ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ތިން ހޮޓާ ތަރައްގީކޮށް ހިންގަން ހުޅުވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ތިން ހޮޓާ ތަރައްގީކޮށް އެ ތަންތަން ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ. ހުޅުމާލޭގެ ބެލެނިވެރިފަރާތް، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައިވާގޮތުން މި ހޮޓާތައް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލް ގައެވެ. އެޗްޑީސީން ވަނީ އެ ސަރަހައްދުގައި މެދުފަންތީގެ ތިން ހޮޓާ އަޅައި އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓ...