ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމުން ޒަރީރު އިސްތިއުފާ ދެއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ. ޒަރީރު އިސްތިއުފާ ދެއްވާފައި މިވަނީ ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައިވާތީއެވެ. ޒަރީރު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 24 ގައެވެ. ބީއެމްއެލްގެ ހިންގާ ގަވައިދު ބުނާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެމްބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން […]