ވިލާ ކޮލެޖުން ރިޒަވޭޝަން އެންޑް ޓިކެޓިން ކިޔަވާ ދަރިވަރުންނަށް އައިއޭއެސް އިން އިންޓާންޝިޕް ދެނީ
ވިލާ ކޮލެޖުގައި ރިޒަވޭޝަން އެންޑް ޓިކެޓިން ކިޔަވާ ދަރިވަރުންނަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން އިންޓާންޝިޕްގެ ފުރުސަތު ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ. އަދި އައިއޭއެސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާއެވެ. މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުން ބޭނުންވާ ތ...