މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 238 ވަނަ ޞަފްޙާ

"އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް"ގެ ނަމުގައި ކެމްޕެއިނެއް

"އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް"ގެ ނަމުގައި ކެމްޕެއިނެއް

ވިޒިޓް މޯލްޑިވްސްއިން ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ޓްރިޕް އެޑްވައިޒަރ އާއެކު “އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް”ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިނަކީ އެމެރިކާ ޔޫރަޕް އަދި އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ. ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް މި ކެމްޕެއިންގައި އެ...

އަލީ އާދިލް
ވެލާ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު

ވެލާ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު

ވެލާ ރިސޯޓުން ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފި އެވެ. ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި މިމަހު އެރިސޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 4079.10 ޑޮލަރުވަނީ ދީފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 15.42 ގެ ރޭޓުން ފަސްދޮޅަސް ދެ ހާސް އަށްސަތޭކަ ނުވަދިހަ އަށް ރުފިޔާ / އަށާރަ ލާރި އެވެ. މިވަގުތު ކަޅުބާޒާރުގައި ޑޮލަރު ލިބެންހުރީ 18.90 ގެ […]

ޔުމްނާ ޢަލީ
މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ކޮޗިންއަށް ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން މިއަދު ބުނީ ކޮޗިން އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާ އަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ. އެ ތިން ދުވަހަކީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. އަދި ބެގެޖް އެލަވެންސަށް 30 ކިލޯ ލިބޭނެ ކަމަށް ވެސް […]

ޙުސައިން ޝަހުދީ
މިމަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އެޖެންސީތައް އުވާލަނީ

މިމަހުގެ ނިޔަލަށް އަހަރީ ރިޕޯޓު ހުށަނާޅާ ޓްރެވަލް އެޖެންސީތައް އުވާލަނީ

ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުން މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް، އެކުންފުނިތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އަންގައިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭކަމަށެވެ. މިއަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެ...

އަލީ އާދިލް
އެސްޓީއޯގެ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް ޙައްވާ ނާފިޢާ

އެސްޓީއޯގެ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް ޙައްވާ ނާފިޢާ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް އަލްފާޟިލާ ޙައްވާ ނާފިޢާ / އޭނާޒް، ސ.ހިތަދޫ، އައްޔަންކުރަން ނިންމައިފި އެވެ. އެސްޓީއޯއިން މިއަދު ބުނީ ޗީފް އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމަށް ޙައްވާ ނާފިޢާ ޢައްޔަންކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިކަން އެކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގާ ކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ. https://twitter.c...

އަލީ އާދިލް
އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް

އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 40 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދައި އެ ކުންފުނިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއަދު އާންމުކުރި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް ބަލާއިރު އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި […]

ޔުމްނާ ޢަލީ
ކޮކާކޯލާ، ޕެޕްސީ އަދި ނެސްލޭ: ޕްލާސްޓިކުން ދުނިޔެ ތަގައްޔަރު ކުރުމުގައި

ކޮކާކޯލާ، ޕެޕްސީ އަދި ނެސްލޭ: ޕްލާސްޓިކުން ދުނިޔެ ތަގައްޔަރު ކުރުމުގައި

ކޮކާ ކޯލާ، ޕެޕްސީ އަދި ނެސްލޭ އަކީ ޖެހިޖެހިގެން 3 އަހަރު ދުވަހުވެސް ދުނިޔެއަށް އެންމެ ގިނަ ޢަދަދަކަށް ޕްލާސްޓިކް އުފައްދާ، ޕުލާސްޓިކް އުފެއްދުންތައް މަދުކުރުމުގައި “ޒީރޯ ޕްރޮގުރެސް” ހޯދާފައިވާ 3 ކުންފުނިކަމަށް ރިޕޯޓްތައް ބުނެފި އެވެ. މި ތިން ކުންފުނިންވެސްވަނީ ޕްލާސްޓިކް އުފައްދާ ރޭޓަށް ބަދަލު ގެނައުމަށް އެތައް ބަހަނާތަކެއް ދައްކާފައެވެ. ކޮކާ ކޯލާ އަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ޕްލާސްޓިކް އުފައްދާ ކުންފުނީގެ އިތުރުން، ދުނިޔެ އެންމެ ބޮޑަށް ޕްލާސްޓިކް އިން ތަޤައްޔަރުކޮށްފައިވާ ކުންފުންޏެވެ...

މުޙައްމަދު މާއިލް ހަސަން
ހޯޕް ޓްރެވަލްސްގެ ފަރާތުން މުޅިން ތަފާތު ވައްތަރެއްގެ ލޯންޗެއް ރާއްޖޭގެ މާރކެޓަށް!

ހޯޕް ޓްރެވަލްސްގެ ފަރާތުން މުޅިން ތަފާތު ވައްތަރެއްގެ ލޯންޗެއް ރާއްޖޭގެ މާރކެޓަށް!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަތުރުފަތުރުގެ މަސައްކަތް ކުރަމުން އަންނަ ހޯޕް ޓްރެވަލްސްގެ ފަރާތުން މުޅިން އައު ވައްތަރެއްގެ ލޯންޗެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި “ސިލްވާ ކެޓް 34” ވަނީ އާއްމުންނަށް ދައްކާލައިފަ އެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކަށް މި ވަގުތުވެސް ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އަންނަ ހޯޕް ޓްރެވަލްސްގެ ފަރާތުން މި ފަހަރު ރާއްޖޭގެ ކަނޑުތަކަށް ދޫކޮށްލާފައިވާ […]

މުޙައްމަދު މާއިލް ހަސަން
އުރީދޫން ސެމްސަންގް އެންމެ ފަހުގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

އުރީދޫން ސެމްސަންގް އެންމެ ފަހުގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްއިން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ 5ޖީ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ. އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމަށްވާ 5ޖީ ލިބޭ ސެމްސަންގް ފަހުގެ ފޯނު އެ ކުންފުނިން އޮންލައިންކޮށް މިހާރު ޕްރީއޯޑަރު ކުރެވޭނެ އެވެ. އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ފޯނުތަކަށް މި ފޯނުތަކަށް ޕްރީ […]

ހުސައިން ހަބީބް
އައިއޭއެސްއަށް ދިވެހި ސީއެފްއޯއެއް ހޯދަނީ

އައިއޭއެސްއަށް ދިވެހި ސީއެފްއޯއެއް ހޯދަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް)އަށް، ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އެއް ހޯދަން އިއުލާނުކޮށްފި އެވެ. އައިއޭއެސްއަށް ސީއެފްއޯ އެއް ހޯދަން އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ހަމަ އެކަނި ދިވެހިންނަށް ކަމަށެވެ. ސީއެފްއޯގެ މަގަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަގާމަށް ކުރިމަތި ލުމަށް އެދޭ […]

ޔުމްނާ ޢަލީ
25 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހްކޮށްފި

25 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހްކޮށްފި

25 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ އާ ލޯގޯ އިފްތިތާހްކޮށްފިއެވެ. 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާއެއްގައި އެކުންފުނީގެ އާ ލޯގޯ އިފްތިތާހް ކޮށްދެއްވާފައިވަނީ، އެކުންފުނީގެ ޗެއާމަން އަލްފާޟިލް އަހްމަދު މަޢުސޫމްއާއި، މެނޭޖިންގޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާޙްއެވެ. އެމްޑަބްލިއުއެސްސީގެ ލޯގޯ އަކީ ކުރީގެ ލޯގޯ ނަމަވެސް، މިހާރުވަނީ ޒަމާނާއި އެއްގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރުގެ ލޯގޯގައި ހު...

އިބްރާހިމް އަސްވާޤް
މިހާރު އުރީދޫ ކަސްޓަމަރުންގެ މޮބައިލް ބެލެންސްއިން ގިފްޓް ކާޑު ގަނެލެވޭނެ

މިހާރު އުރީދޫ ކަސްޓަމަރުންގެ މޮބައިލް ބެލެންސްއިން ގިފްޓް ކާޑު ގަނެލެވޭނެ

މުވާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސްއިން، ގޭމިންގް ކޯޑު އަދި އީ-ގިފްޓް ކާޑު ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމް ”ކާރޓީ ސްޓޯރ” ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ކާޓީ ސްޓޯރަކީ ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ. ކަސްޓަމަރުންނަށް ޒަމާނީ ގިނަ ފަސޭހަތަކެއް ގެނެސްދެމުންދާ އުރީދޫ އިން ބުނީ، މި ހިދުމަތާއިއެކު ކްރެޑިޓް ކާޑުގެ ބަދަލުގައި އެ ކުންފުނީގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރޓީ ސްޓޯރ މެދުވެރިކޮށް ގޭމިންގ، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ،...

އަޙްމަދު ވަހީދު
ބަނދަރުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރަނީ

ބަނދަރުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރަނީ

މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އިން ބުނެފި އެވެ. އެކުންފުނިން މިހެންބުނެފައިވަނީ، މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ނުރައްކާތެރި ހާދިސާއެއް ހިންގައި ޒުވާނަކު ނިޔާވި ހާދިސާއާއި ގުޅިގެން އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫ...

އިބްރާހިމް އަސްވާޤް
ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ. މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައ...

އަޙްމަދު ވަހީދު
ވެމްކޯގެ ކޯލް ސެންޓަރއިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު މެންދަމު 12 އަށް

ވެމްކޯގެ ކޯލް ސެންޓަރއިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު މެންދަމު 12 އަށް

ވެމްކޯގެ ކޯލް ސެންޓަރ އިން ޚިދުމަތް ފޯރުކޮށްދޭ ވަގުތު މެންދަމު 12 އަށް އިތުރުކޮށްފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ. ވެމްކޯއިން މިއަދު ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި ބުނެފައިވަނީ، 15 ޖަނަވަރީ 2021 އިން ފެށިގެން ވެމްކޯގެ ކޯލް ސެންޓަރ އިން ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައެމަށް ނިންމާފައިވާކަމަށެވެ. ވެމްކޯގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނ...

އަލީ އާދިލް