އެސްޓީއޯ މެޑިކަލް ސާރވިސް މެދުވެރިކޮށް މިއަދާއިހަމައަށް ރާއްޖެއިން ބޭރުން 2507 ބޭސްސިޓީއަކަށް ބޭސް ގެނެސްދީފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރ، (އެންއީއޯސީ) އިން ބުނެފިއެވެ. ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެކިކަހަލަ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމަށް އެސްޓީއޯއިން މަސައްކަތް ކުރާކަމަށާއި މިމަސައްކަތުގެ ދަށުން މ...
ޔުމްނާ ޢަލީ
ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ބައެއް ހާއްސަ އޮފާތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. އުރީދޫންއިން ބުނީ މިފެށޭ ޖޫން މަހުގެ 15 ގެ ކުރިން އޫރިދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކަށް އިތުރު 50 ޕަސެންޓު ޑޭޓާ، ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން އޫރިދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް ހިލޭ 25 ޕަސެންޓު ޑޭޓާ ލިބޭނެއެވެ. All our […]
ޔުމްނާ ޢަލީ
އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް، ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ. އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުން ދާ ވިޔަފާރިތަކާއި، މުއައްސަސާތަކާއި، ޑޮމެސްޓިކް ކެޓެގަރީގެ ކަސްޓަމަރުންނަށް ބިލްދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ފަސޭހަކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް އެފަރާތުން ހާމަކުރެއެވެ. MVR 7701-101705-001 އަދި USD 7701-101705-002 މިއެ...
ޔުމްނާ ޢަލީ
ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ނައިޓް މާކެޓް ގައި ބައިވެރިވުމުގެ ފުރުސަތު ސަޕްލައި ޑޮޓް އެމްވީން ހުޅުވާލައިފިއެވެ. ހަމަ މިއާއެކު ސަޕްލަޔަރުންނާއި ރިސޯޓުތައް ފަދަ ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ އޮންލައިން އެކްސްޕޯއެއް ބޭއްވުމަށްވެސް އެފަރާތުން މިހާރު ތައްޔާރުވަމުން އަންނަކަމަށް ހާމަކުރެއެވެ. ކޯވިޑް 19ގެ ބިރުވެރިކަމުގެ ތެރޭގައި މުޅިދުނިޔެވެސް އޮންލައިން ޓްރޭޑިންގ އަށް އިސްކަންދީފައިވާ މިދަނޑިވަޅުގައި މިފަދަ ނައިޓްމާކެޓަކާއި އެކްސްޕޯއެއް ވެގެންދާނީ ރާއްޖެއަށް މުޅިން އައު ކަމަކަށް ނަމަވެސް މި...
އިބްރާހިމް އަސްވާޤް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ކޯލް ސެންޓަރުގެ ޚިދުމަތް އަލުން ފެށިފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ. ވެމްކޯއިން ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް އަލުން ފެށިފައި ވާކަމަށެވެ. ޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް ކޯލް ސެންޓަރު ހުޅުވިފައިވާ ވަގުތުތަކުގައި 1666 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރަކުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. މީގެ އިތުރުން […]
ޝިއުނާ އާދަމް
ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އީ ސްޓޯރުގެ ހިދުމަތާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަންނަ މަހުގެ އެކަކުން ފެށިގެން އަލުން ފަށަން ނިންމައިފިައެވެ. ކޮވިޑާ ގުޅިގެން އެސްޓީއޯގެ ސުޕަމާޓުންދެމުން އައި ހިދުމަތް އޮންލައިންކޮށް އީ ސްޓޯރު މެދުވެރިކޮށް ދޭންފެށިއެވެ. ނަމަވެސް މަސައްކަތުގައި އުޅޭ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވް ވުމުން އެސްޓީއޯ އިން ވަނީ އީސްޓޯރުގެ ހިދުމަތް ހަމައެކަނި ހޯލް ސޭލަރުންނަށް ދޭން ނިންމައިފައެވެ. އެސްޓީއޯގެ ޑެލިވަރީ އޯޑަރުތައް ބާރުބޮޑުވެ ސިފައިންވެސް ވަނީީ ޑެލިވަރ...
ޔުމްނާ ޢަލީ
އެލްބިއަން ސްޓޯރުން މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ބައިލައްކަ (-/50000) ރުފިޔާ ހަދިޔާކޮށްފިއެވެ. ހާޑްވެޔާގެ ގިނަ ތަކެތި ވިއްކުމުގެ ދިގު ތާރީހެއް އޮތް އެލްބިއަން ސްޓޯރުން ބުނެފައިވަނީ މިއެހީތެރިކަމަކީ ރާއްޖެއިން ކޯވިޑް19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެކުންފުނީގެ ސީއެސްއާރގެ ދަށުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. މުޅިދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ކުއްލި ހާލަތުގެ މިނާޒުކު ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީތެރިވެ ރާއްޖޭގެ ކާރވް ވ...
އަލީ އާދިލް
މި އަހަރުގެ ފުރަތަމަ ކުއާޓާގައި(ފުރަތަމަ ތިން މަހު) މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެމްޓީސީސީން އާންމުކޮށްފައިވާ އެކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 29 މިލިއަން ރުފިޔާގެ ގެ...
އަލީ އާދިލް
ކޯވިޑް-19އާ ގުޅިގެން އެސްޓީއޯއަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފިއެވެ. އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މީގެއިތުރުން، ކޮރޯނާ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮކޮށްފި އެވެ. އެސްޓީއޯ އިން ވަނީ ކުރިން 255 ރުފިޔާ އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 175 ރުފިޔާ އަށް ތިރިކޮށްފައެވެ. މީގެ އިތުރުން އެކުންފުނިން ވަނީ 260 ރުފިޔާ އަށް ވިއްކި ބިސްކޭހެއްގެ އަގު 240 ރުފިޔާ އަށް ތިރިކޮށްފައެވެ. އެސްޓީއޯ އިން ބުނީ އީސްޓޯރ އިން އޯޑަރު ދިނުމަށް ފަހު ފުލުހުންގެ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އިންޑަސްޓްރިއަލް […]
ޝިއުނާ އާދަމް
ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން” ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ. “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން”ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ބެހޭ ޕްލޭން އެކުލަވާލަމުންދަނީ ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ސްޓޭކް ހޯލްޑަރުން އެކުގައިކަމަށް އެމްއެމްޕީއާރު...
ޔުމްނާ ޢަލީ
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ. އެސްޓީއޯއިން ނެރެފައިވާ ފުރަތަމަ ކުއަރޓަރގެ ކުއަރޓަރލީ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު 141 މިލިއަން ރުފިޔާ ނުވަތަ ހަ ޕަސެންޓުގެ އިތުރު ވުމެކެވެ. ހުރިހާ ހަރަދުތައް ކެނޑުމަށްފަހު އެ […]
ޔުމްނާ ޢަލީ
“ތިމަން ވިޔަފާރި ކުރައްވާއިރު ބޭންކުން ލޯނު ނުނަންގަވަމެވެ. ވިޔަފާރީގައި ރިބާ ނުހިމަނުއްވަމެވެ.” މަތީގައި އެވަނީ 1970 ގެ ކުރީކޮޅު ރާއްޖޭގައި ކުންފުނި އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ ފަހަރަށް ސަރުކާރުން ދިންއިރު ހުއްދަ ދެއްވި 5 ފަރާތުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނުގެ ބަސްކޮޅެކެވެ. މަރޮށީ ޙުސައިން ކަލޭފާނު އާމްދަނީ ހޯއްދަވަން ފުރަތަމަ ކުރައްވަމުން ގެންދެވި އެއް މަސައްކަތަކީ ރޯމަސް ގ...
ހުސައިން ހަބީބް
މިދުވަސްވަރަކީ ޑެލިވަރީގެ ޚިދުމަތް ވަރަށް ފުޅާކޮން ކުރެވެމުން އަންނަ ދުވަސްވަރެކެވެ. ޑެލިވަރީގެ ޚިދުމަތް އަވަސް ކުރުމާއި ރައްކާތެރި ކަމަކީ އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމެވެ. ދެފުރޮޅުލީ ބައިސްކަލްގެ މުއްގަނޑުގައި ބިހާއި ބިއްލޫރި ފުޅި އަދި ފުށާއި ހަކުރުގެ ބާވަތް އަޅުވައިގެން އެއްތަނުން އަނެއްތަނަށް ގެންދިއުމީ އެންމެ ރައްކާތެރި ގޮތެއްނޫނެވެ. މިކަމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ރައްކާތެރި ގޮތަކީ ތިން ފުރޮޅުލީ ފަހަތުގައި ބޮޑު ވަށިގަނޑެއް އިންނަ (ޓްރައިސްކަލް) ބައިސްކަލްއެވެ. އާންމުގޮތެއްގައ...
އިބްރާހިމް އަސްވާޤް
ރާއްޖެ އަށް ބޭނުންވާ ބޭހުގެ ބާވަތްތައް، އެސްޓީއޯ އިން ފްލައިޓެއް ޗާޓަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ. އެސްޓީއޯ އިން ވަނީ މި ތަކެތި އިންޑިއާ އިން ގެނައުމަށްޓަކައި، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްފަ އެވެ. ކޮޗިން އިން އައި މި ފްލައިޓް ރޭ ވަނީ ރާއްޖެ އައިސްފަ އެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ކާބޯތަކެެތީގެ އިތުރުން، ބޭހާއި މެޑިކަލް ސާމާނު ވެސް ރާއްޖެ ގެންނަމުންނެވެ. […]
އިބްރާހިމް އަސްވާޤް