ބޮޑެތި ގިނަ އިނާމު ތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފި އެވެ. އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ. މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30 އަށް ކުރިރަށް ގެންދާ ރަމަޟާން ބާޒާރުގައި ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ އެ ބާޒާރު ނިމުމުން 1ވަނަ އަށް ހޮވޭ […]
އިބްރާހިމް އަސްވާޤް
ލ. ފޮނަދޫ އަދި ނ. ޅޮހީގައި ފެނަކައިގެ އާ އޮފީސް އިމާރާތް ހަދަން، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ފެނަކައިގެ ފަރާތުން މި ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު އަސްލަމް އެވެ. ފޮނަދޫގެ ފެނަކަ އޮފީސް އިމާރާތްކުރަން 8,645,205.05 ރުފިޔާއަށް ހަވާލުކުރީ 305 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންކަމުން މި އަހަރުގެ ނިޔަލަށް މަސައްކަތް މުޅިން ނިންމާ ހަވާލުކުރަން [...
އިބްރާހިމް އަސްވާޤް
ސީޕްލޭން އޮޕަރޭޝަންތައް ފަށަން ހުޅުލެއިން ޖާގަ ހޯދަން 2013 އިން ފެށިގެން ވިލާ އެއާއިން ރަސްމީކޮށް އެދުނު އެދުންތަކަށް ޖަވާބެއް ނުދީ އޮތްކަމަށް އިއްޔެ މީޑިއާއަށް ވިލާ އެއާއިން ތިލަކުރުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ، އެ އޮޕަރޭޝަނަށް ވިލާ އެއާ ތައްޔާރުވެ އާދޭސް ދަންނަވަމުން ދަނިކޮށް މާފަހުން އައި ކުންފުންޏަކަށް އެފުރުޞަތު ފަހިކޮށްދީފައި އޮތުމެވެ. ހުޅުލެއިން ޖާގަ ހޯދަން އެމްއޭސީއެލަށް މީގެ ހަތް އަހަރު ކުރިން ފެށިގެން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ވިލާއެއާއަށް […]
ހުސައިން ހަބީބް
މުދަލުގެ އަގު ހެޔޮ ކޮށް ގިނަ އިނާމުތަކާއެކު އެސްޓީއޯގެ “ރަމަޟާން ބާޒާރު” ފަށަން ތައްޔާރު ވެއްޖެ އެވެ. އެސްޓީއޯ ރަމަޟާން ބާޒާރު ފަށާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެ ކުންފުނިން ބުނީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކުރިއަށް ގެންދާ ބާޒާރު މި އަހަރު ވެސް ހާއްސަ ވާނެ ކަމަށާއި މި އަހަރު ގިނަ އަދަދެއްގެ މުދަލުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އަދި މި އަހަރު ވެސް ބޮޑެތި އިނާމު ތަކެއް ދޭނެ […]
އިބްރާހިމް އަސްވާޤް
ވިޔަފާރީގެ ތިން ހިދުމަތްތަކަށް އެދޭއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސާފައިވާ އާ އުސޫލުގެ ދަށުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލް ކުރުމަށް އެދޭއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. އެ އުސޫލުގެ ދަށުން ދެވަނަ ކަމެއްގެ ގޮތުގައި ކުންފުންޏާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ އުވާލުމަށް ހުށަހަޅާއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތް ވަނީ ހަމަޖައްސައ...
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މާރިޗު މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އުރީދޫއިން އިއްޔެ ބުނީ، އެ ކުންފުނީގެ އޭޖީއެމް އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހުގެ ރޭގަޏޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ކަމަށެވެ. މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ. އުރީދޫ އަށް މިދިޔަ […]
އިބްރާހިމް އަސްވާޤް
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން 11.19 ރުފިޔާއަށް ޑީސަލް ލީޓަރެއް މިހާތަނަށް ވިއްކަމުން އައިނަމަވެސް އެއަގުން 0.30 ލާރި މިހާރުވަނީ ހެޔޮކޮށްފައެވެ. އެ ބަދަލާއެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދާނީ 10.89 ރުފިޔާ އަށެވެ. We have just reduced price of diesel. pic.twitter.com/2pPpI059MS — STO (@stoplc) February 12, 2020 އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު […]
ޔުމްނާ ޢަލީ
ޤައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ދޫކުރާ ފެނަކީ ބޯން ބޭނުންކުރަން ރަނގަޅު ފެނެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ޝާހު ވިދާޅުވީ ފެން ކުންފުނިން މީޓަރު ހަރުކޮށްގެން ދޫކުރާ ފެނަކީ ބުއިމަށް ބޭނުން ކުރަން ރަނގަޅު ފެނެއް ކަމާއި، ޑަބްލިޔުއެޗްއޯގެ މިންގަނޑަށްވުރެ ފެނުގެ ކޮލެޓީ ރަނގަޅުވާނެ ކަމަށެވެ. އަދި އެފެން ބޮއެގެން އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށްވެސް ޝާހު...
އަލީ އާދިލް
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ކަސްޓަމަރުން ޓިކެޓް ގަތުމަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރުފުކޮށްފިއެވެ. މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ތަޢާރުފުކޮށްދެއްވި އެ މޮބައިލް އެޕްލިކޭޝަނާއިއެކު މޯލް ޑިވިއަންގެ ޓިކެޓް އޮންލައިންކޮށް ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. މިމޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓ...
ޔުމްނާ ޢަލީ
ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ސޯލާ ޕެނަލް ގަނެވޭނެ ޚާއްސަ ސްކީމެއް ތަޢާރަފްކޮށްފިއެވެ. ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މިސްކީމްގެ ފުރަތަމަ މަރުޙަލާގައި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އެކުންފުނީގެ ގްރޭޓަރ މާލޭ ސަރަޙައްދުގެ މުވައްޒަފުންނަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ސޯލާ ޕެނަލް ސްކީމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަ...
އިބްރާހިމް އަސްވާޤް
ރާއްޖެގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު ކުންފުނިތަކަށް ވިޔަފާރީގެ ދާއިރާއިން ދޭ “ގޯލްޑް 100″ގެ ގޯލްޑް ޕާޓްނަރުކަމަށާއި، ބިޒްނަސް އެކްސްޕޯ 2020ގެ ޕާޓުނަރަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) ހަމަޖައްސައިފި އެވެ. މި އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ. އޯކާ މީޑިއާ ގްރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު އެވެ. އޯކާ މީޑިއާ އަދި ކޯޕަރޭޓް މޯލްޑ...
އަލީ އާދިލް
ދިރާގުގެ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކަކާ ގުޅިގެން ކުރިއަށްއޮތް 4 ދުވަހު އެ ކުންފުނީގެ ބައެއް ޙިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ދިރާގުން ބުނެފިއެވެ. ދިރާގުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ބައެއް ހިދުމަތްތައް ދަންވަރުގެ ގަޑިތަކުގައި މެދުކަނޑާލާނެކަމަށެވެ. މި މުއްދަތުގެ ތެރޭގައި ދިރާގުގެ ބައެއް ޙިދުމަތްތަކަށް ބުރޫ އެރިނަމަވެސް ފޯނުން ގުޅުމާއި އިންޓަނެޓް ބޭނުން ކުރުން އަދި ފިކްސްޑް ލައިން ބޭނުން ކުރުމުގައި ދަތިކަމެއ...
އަލީ އާދިލް
ޖެނުއަރީ މަހުގެ ވެލާ ރިސޯޓުން 3006.26 ޑޮލަރު (46،356.53 ރުފިޔާ) ސާވިސް ޗާޖުގެ ގޮތުގައި ދީފި އެވެ. ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިދިޔަ ޖެނުއަރީމަހު ދިން ރިސޯޓުގެ ގޮތުގައި ވެލޭ ރިސޯޓު ހިމެނޭއިރު ދެވަނައިގައި އުޅެނީ ވާދަވެރި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓެވެ. ރަންދެލި ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2533.33 ޑޮލަރު (39،063.95 ރުފިޔާ) ދީފައިވެއެވެ. ނ. އަތޮޅުގައި އޮންނަ މި ދެ ރިސޯޓަކީ އާއްމުކޮށް ސާވިސް ޗާޖު ލިސްޓުގެ […]
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އިން ތަޢާރަފްކުރި “ފަސޭހަ ލޯން” އަދި “ފަހި ލޯން” އަށް ކުޅުދުއްފުށީ ބުރާންޗުންވެސް އެޕްލައި ކުރެވޭނެކަމަ އެކުންފުނިން ބުނެފިއެވެ. މި ސްކީމް ތައާރަފް ކޮށްދެއްވީ މިދިޔަ އާދިއްތަ ދުވަހު އެމްއެފްއެލްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޑިރެކްޓަރ އެޑަމް ސަލީމް އެވެ. ފަސޭހަ ލޯން އަދި ފަހި ލޯންއަކީ އެމްއެފްއެލްސީގެ ލޮބުވެތި ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމުގައި މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އެޑަމް ވިދާޅުވ...
ޔުމްނާ ޢަލީ
އުރީދޫއަށް 2019 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅައިފި އެވެ. އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން، ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފި ކަމަށް އިއްޔެ އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ހިއްސާ އަކަށް 3.30 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ […]
އަލީ އާދިލް