މިއަހަރު ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާ ނެރެވޭނެ: ފަހުމީ
2023 ވަނަ އަހަރު ގެއްލުމުގައި ނިންމާލަން ޖެހުނު ނަމަވެސް 2024 ވަނަ އަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއި އެކުގައިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ ފަހުމީ މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރެގައި އެ ކުންފުނިން ކުރި މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމްޑީ ފަހުމީ ވިދާޅުވީ، 2023ވަނަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގުނު އަހަރެ...