންމެ 500 ރުފިޔާގެ އަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކާއެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓް ގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ. ގޭމް އޮން އެކްސްޓްރާ ޕެކަކީ ގޭމް […]
އަޙްމަދު ވަހީދު
ކުރިއަށް އޮތް އަޟްހާ އީދު ބަންދާ ދިމާކޮށް ހާއްސަ އޮފާތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. މި އޮފާތަކަކީ އަޟްހާ އީދަކީ އެއްބައިވަންތަކަމާއި އުފާފާޅުކުރުމުގެ ދުވަސްވަރެއް ކަމަށްވުމުން، މުޅި ޗުއްޓީ ތެރޭގައި ކަސްޓަމަރުން ގުޅުވާލަދީ އީދުގެ އުފާ އެންމެ ފުރިހަމައަށް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފު ކުރި އޮފާތަކެކެވެ. އެގޮތުން ބޮޑުޗުއްޓީ ޕެކަކާއި ސުޕަނެޓް، ފަސޭހަ، އަދި 5ޖީ އެއާފައިބަ އަލަށް ނަގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް އައިފޯން 14 ގެ […]
އަޙްމަދު ވަހީދު
ރާއްޖެއަށް މަކިޓާ ތައާރަފްކުރިތާ 25 އަހަރު ފުރުމާއި މަކިޓާ ޝޯރޫމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯއިން މަކިޓާ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 31 ގެ ނިޔަލަށް ކުރިޔަށްދާނެއެވެ. މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. މި ޕްރޮމޯޝަންގެ ދަށުން ގަންނަ މަކިޓާ އުފެއްދުންތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މަކިޓާ ޝޯރޫމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި […...
އަޙްމަދު ވަހީދު
ށ. ނޫމަރާ އާއި ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،...
އަޙްމަދު ވަހީދު
ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑަށް ކުރިއަރާނެ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. ކޮމަންވެލްތުން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި އޮތީ ގުޔާނާއެވެ. އެ ގައުމުގެ އިގްތިސާދު މިއަހަރު 37.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވަނީ 7.2 އިންސައްތައަަށެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުރިއަރާނެ އިގް...
އަޙްމަދު ވަހީދު
ބީއެމްއެލްއިން “ފޯލޫޕް” އާ ގުޅިގެން އަންހެން ކުދިންނަށް ހިންގި ކޯޑިން އެންޑް އިންޖިނިއަރިން ޕްރޮގުރާމް ނިންމާލައިފިއެވެ. މިއީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ބީއެމްއެލް އިން ލޯންޗުކުރި ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. ބީއެމްއެލް އިން ބުނިގޮތުގައި އެ ޕްރޮގްރާމަކީ އީޖާދީ ދުނިޔޭގައި އަންހެން ކުދިންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތ...
އަޙްމަދު ވަހީދު
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން 2 ބޯޓު ބަންނަން ހަވާލުކޮށްފިއެވެ. އެގްރޯނެޓުން ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރާ މި ދެ ބޯޓު ބަނުމަށް ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީ ގެ ދަށުން ބަންނަ ބޯޓުތަކެކެވެ. 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ މިބޯޓް ފަރުމާކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސްއިންނެވެ. އެގްރޯނެޓުން ބުނީ މިމަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީގެ އެހީތެރ...
މުޙައްމަދު އަފްރާޙް
މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު ހުުޅުމާލެ ފްލެޓުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި އެހެންވެ، ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޖޫން 24 ވާ ހޮނިހުރު ދުވަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ […]
މުޙައްމަދު އަފްރާޙް
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެށ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 52 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބިން ހިއްކުމުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން […]
އަޙްމަދު ވަހީދު
ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު ހެނދުނު 8:00ގައެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓް އެއް ދީފައެވެ. ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމާއި، ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކ...
އަޙްމަދު ވަހީދު