ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދުގެ ހާބަ ބޭސިންގެ ބޮޑުބައެއް ނިންމާލައިފި
ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އައު ހާބަ ބޭސިންގެ 67 އިންސައްތަ މަސައްކަތް ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 […]