ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ: ރައީސް
ށ. ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. ރައީސް ކޮމަންޑޫއަށް ވަޑައިގަތީ އިއްޔެއެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ކުރީގެ ރައީސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންވިއެވެ. ރައީސް...