މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 202 ވަނަ ޞަފްޙާ

ސަމާލުވޭ، ޕޯސްޓު އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ސަމާލުވޭ، ޕޯސްޓު އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

ޕޯސްޓު އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ. ޕޯސްޓުން ކުރި ޓްވީޓެއްގައި ބުނީ ގިނަ ބަޔަކަށް ޕޯސްޓު އޮފީހުގެ ނަމުގައި މެސެޖުތަކެއް ލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ނަމަވެސް ބޭންކް އެކައުންޓުގެ ތަފްސީލު ހާމަ ކުރަން ޕޯސްޓުން މެސެޖު ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. Beware! Do not transfer money or share card details to any party with regard to a text […]

އަޙްމަދު ވަހީދު
އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މުސާރަ ބޮޑު ކުރާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނީ ފަސް ޕަސެންޓުން ފެށިގެން 20 އިންސައްތައާ ހަމައަށެވެ. އެއީ ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 އިންސައްތަ އަދި ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް ފަސް އިންސައްތައެވެ. އެމްއޭސީއެލް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އައި […]

އަޙްމަދު ވަހީދު
އުރީދޫ އެމްފައިސާ މެދުވެރިކޮށް، މި މަހުވެސް 10،000ރ. ލިބުމުގެ ފުރުސަތު

އުރީދޫ އެމްފައިސާ މެދުވެރިކޮށް، މި މަހުވެސް 10،000ރ. ލިބުމުގެ ފުރުސަތު

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން މި މަހުވެސް 10،000ރ. ލިބިދާނެއެވެ. މި މަހުގެ ނަސީބުވެރިޔާ ހޮވާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން އޭގެ ކުރިން އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ އެމްފައިސާ ގޯލްޑް އަދި ސިލްވާ ވޮލެޓު ކަސްޓަމަރުންނަށް މި މަހުވެސް 10،000ރ. ލިބުމުގެ ފުރުސަތު އެބައޮތެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމް ފައިސާ މެދުވެރިކޮށް މަދުވެގެން 200 ރުފިޔާ ހޭދަކުރަން ޖެހޭނެެވެ. މިދިޔަ މަހު ފެށި […]

އަޙްމަދު ވަހީދު
ހުއާވޭ އެޕް ގެލަރީއިން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭގޮތް ހަދައިފި

ހުއާވޭ އެޕް ގެލަރީއިން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭގޮތް ހަދައިފި

ހުއާވޭ ފޯނު ބޭނުން ކުރާ އުރީދޫ ކަސްޓަމަރުންނަށް ހުއާވޭ އެޕް ގެލަރީ ބޭނުންކޮށްގެން އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހަދައިދީފިއެވެ. ހުއާވޭ ފޯނުތަކަށް ގެނައި ބަދަލުތަކާއެކު މިހާރު އެ ގޫގަލް ޕްލޭ ބޭނުން ނުކުރެވެއެވެ. އެހެންކަމުން އެޕްތައް ޑައުންލޯޑު ކުރުމަށް ހުއާވޭ އެޕް ގެލަރީ ވަނީ މިހާރި ތައާރަފުކޮށްފައެވެ. މި ގެލަރީއިން އުރީދޫ އެޕް ނުލިބޭތީ އެކަމުގެ ޝަކުވާތައް ގިނަވެ އުރީދޫން އިން ވަނީ މިހާރު އެ ގެލަރީއަޑްވެސް މައި އުރީދޫ އެޕް ތައާރަފުކޮށްފައެވެ. […]

އަޙްމަދު ވަހީދު
ފްލައިޓެއް ޑޫޑަލް ކޮށްގެން ދިއްލީއަށް

ފްލައިޓެއް ޑޫޑަލް ކޮށްގެން ދިއްލީއަށް

މޯލްޑިވިއަންގެ ފްލައިޓެއް ޑޫޑުލް ކޮށްގެން އިންޑިއާގެ ނިއުދިއްލީ އަށް ދިއުމުގެ ފުރުސަތު ލިބޭ މުބާރާތެއް އެ ކުންފުނިން ފަަށައިފިއެވެ. މިއީ މާފަރާއި ދިއްލީއާ ދެމެދު ފަށާ ދަތުރުތައް ޕްރޮމޯޓްކުރަން މޯލްޑިވިއަން އިން ފެށި މުބާރާތެކެވެ. މި މުބާރާތް ފަށަން މޯލްޑިވިއަން އިން ވަނީ މަތިންދާބޯޓެއްގެ އެއްބައި ކުރަހާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވާ ބޭނުންވާ މީހުން ޖެހޭނީ އެ ބޯޓުގެ ބާކީ ހުރި ބައިތައް ޑޫޑަލްކޮށް ކޮމެންޓު ކުރާށެވެ. މޯލްޑިވިއަން އިން ބުނިގިތުގައި މި […]

އަޙްމަދު ވަހީދު
ޖުލައި މަހު ކަރަންޓު ބިލު އަގުބޮޑު ކަމަށް ދެއްކީ ސަބްސިޑީ ކަނޑާލުމުން

ޖުލައި މަހު ކަރަންޓު ބިލު އަގުބޮޑު ކަމަށް ދެއްކީ ސަބްސިޑީ ކަނޑާލުމުން

މިދިޔަ ޖުލައި މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވިކަމަށް ދެއްކީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ބުނެފިއެވެ. މިދިޔަ ޖުލައި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެގޮތުން، ބައެއް ގޭގެއިން 2،000 ރުފިޔާގެ އިތުރުވި ކަމަށް ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ. ޔޫއާރުއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ ކަރަންޓު ބިލު […]

އަޙްމަދު ވަހީދު
ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ

ސާފް ޗެމްޕިއަންޝިޕުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ ހަމަޖައްސައިފިއެވެ. އިއްޔެ ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ސޮއި ކުރެއްވި އިރު އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އެފްއޭއެ...

އަޙްމަދު ވަހީދު
މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ޑިޖިޓަލް ޕާރޓްނަރެއްގެ  ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ގާއިމްކުރެވުނު ޕާޓްނާޝިޕަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސަ އަކީ މުހިންމު މަސައްކަތެއް ކުރާ ޖަމިއްޔާއެއް ކަމަށާއި އެ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމަށެވެ. އަދ...

އަޙްމަދު ވަހީދު
ސިޑިމައްޗަށް ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް: ވެމްކޯ

ސިޑިމައްޗަށް ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް: ވެމްކޯ

އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ގެއެއްގެ ސިޑިމައްޗަށަ ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ވެމްކޯ މުވައްޒަފެއް ކަމަށްބުނެ އެ ކުންފުނިން މައާފަށް އެދިއްޖެއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ޒިޔާރާތްކޮށް މައާފަށް އެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށަ ހިދުމަތްތައް ބައްޓަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުދަމުން އަންނަ ކަމަށްވެސް އެ ކުންފ...

އަޙްމަދު ވަހީދު
އަންނަ މަހު އުރީދޫއިން އައިފޯން 13 ޕްރީއޯޑަރަށް ހުޅުވާލާނެ

އަންނަ މަހު އުރީދޫއިން އައިފޯން 13 ޕްރީއޯޑަރަށް ހުޅުވާލާނެ

އަންނަ މަހުގެ އަށްވަނަ ދުވަހު އުރީދޫ މޯލްޑިވްސް އިން އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ. އެގޮތުން އެހެން އައިފޯނުތަކާ އަޅާބަލާއިރު އާ އައިފޯނުތަކުގެ ވީޑިއޯ ކޮލިޓީ ވަރަށް ބޮޑަށަ ރަނގަޅުވާނެއެވެ. އައިފޯން […]

އަޙްމަދު ވަހީދު
ފޯނުތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެވޭގޮތް ހަދަން މަޖުބޫރު ކުރަން ހުށަހަޅަނީ

ފޯނުތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެވޭގޮތް ހަދަން މަޖުބޫރު ކުރަން ހުށަހަޅަނީ

ހުރިހާ ފޯނުތަކާއި އެހެން އިލެކްޓްރޯނިކްތަކުގައި ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭ ގޮތް މަޖުބޫރު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޮޑީއެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ. އެ ޖަމިއްޔާ ހުށަހަޅާ މި ބަދަލާއެކު އެޕަލް ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ޗާޖަރުތައް ވެސް ސީޕޮޓަށް ބަދަލު ކުރަން ޖެހޭނެއެވެ. މިހާރު އެޕަލް ނޫން އެހެން ހުރިހާ ބްރޭންޑުތަކުގެ ބައެއް އުފެއްދުންތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެއެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނިގޮތުގައި މިއީ އިސްރާފު ކުރުން މަދު ކުރުމަށް ގެންނަ ބަދަލެއް...

އަޙްމަދު ވަހީދު
ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެ

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ނިއުސް އެޖެންސީ ސީއެންއެން ގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ. މ...

އަޙްމަދު ވަހީދު
އެމްޕީއެލް އެޕްރެންޓިސްޝިޕް ދެވަނަ ބެޗުން ފުރުސަތު ހުޅުވާލައިފި، އެލަވެންސަށް 5000ރ،

އެމްޕީއެލް އެޕްރެންޓިސްޝިޕް ދެވަނަ ބެޗުން ފުރުސަތު ހުޅުވާލައިފި، އެލަވެންސަށް 5000ރ،

ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން މި އަހަރު ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު އެލަވެސްގެ ގޮތުގައި 5000ރ. ލިބޭނެއެެވެ. މިއީ އެމްޕީއެލްގެ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެ ކުންފުނިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި އުމުރުން 18 އަހަރުން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އޯލެވެލް އާއި އޭލ...

އަޙްމަދު ވަހީދު
ގާދިއްފުއްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ގާދިއްފުއްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ތ. އަތޮޅުގެ ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 500 މީޓަރުގެ ރިވެޓްމަން...

އަޙްމަދު ވަހީދު
ވޭވަށު ބަނދަރުގެ މަސައްކަތް ނިންމާލައިފި

ވޭވަށު ބަނދަރުގެ މަސައްކަތް ނިންމާލައިފި

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، 77,831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 227 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 193 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއ...

އަޙްމަދު ވަހީދު