މާޅޮހު ބަނދަރުގެ މަސައްކަތް ފަށަން ސައިޓު މޮބިލައިޒްކޮށްފި
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މިއަދު މާޅޮހުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެއިސްވެރިންނާއި،މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، މާޅޮސް ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 335,24 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަ...